މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާުމް/މުދިމް/މަސައްކަތު (ވަގުތީ)

މަޤާމް :އިމާމު/މުދިމް (ވަގުތީ)
ބޭނުންވާ އަދަދު :5

މަޤާމް:

ވަގުތީ އިމާމް / މުދިމު

ބޭނުންވާ އަދަދު:

05 (ފަހެއް)

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މަސްޖިދުއްރިޟުވާން (ބޮޑު މިސްކިތް) ، މަސްޖިދުލްމަޢުބޫދު ) ކުޑަ މިސްކިތް)

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތުތައް:

އެއްބަސްވުމުގައިވާ ގޮތަށް މިސްކިތްތަކުގެ އިމާމުން މުދިމުން ޗުއްޓީގައި ހުންނަވާ ދުވަސްތަކުގައި ނުވަތަ އެނޫންވެސް ސަބަބަކާއި ހުރެ މިސްކިތަށް ހާޟިރުނުވެވޭފަދަ ދުވަސްތަކުގައި މިސްކިތުގައި ބަންގި ދިނުމާއި  އިމާމުވެ ނަމާދުކުރުމާއި، މަޤާމާގުޅޭ އެހެނިހެން ކަންކަން ކުރުން

 

 

 

މަޤާމް

ރޭންކް

ކްލެސިފިކޭޝަން

ޝަރުތު

ކޮންމެ ނަމާދު ވަގުތަކަށް

މުދިމު

ޖީ.އެސް 1

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދު ކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެއްވާ ފެންވަރު ބެލުމުގެ އިމްތިހާނުން ފާސްވެފައިވުން ނުވަތަ
  • ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން

 

33.77 ރުފިޔާ

 

އިމާމް

ޖީ.އެސް 3

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމްކަމުގެ ސަނަދު ލިބިފައިވުން ނުވަތަ
  • ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން ނުވަތަ
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން

 

39.77 ރުފިޔާ

މަޤާމް :މަސައްކަތު (ވަގުތީ)
ބޭނުންވާ އަދަދު :5

މަޤާމް:

ވަގުތީ މަސައްކަތު

ބޭނުންވާ އަދަދު:

05 (ފަހެއް)

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މަސްޖިދުއްރިޟުވާން (ބޮޑު މިސްކިތް)، މަސްޖިދުލްމަޢުބޫދު (ކުޑަ މިސްކިތް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

އެއްބަސްވުމުގައިވާ ގޮތަށް މިސްކިތްތަކުގެ މަސައްކަތު މީހުން ޗުއްޓީގައި ހުންނަވާ ދުވަސްތަކުގައި ނުވަތަ އެނޫންވެސް ސަބަބަކާއިހުރެ މިސްކިތަށް ހާޟިރުނުވެވޭފަދަ ދުވަސްތަކުގައި މިސްކިތާއި މިސްކިތުގެ ގޯތިތެރެ ފޮޅާސާފުކޮށް ބެލެހެއްޓުމާއި  މަޤާމާގުޅޭ އެހެނިހެން ކަންކަން ކުރުން

ދުވާލަކު މަސައްކަތްކުރަންޖެހޭ ގަޑީގެ ޢަދަދު:

ކޮންމެ ނަމާދު ވަގުތަކަށް 30 މިނިޓް ހިމަނައިގެން ދުވާލަކު 6 ގަޑިއިރު މަސައްކަތްކުރާގޮތަށް

މަޤާމް:

ރޭންކް

ކްލެސިފިކޭޝަން

ޝަރުތު

 

މިސްކިތު މަސައްކަތު

އެސް.އެސް 1

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ޤާބިލްކަން ލިބިފައިވުން

 

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ލިބިފައިވާ ތައުލީމާއި ތަޖުރިބާއާއި އިންޓަވިއުއަށް ބެލޭނެއެވެ.

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި ޕްރެކްޓިކަލްސް އާއި އިމްތިހާންކުރުން އޮންނާނެ ތާރީޚާއި ތަން

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، ތާރީޚާއި ތަން، އިޢުލާންގެ މުއްދަތު ހަމަވާތާ މަސައްކަތު ފަސްދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބުސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  • ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ދާއިރާއާއި ގުޅޭ ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތައް

-          މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

-          ސިވިލް ސާރވިސް ޓްރެއިނިން އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓް ކޮށްފައި ނުވިނަމަވެސް)

-          ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކާއި ސެޓްފިކެޓްތަކުގެ ކޮޕީ

  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  • ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ކާޑުގައިވާ ލިޔުންތައް ރަނގަޅަށް އެނގޭފަދަ ކޮޕީއެއް)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

14 މާރިޗު 2017 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާއަށް

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިއިދާރާގެ 6600004 ނަމްބަރު ފޯނާއެވެ.

     

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

07 މާރިޗު 2017
ހޯދާ