ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު ލައިސަންސް ދޫކުރުމަށް ބޭނުންވާ އެގްޒަމިނަރ ހޯދުމާއިބެހޭ

މިއިދާރާއިން ދޫކުރަމުންދާ އެއްގަމު ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެގެން ކުރި ނަންބަރު: (IUL)231-PR/231/2017/4 (18 ޖެނުއަރީ 2017) އިޢުލާނާއި ގުޅިގެން ބޭނުންވާ ޢަދަދަށް އެޕްލިކޭޝަން ހުށަހަޅައިފައި ނުވާތީ، އެ އިޢުލާނު ބާޠިލުކޮށްފީމެވެ. އަދި އެއްގަމު ލައިސަންސް ދޫކުރުމަށް ބޭނުންވާ އެގްޒަމިނަރއަކަށް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމް

އެގްޒަމިނަރ                           

ކޮންޓްރެކްޓް މުއްދަތު

1 (އެކެއް) އަހަރު

މަސައްކަތްކުރަންޖެހޭ ތަން

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ

ބޭނުންވާ ޢަދަދު

02

ސެކްޝަން/ޔުނިޓް

ޕޮލިސީ ޕްލޭނިންގ ރިސާރޗް އެންޑް މޮނިޓަރިންގ

އުޖޫރަ (ދުއްވުމުގެ އިމްތިޙާނަށް އެގްޒަމިނަރަށް ލިބޭ ފީ)

2 ފުރޮޅުލީ އުޅަނދުފަހަރަށް -/15 ރުފިޔާ

4 ފުރޮޅުލީ އުޅަނދުފަހަރަށް -/25 ރުފިޔާ

4 ފުރޮޅަށްވުރެން ގިނަ ފުރޮޅުލީ އުޅަނދުފަހަރަށް -/40 ރުފިޔާ

ޝަރުޠު

  • ފާއިތުވި 05 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވަޔަލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައިނުވުން. އަދި ޖިނާއީ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން (3 މަސްދުވަސް ނުވާ ޕޮލިސްރިޕޯޓު)
  • ދޫކުރި ތާރީޚުން ފެށިގެން 5 އަހަރު ދުވަސް ވެފައިވާ އެއްގަމުގައި ދުއްވާ ވެހިކަލް ދުއްވުމުގެ ލައިސަންސް އޮތުން (ލައިސަންސްގެ އަސްލާއި ކޮޕީ)
  • އަންނަނިވި ކެޓަގަރީތަކުން ލައިސަންސް ލިބިފައިވުން:

-          A1          - B1           - C1     

-          A0          - B2         - C2

  • ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި ވަޒީފާ އަދާކުރާ މީހެއްކަމުގައި ނުވުން.
  • ޓްރާންސްޕޯރޓް އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ޑްރައިވިންގ ސްކޫލެއްގައި ވަޒީފާ އަދާކުރަމުންދާ ފަރާތަކަށްނުވުމާއި، ނުވަތަ މިފަދަ ޑްރައިވިންގ ސްކޫލެއްގެ މަސްލަޙަތު އޮތް މީހެއްކަމުގައި ނުވުން. 

މައިގަނޑު މަސްއޫލިއްޔަތު

1-     ޓްރާންސްޕޯރޓް އޮތޯރިޓީ އިން އާޢްމުކުރައްވާފައިވާ "އެއްގަމުގައި ދުއްވާ އެއްޗެތި ދުއްވުމުގެ ޓެސްޓްދޭ އެގްޒަމިނަރުން ޓެސްޓް ދިނުމުގައި ޢަމަލުކުރަންވީގޮތް" އުޞޫލާއި އެއްގޮތަށް ފާދިއްޕޮޅު އަތޮޅު ކައުންސިލުން ދޫކުރާ އެއްގަމުގައި ދުއްވާ އެއްޗެތީގެ ޑްރައިވިންގ ޓެސްޓްގެ ކަންކަން ކުރިޔަށް ގެންދިއުން.

2-     ކޮންމެ އާދީއްތަ، އަންގާރަ އަދި ބުދަ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 އާއި ދެމެދު ދުއްވުމުގެ ޓެސްޓް މިއިދާރާއިން އަންގާ ގޮތެއްގެ މަތިން ބޭއްވުން

ނޯޓް: "އެގްޒަމިނަރުންގެ ގައިޑްލައިން" ޓްރާންސްޕޯރޓް އޮތޯރިޓީގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ.

ޚިދުމަތް ދޭ ގަޑި

ކޮންމެ އާދީއްތަ، އަންގާރަ އަދި ބުދަ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށް

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

16 މާރޗް 2017 (ބުރާސްފަތި) ދުވަހުގެ 13:00 ގެ ކުރިން ސިޓީއަކުން ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާ އަށް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. 3 މަސްދުވަސް ނުވާ ޕޮލިސް ރިޕޯޓް
  2. ލައިސަންސުގެ އަސްލާއި ކޮޕީ
  3. މޯލްޑިވިސް ޓްރާންސްޕޯޓް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ ދެފުށުގެ
  5.  އެގްޒަމިނަރަކަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު  (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެހާއެކު)

މީހަކު ހޮވުމުގައި ބެލޭނެ ބައެއް ކަންތައްތައް

-         ޖިސްމާނީ ގާބިލްކަން (ޖިސްމާނީ ޤާބިލްކަން ސާބިތުކުރުމުގައި ،ޑޮކްޓަރގެ މެޑިކަލް ރިޕޯޓް އަށް ބެލޭނެއެވެ.)

-         ކުރަންޖެހޭ މަސައްކަތްތައް ކުރަން އެނގުމާއެކު ކަނޑައެޅިފައިވާ ވަގުތުތަކުގައި މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.

އިންޓަރވިއު ކުރާނެ ތާރީޚާއި، ތަން

އެގްޒަމިނަރ ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 23 މާރޗް 2017 އާއި 06 އޭޕްރީލް 2017  އާއި ދެމެދު  ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާ ގައެވެ.

ނޯޓް

-          މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. މި ފުރުޞަތު ދެޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.

-          ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް 6620331 ނުވަތަ 6620261 އާއި ގުޅުއްވުން

ފެކްސް ނަމްބަރ 6620043

07 މާރިޗު 2017
ހޯދާ