ހަންޏާމީދޫ މަދަރުސާ، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
މަސައްކަތު (ވަގުތީ)

މަޤާމް:                 މަސައްކަތު

މަޤާމު ނަންބަރު:           -

ބޭނުންވާ އަދަދު:           01

މަޤާމުގެ ގިންތި:          ވަގުތީ (ކޮންޓްރެކްޓް ކުރެވޭ ތާރީޙުން ފެށިގެން 2017 މޭ 18ގެ ނިޔަލަށް)

ސެކްޝަން :            އެޑްމިން

ވަޒީފާއޮތް އޮފީސް:         އދ.ހަންޏާމީދޫ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން:    އދ.ހަންޏާމީދޫ ސްކޫލް / އދ.ހަންޏާމީދޫ

މުސާރަ:               މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:       މަހަކު -/1000 ރުފިޔާ

އިތުރު އިނާޔަތްތައް:        1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

                   2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

                   3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

                    

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1.  ސްކޫލު އިންވެގެންވާ ސަރަހައްދު (މަގުމަތި) ސްކޫލް ގޯތިތެރެއާއި ގޯތިތެރޭގައިވާ އެންމެހާ އިމަރާތްތައް ކުނިކަހާ ފޮޅާސާފުކުރުން.
  2. ސްކޫލް އިމަރާތްތަކުގެ ދޮރާއި ދޮރުފަތްތަކާއި، ބިއްލޫރިތައް ފޮހެ ސާފުކުރުން.
  3. ސްކޫލްގޯތިތެރޭގައިވާ ވިނަތައް ނޮޅައި ، ގަސްތައްކޮށައި ، އެއިރަކު ހަމަޖެހިފައިވާ އުސޫލުން މަދަރުސާގައި އުފެދޭކުނި ނައްތާލުން.
  4. ޖަލްސާ ބައްދަލުވުންފަދަ ކަންކަމަށް ހޯލާއި ގޯތިތެރެ ތަރުތީބު ކުރުމާއި އެރަސްމިއްޔާތެއް ނިމުމާއެކު ކިޔަވައިދެވޭނެހެން ކްލާސްތައް ތަރުތީބުކުރުން.
  5. ވާރޭފެން ނެގުމަށް ކަނޑައަޅާފައިވާ އިމާރާތްތަކުގެ ފުރާޅު ދޮވެ ސާފުކޮށް ވާރޭވެހޭއިރު ބޯނެފެން ނެގުން.
  6. މަދަރުސާގެ ގޯތިތެރެއަށް ދޫކޮށްލެވިފައިވާ ފަރުނީޗަރާއި، ކުޅޭސާމާނާއި އެހެނިހެން ތަކެތި ނަގައި ގުދަންތަކުގައި ތަރުތީބުން ރައްކާކުރުން.
  7. ކްލާސްރޫމްތައް ހުޅުވުމާއި ތަޅުލުން އަދި އޮފީހާއި ސްޓާފްރޫމްގެ ކުޑަދޮރުތައް ހުޅުވުމާއި ލެއްޕުން.
  8. މަދަރުސާގެ ބޭނުމަށް ތަންތަނަށް ފޮނުވަންޖެހޭ ތަކެއްޗާއި ގެންނަންޖެހޭ ތަކެތި ގެންގޮސް ގެނައުން.
  9. ސްކޫލްގެ ދިއްލުންތަކާއި ފަންކާތައް  ހަލާކުވެފައި ހުރިނަމަ އެކަން އެޑްމިން ސްޓާފުންގެ ސަމާލުކަމަށް ގެނެސް އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރުން.
  10. ސްކޫލުގެ ގޯތިތެރޭގައި ބަގީޗާ ހައްދައި ބެލެހެއްޓުން.
  11. ސްކޫލުގެ މަސައްކަތް ހިންގުމަށް ބޭނުންކުރާ މެޝިނަރީއާއި އިކްވިޕްމަންޓް، އޮފީހުގެ ރަސްމީ މަސައްކަތްކުރާ ކޮންމެ ދުވަހަކު ފުހެ ސާފުކުރުން.
  12. ސްކޫލުގެ ދިދަނަގައި ތިރިކުރުން.
  13. ހަވާލު ކުރެވިފައިވާ ޒިންމާތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއެކު، އެހެން މުވައްޒަފުން ހާޒިރުނުވާ ދުވަސްތަކުގައި އެމުވައްޒަފެއްގެ މަސައްކަތު ޒިންމާތައް ހަމަޖެހިފައި އޮންނަ އުސޫލުން އަދާކުރުން.

 14. ސްކޫލުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، ސްކޫލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތް ކުރުން.

 

މަޤާމުގެ ޝަރުޠު:

ތިރީގައިވާ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ފުރިހަމަވެފައިވުން.

ހ. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުން.

ށ. ފުރިހަމަ ސިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު ( ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ) މި ސްކޫލްގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު  (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3-      ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-      ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5-      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމް ތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6-      ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7-      ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

8-      މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިރާދާއެއްގައި އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް  އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު "ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް" މިސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސާރިވިސް ކޮމިޝަންގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 މާރިޗު 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:30 ގެ ކުރިން އދ.ހަންޏާމީދޫ ސްކޫލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  އީ-މެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

ނޯޓް: މެއިލް މެދުވެރިކޮށް މިއޮފީހަށް ފޮނުވާ ޑޮކިއުމެންޓްތައް ލިބުނުތޯ ހުށަހެޅިފަރާތުން ޔަގީންކުރަންވާނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2017 މާރިޗު 17 ވަނަ ދުވަހާއި 25 ވަނަ ދުވަހާ ދެމެދު އދ.ހަންޏާމީދޫ ސްކޫލުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ

 

ޝޯޓު ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއައް ބަލައި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީން މާރކްސް ލިބޭ 10 ފަރާތް ޝޯޓުލިސްޓް ކުރެވޭނެއެވެ.

                    

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: މަދުވެގެން %25 (ފަންސަވީސް އިންސައްތަ)                                                                                                                                                                                                                                                                                                                                                                                          

އިތުރުމަޢުލޫމާތު:

މި ވަޒީފާއާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅުން މި ސްކޫލުގެ ނަންބަރު 6680837  ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީ-މެއިލް ކުރާނީ [email protected] އަށެވެ.

09 ޖުމާދަލްއާޚިރު 1438

08 މާރިޗު 2017
ހޯދާ