ޚަޒާނާ މޯލްޑިވްސް ލިމިޓެޑް
ދިވެހިރާއްޖެ
ކޯޕްރޭޓް އެންޑް ލީގަލް އޮފިސަރ

ނަންބަރ: HZN/IULAAN/2017/04

  ވަޒީފާގެ ފުރުޞަތު

މަޤާމު: ކޯޕަރޭޓް އެންޑް ލީގަލް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަނާއި ރޭންކް: ސީނިއަރ އޮފިސަރ ލެވަލް 3 (MM3)

މަޤާމުގެ ގިންތި: ދާއިމީ

 މަޤާމުގެ މަސްޢޫލިއްޔަތުތައް:

  • ޤާނުނުތަކާއި، ޤަވާޢިދުތަކާއި، އުޞޫލުތައް މުރާޖާ ކުރުމަށްފަހު، ކުންފުނިން ބޭނުންވާ ކަންކަމުގައި ލަފާ އެރުވުން.
  • ކުންފުނީގެ މަޤްޞަދުތަކާއި ގުޅޭގޮތުންނާއި، ޤާނޫނީގޮތުން ކުރަންޖެހޭ އެންމެހައި ދިރާސާތައް ހެދުމާއި، އަދި އެފަދަ ކަންކަމުގައި، ކުންފުނީގެ މެނޭޖްމަންޓަށް ބޭނުންވާ ލަފާ ދިނުން.
  • ޤާނުނީގޮތުން، ކުންފުނިން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމުގައި އެހީތެރިވުމާއި، ޤާނޫނާއި ޤަވާއިދުން ލާޒިމްކުރާ އެންމެހައި ކަންތައްތައް އެޤާނޫނުތަކާއި ޤަވާޢިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ކުރިއަށް ގެންދިއުން.

 ތަޢުލީމީ ފެންވަރު

  • ޤާނޫނީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަމުގައި ވުން.
  • ގުޅުންހުރި ދާއިރާ އަކުން، 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހޯދާފައިވުން.
  • މާލީ އިދާރާއެއްގެ ލީގަލް މަސައްކަތުގެ ތަޖްރިބާ ހޯދާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކޮންޕަންސޭޝަން/ މުސާރާއާއި ޢިނާޔަތްތައް.

މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބެލުމަށްފަހު، ކުންފުނީގެ އެޗް.އާރް ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން، ދެފަރާތް އެއްބަސްވެވޭ މުސާރައާއި ޢިނާޔަތްތައް ލިބޭނެއެވެ.

ވަޒީފާއަށް ހޮވުމުގައި ބަލާނެ އެހެނިހެން ކަންތައްތައް

  • އިންޓަރޕަރސަނަލް ސްކިލްސް ހުރިމީހެއްކަމުގައި ވުން.
  • މައިކްރޯސްފްޓް އޮފީސް އަދި އެކައުންޓިންގ ސޮފްޓްވެއަރތައް ބޭނުންކުރަން ދަންނަ ފަރާތެއްކަމުގައި ވުން.
  • މަލްޓި ޓާސްކް ކުރުމުގެ ޤާބިލުކަންހުރި ފަރާތެއްކަމުގައި ވުން.
  • ހައި ޕްރެޝަރ އެންވަޔަރަމަންޓެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަންހުރުން.
  • ކަނޑައެޅިފައިވާ ވަގުތުތަކަށް، މަސައްކަތްނިންމައި، ލަނޑުދަނޑިތައް ޙާޞިލްކުރާ ފަރާތެއްކަމުގައި ވުން.
  • އިސްލާމިކް ފައިނޭންސްގެ ދާއިރާގެ ޢިލްމު ހުރި ފަރާތެއް ކަމުގައިވުން.

 މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 16 މާރިޗު 2017 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން، ސީ.ވީ އާއި އެޓެސްޓްކޮށްފައިވާ ސަނަދުތަކުގެ ކޮޕީ، [email protected] އަށް އީމެއިލް ނުވަތަ، ތިރީގައި ވާ އެޑްރެސް އަށް ފޮނުވައިދެއްވުން އެދެމެވެ.

ޚަޒާނާ މޯލްޑިވްސް ލިމިޓެޑް،

ހ. ފުސްތުޅާމާގެ، 2 ވަނަ ފަންގިފިލާ،

އަމީރު އަޙުމަދު މަގު،

މާލެ، ދިވެހިރާއްޖެ

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، ރަސްމީ ގަޑީގައި، މި ކުންފުނީގެ ނަންބަރު 2000 301 އަށް ގުޅުއްވުނެ އެދެމެވެ. 

07 މާރިޗު 2017
ހޯދާ