ރ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އެސިސްޓެންޓް ފޯމަން

މި އިޢުލާންވަނީ 09 އޭޕްރިލް 2017 09:15 ގައި ބާތިލް ކުރެވިފައެވެ.


އެސިސްޓެންޓް ފޯމަން

މަޤާމް:

J-123531

މަޤާމުގެ ނަންބަރު:

1 (އެކެއް)

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

SS2

މަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާފް

މަޤާމުގެ ކްލެސިފިކޭޝަން:

ބަޖެޓް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަން

ސެކްޝަން:

ރ. އަތޮޅު ތަޢުލީމީ މަރުކަޒު

މަޤާމް އޮތް އޮފީސް:

ރ. އަތޮޅު ތަޢުލީމީ މަރުކަޒު، ރ. މީދޫ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

-/3470 ރުފިޔާ

މުސާރަ:

-/1000 ރުފިޔާ

 

ސަރވިސް އެލެވަންސް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

އިތުރު ޢިނާޔަތްތައް:

  1. ޙަވާލުކުރެވޭ ތަންތަން ފޮޅާ ސާފުކޮށް ބެލެހެއްޓުން.
  2. ސްކޫލުން އަންގާ ގޮތެއްގެމަތީން ސްކޫލް ބަގީޗާ އާއި، ބޮޑެތި ގަސްތައް ކޮށާ ބެލެހެއްޓުން.
  3. މަސައްކަތު މީހުންގެ މަސައްކަތް، ސްޕަވައިޒަރުގެ އިރުޝާދާއެކު ބެލެހެއްޓުން.
  4. މަރުކަޒުގައި ބޭއްވޭ އެކިއެކި ބައްދަލުވުންތަކާއި އިމްތިޙާނުތަކަށް، ކަމާބެހޭ ސެކްޝަނަކުން އަންގަވާ ގޮތެއްގެމަތީން، ގޮނޑި، މޭޒުޖަހާ، ތަން ރޭވުން. (މަސައްކަތު މީހުންނާއެކު އެމަސައްކަތް ކުރުވުން)
  5. ކްލާސްރޫމްތަކުން ބޭރުގަޔާއި، ގޯތިތެރޭގައި، އެކިއެކި ހިސާބުގައި އެއްވެސް އިންތިޒާމެއްނެތްގޮތަށް ބެހެއްޓިފައި ހުންނަ ފަރުނީޗަރުފަދަ ތަކެތި، އެތަންތަނުންނަގާ ރައްކާކުރުން.
  6. މަސައްކަތު މީހުންގެ ބަދަލު އިންތިޒާމު ކަންކަން ބެލެހެއްޓުން.
  7. ރައްކާތެރިކަމާއެކު ބޯފެން ނެގުމުގެ އިންތިޒާމު ހަމަޖެއްސުން.
  8. ޢިމާރާތްތަކާއި ފަރުނީޗަރުގެ ސާފުތާހިރުކަން ދުވަހުން ދުވަހަށް ބެލުން.
  9. ބެލެނިވެރިންނާއި މުވައްޒަފުންނަށް ދަންނަވާފަދަ ލިޔުން ތަކުގައި ސޮއިކުރުވުން. އަދި އެލިޔުންތަކުގައި ސޮއި ކުރުވަމުން ގެންދޭތޯ ބެލުން.
  10. ސްކޫލުން އެކިފަރާތްތަކަށް ޙަވާލުކުރަންޖެހޭ ފައިސާޔާއި ޗެކްފަދަ ތަކެތި ފަރުވާތެރިކަމާ އަމާނާތްތެރިކަމާއެކު ޙަވާލުކުރުވުމާއި، ޙަވާލުކުރުން.
  11. ރަސްމީ ގަޑިތަކާއި، ނުރަސްމީ ގަޑިތަކަށް އޮފީށް ހުޅުވުމަށް ތޅުދަނޑި ގެނެވޭނެ އިންތިޒާމުކުރުން.
  12. ސްކޫލް ފޮޅާ ސާފުކުރުމަށް ބޭނުންވާ އެންމެހާ ސާމާނު، ބަޖެޓް ސެކްޝަނުން ހޯއްދަވަމުން ގެންދެވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. މަޤާމަށް ބެނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ވަޒީފާއަށް އެދޭ ފޯމު މިމަރުކަޒުގެ އިދާރީ އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 މާރޗް 2017 ވާ ބުދަ ދުވަހުގެ 1:00 ގެ ކުރިން، ރ. އަތޮޅު ތަޢުލީމީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]  އެވެ. ފެކްސް ނަންބަރަކީ، 6582714 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  16 މާރޗް 2017  އާއި 20 މާރޗް 2017   އާ ދެމެދު، ރ. އަތޮޅު ތަޢުލީމީ މަރުކަޒު ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް، ކަނޑައެޅިފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމުލަ އިންސައްތަ، ދަށްވެގެން %30 (ތިރީސް އިންސައްތަ) ލިބެންޖެހޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580031 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6582714 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

އިތުރު މަޢުލޫމާތު ހޯދުން:

 

           30 ޖުމާދަލްޢާހިރާ 1438

           06 މާރޗް 2017

06 މާރިޗު 2017
ހޯދާ