ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޑް ސެކިއުރިޓީ / ކާނާގެ ޔަޤީންކަން ޕްރޮގްރާމްގެ ދަށުން ހއ. މާރަންދޫގައި ގަސް އުފެއްދުން

އިޢުލާން

ފުޑް ސެކިއުރިޓީ / ކާނާގެ ޔަޤީންކަން ޕްރޮގްރާމްގެ ދަށުން ހއ. މާރަންދޫގައި ގަސް އުފެއްދުން

"ކާނާގެ ޔަޤީންކަން" ޕްރޮގްރާމްގެ ދަށުން މިރަށުގެ ގޭބިސީތަކުގައާއި ހުސްބިން އޮތް ތަންތަނުގައި އިންދުމަށް ބޭނުންވާ ގަސް އުފައްދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހެޅުމަށް ކުރިމަތިލެވޭނީ ހއ. މާރަންދޫގައި ހަރަކާތްތެރިވާ ކޯޕެރޭޓިވް ސޮސައިޓީ، ކްލަބް، ޖަމްއިއްޔާ ޖަމާއަތް، ރަށްވެހިންގެ ހިއްސާއޮންނަ (މަދުވެގެން %50 ހިއްސާ އޮންނަ) ކުންފުނި، ހއ. މާރަންދޫ ރައްވެއްސެއްގެ ލޯކަލްއިންވެސްޓްމަންޓް އަދި ހއ. މާރާންދޫގައި ރަށްވެހިވެފައިވާ އަމިއްލަ ފަރުދުންނަށެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތަކީ ގަސްއުފެއްދުމުގެ ފަންނީ ޤާބިލުކަމާއި، ތަޖުރިބާ ހުރި ފަރާތެއްކަމުގައިވުމާއެކު، ގަސް އުފެއްދުމުގެ މަސައްކަތްކުރެވޭވަރުގެ އެކަށީގެންވާ ވަރުގެ ބިމެއް (ގޯތިތެރެއިން ނުވަތަ ދަނޑުބިމުން) ލިބިފައިވާ ފަރާތެއް ކަމުގައިވާންވާނެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް އެދޭފަރާތްތަކުން 2017 މާރިޗު 20 ވާ ހޯމަ ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2017 މާރިޗު 23 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500029 ނަންބަރު ފޯނާއި  ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

8 ޖުމާދަލްއާޚިރާ 1438

7 މާރިޗު 2017

07 މާރިޗު 2017
ހޯދާ