ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މަޤާމް :އެސިސްޓެންޓް ޑިރެކްޓަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މިޑިޕާޓްމަންޓްގެ ނަމްބަރު: IUL)222-AH/INDIV/2017/1) (2017 ޖަނަވަރީ 31 ) އިޢުލާންގައި ބަޔާންކުރެވިފައިވާ ތިރީގައި މިދަންނަވާ މަގާމަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

 

މަޤާމް:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމްގެ ނަމްބަރު:

J-211735

ބޭނުންވާ އަދަދު:

01

މަޤާމްގެ ގިންތި:

ދާއިމީ

މަޤާމްގެ ރޭންކް:

އެމް.އެސް 3

މަޤާމްގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ސެކްޝަން/ ޔުނިޓް:

ހެރިޓޭޖް / ބޮޑުތަކުރުފާނު މެމޯރިއަލް ސެންޓަރ

މަޤާމް އޮތް އޮފީސް:

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް

އަދާކުރަންޖެހޭ ވަޒީފާ ތަން/ރަށް:

ބޮޑުތަކުރުފާނު މެމޯރިއަލް ސެންޓަރ ، ހއ.އުތީމު

މުސާރަ:

މަހަކު -/7,035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ރަސްމީ މަސައްކަތު ގަޑި:

8:00 އިން 14:00 އަށް

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. މި މަޤާމަށް އެއްވެސް އިނާޔަތެއް ނުވަތަ އިނާޔަތްތަކެއް ދޭން ނިންމަވައިފިނަމަ އެފަދަ އިނާޔަތެއް ނުވަތަ އިނާޔަތްތަކެއް.

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒާއި އުތީމު ގަނޑުވަރުގެ އެންމެހާ ކަންތައްތައް ރާވައި ހިންގުމާއި ކަނދުވަލު  މިސްކިތާއި ގަނޑުވަރާއި ގަނޑުވަރުގެ ތެރޭގައިވާ އެންމެހާ ތަކެތި ރައްކާތެރިކޮށް ހިމާޔަތް ކުރުމުގެ އެންމެހާ ކަންތައްތައް ރާވައި ހިންގުން.
  2. ގަނޑުވަރު ބަލަން ޒިޔާރަތްކުރާ ފަރާތްތަކަށް ރަނގަޅު އިންތިޒާމެއްގެ ދަށުން ގަނޑުވަރު ބެލޭނެ މަގުފަހިކޮށްދިނުން.
  3. ޒަމާނީ ވަޞީލަތްތައް ބޭނުންކޮށްގެން ޔުނިޓުގެ މަސައްކަތްތައް ހަލުވިކޮށް ހަރުދަނާ ކުރެވޭނެ ނިޒާމް ޤާއިމްކުރުން.
  4. ޤައުމީ ދުވަސް ފާހަގަކުރުމުގެގޮތުން ކުރަންޖެހޭ ހުރިހާކަމެއް ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކޮށްގެން ނިންމުމާއި، އެކަންކަން އިންތިޒާމްކޮށް ހިންގުން.
  5. ޔުނިޓްގެ މުވައްޒަފުންގެ މަސައްކަތްތައް އޯވަރޯލްކޮށް ސުޕަވައިޒްކުރުމާއި، ޔުނިޓްގެ މުވައްޒަފުން ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބެލުމާއި، އަމަލުކުރަންޖެހޭ އެހެނިހެން ޤާނޫނާއި ޤަވާޢިދާއި އަދި އުސޫލުތަކާ އެއްގޮތަށް އަމަލުކުރަމުން ގެންދޭތޯ ބެލުން.
  6. ޔުނިޓް ހިންގުމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމާއި އެ ވަޞީލަތްތައް އެންމެ ފައިދާހުރިގޮތަށް ބޭނުންކުރެވެމުން ދޭތޯ ބެލުން.
  7. ސެކްޝަން/ޔުނިޓުން  ކުރާ  އެހެނިހެން  މަސައްކަތްތަކުގައި  އެހީތެރިވުމާއި، އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިކަމަށް ބޭނުންވާ ކަންކަމުގައި އެހީތެރިވެދިނުން.

މަޤާމްގެ ޝަރުޠުތައް:

 

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (ތިރީގައި ބަޔާންކުރެވިފައި) ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި (ތިރީގައި ބަޔާންކުރެވިފައި) 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (ތިރީގައި ބަޔާންކުރެވިފައި) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި (ތިރީގައި ބަޔާންކުރެވިފައި) 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (ތިރީގައި ބަޔާންކުރެވިފައި) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި (ތިރީގައި ބަޔާންކުރެވިފައި) 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

4- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (ތިރީގައި ބަޔާންކުރެވިފައި) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

5- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (ތިރީގައި ބަޔާންކުރެވިފައި) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް: އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް، ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

މި މަޤާމަށް މީހަކު ހޮވުމަށް، ސިވިލް ސަރވިސްގެ ޤަވާއިދާއި އުސޫލާއި އެއްގޮތަށް ތިރީގައި މިވާ ކަންކަމުގެ މައްޗަށް ބެލޭނެއެވެ. އަދި މިކަންކަން އިންޓަރވިއު އާއި ޕްރެކްޓިކަލް އިން ސާބިތުކޮށްދޭންވާނެއެވެ.

  • މަޤާމްގެ މަސައްކަތާ ގުޅޭ ދާއިރާއިން ޙާސިލްކޮށްފައިވާ ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ ތަޖުރިބާ
  • މަޤާމްގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި، ގާބިލްކަމާއި އެހެނިހެން ސިފަތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެ އަދި ފޯމުގެ ސޮފްޓް ކޮޕީ ގެޒެޓްގައި އަޕްލޯޑް ކުރެވިފައިވާނެ).

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައި).

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތު:ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު ސާފުވާނެގޮތަށް، ކުރި މަސައްކަތް ބަޔާންކޮށްފައި).

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

9. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު (މިފޯމް ވަޒީފާއަށް އެދޭ ފޯމާއިއެކު މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެ އަދި ފޯމުގެ ސޮފްޓް ކޮޕީ ގެޒެޓްގައި އަޕްލޯޑް ކުރެވިފައިވާނެ).

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މި ޑިޕާޓްމަންޓްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.heritage.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017  މާރިޗު 20 ވާ ހޯމަ ދުވަހުގެ 13:50 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ހެރިޓޭޖް (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ.   އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3326796 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް  އޮންނާނީ،  2017 އެޕްރީލް 4 އާއި 2017 އެޕްރީލް 10 އާ ދެމެދު، ޑިޕާޓްމަންޓް އޮފް ހެރިޓޭޖް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

މި މަގާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި ގަޑި އެކަމާއި ގުޅޭ އެހެނިހެން މަޢުލޫމާތު، އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 12 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ސްކްރީން ކުރުން:

 

ވަޒީފާއަށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް ވަޒީފާއަށް އައްޔަން ކުރުމުގެ ޝަރުތުތަކާއި، އިޢުލާންގައިވާ އަސާސީ ޝަރުތުތައް ފުރިހަމަވެތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުތު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް ނުހޮވޭ ފަރާތްތަކަށް ލިޔުމުން އިއުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 12 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ޝޯޓްލިސްޓް ކުރުން:

 

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް ލިޔުމުން އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު 12 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

މި މަޤާމަށް މީހަކު ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ ، %30 އަށްވުރެ މަތިވާން ޖެހޭނެއެވެ.

 

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3340207 ނުވަތަ 3323206 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3326796 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

07 މާރިޗު 2017
ހޯދާ