ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފާމަސީ އެސިސްޓެންޓެއް ބޭނުންވެއްޖެ

މަޤާމް :ފާމަސީ އެސިސްޓެންޓު
ބޭނުންވާ އަދަދު :1

 

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައި މިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް: ފާމަސީ އެސިސްޓެންޓު
ބޭނުންވާ އަދަދު: 1 (އެކެއް)
އަސާސީ މުސާރަ: މަހަކު -/3380 ރުފިޔާ
މަސައްކަތް ކުރަންޖެހޭތަން: ގދ.ފިޔޯރީ އެސްޓީއޯ ފާމަސީ/ މެޑިކަލްސް ޑިޕާރޓްމަންޓް
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (2 އަހަރު)

އެހެނިހެން ޢިނާޔަތްތައް:

  • އިތުރު އެލަވަންސް: މަހަކު -/1500 ރުފިޔާއާއި -/2450 ރުފިޔާއާ ދެމެދުގެ އަދަދެއް ވަޒީފާގެ މަސްއޫލިއްޔަތާއި ގުޅޭގޮތުން ހަމަޖައްސައިދެވޭނެ
  • އިތުރުގަޑީގައްޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ނިކުންނަށް ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ލިބޭނެއެވެ.
  • މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

މަޤާމުގެ މަސްއޫލިއްޔަތު

  • ކަސްޓަމަރުންނަށް ތަނުންލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން
  • ބިލް ހެދުން
  • މުއްދަތުހަމަވާ ބޭސްތައް ޗެކުކުރުންް
  • ރެކްތަކުގައި ބޭސް އެތުރުން
  • ކްރެޑިޓު ބިލް ޗެކުކުރުން
  • އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާންސެކްޝަންތައް ބެލެހެއްޓުން

ތަޢުލީމާއި ތަޖުރިބާ

  • ޖީ.ސީ.އީ އޯ ލެވެލް ފުރިހަމަ ކޮށްފައިވުން
  • ނުވަތަ ފާމަސީ ކޯސް ފުރިހަމަ ކޮށްފައިވުން
  • ކޮމްޕިއުޓަރ ސްކިލްސް (ވޯޑު އަދި އެކްސެލް)

އެހެނިހެން ހުނަރު:

  • މުޢާމަލާތުކުރުމުގެ ހުނަރު
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މުވައްޒަފެއް ކަމުގައިވުން

ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 މާރިޗު 13 ވަނަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑުރެހަށް ހުށަހެޅުއްވުން އެދެމެވެ.
  • އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

  • ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.
  • މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސްލިބޭ ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑުރެސް:

  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑު އޮފީސް
  • ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345
  • ފޯން:3344368 3344179/  ފެކުސް: 3344041، ވެބްސައިޓު: www.sto.mv
  • އީމެއިލް އެޑުރެސް: [email protected]


                            06 މާރިޗު 2017

 

 

06 މާރިޗު 2017
ހޯދާ