މަޤާމް:
|
ޑިރެކްޓަރ
|
މަޤާމުގެ ނަންބަރު:
|
J-251366
|
ބޭނުންވާ އަދަދު:
|
1
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
EX 1
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޑިރެކްޓަރ
|
ސެކްޝަން
|
ޑިސްއެބިލިޓީ ރައިޓްސް ޕްރޮމޯޝަން އެންޑް ޕްރޮޓެކްޝަން ޑިވިޝަން
|
މަޤާމު އޮތް އޮފީސް:
|
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
|
މުސާރަ:
|
މަހަކު -/8835 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު -/2000 ރުފިޔާ
|
އިތުރު ޢިނާޔަތްތައް:
|
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ޑިޕާރޓްމަންޓް/ޑިވިޜަންގެ ވެރިންގެ ލަފަޔާއި އިރުޝާދުގެ ދަށުން ސެކްޝަންގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި ބައިވެރިވުން އިތުރުކުރުމަށްޓަކައި އެފަރާތްތަކަށް ބޭނުންވާ ހުނަރާއި ގާބިލުކަން އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މިކަންކަމަށް މުޖްތަމަޢު އާއި ދާއިރާގެ ގުޅުންހުރި ފަރާތްތައް ހޭލުންތެރިކުރުވުމަށް މަސައްކަތްތައް އިންތިޒާމްކޮށް، މަސައްކަތްކުރުން.
- ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީ ފޯރުކޮށްދިނުމުގެ ޤާނޫނު) އަށް ކަމާބެހޭ ދާއިރާތަކާއި މުޖްތަމަޢު ހޭލުންތެރިކުރުވުމަށް މަސައްކަތްތައް އިންތިޒާމްކޮށް، މަސައްކަތްކުރުން.
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރައްކާތެރިކަމަށްޓަކާ ކުރަންޖެހޭ މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކާއި ޖަމްޢިއްޔާތަކުގެ އެއްބާރުލުން ހޯދުމާއި، އެފަރާތްތަކާ ގުޅިގެން މުޖްތަމަޢު ހޭލުންތެރިކުރުވުމަށް މަސައްކަތްތައް އިންތިޒާމްކޮށް، މަސައްކަތްކުރުން.
- ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅުންހުރި މަސައްކަތްތައް ހިންގުމަށް ބޭނުންވާ ގަވާއިދުތަކާއި ސިޔާސަތުތަކާއި ގައިޑްލައިންތަކާ ބެހޭގޮތުން ކަމާބެހޭ ދާއިރާތަކާއި މުޖްތަމަޢު ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް އިންތިޒާމްކޮށް، މަސައްކަތްކުރުން.
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބައިވެރިވުން އިތުރުކުރުމާއި ބާރުވެރިކުރުމަށް އެކި މަޝްރޫޢުތައް ހިންގުމާއި އެފަދަ މަސައްކަތްތަކާ ބެހޭގޮތުން ކަމާބެހޭ ދާއިރާތަކާއި މުޖްތަމަޢު ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް އިންތިޒާމްކޮށް، މަސައްކަތްކުރުން.
- ރާއްޖޭގެ ސިޔާސީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިވެރިވުން އިތުރުކުރުމަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކަށް މަސައްކަތްކުރާ މަދަނީ ޖަމާޢަތްތަކުގެ ދައުރު ހަރުދަނާކުރުމަށާއި، ހުރިހާ ދާއިރާއެއްގައި ދެޖިންސްގެ ހަމަހަމަކަން ހިފެހެއްޓުމުގެ ގޮތުން މަސައްކަތްކުރުމަށް ބޭނުންވާ ނިޒާމު ގާއިމުކޮށް، މިކަންކަމާބެހޭ މަސައްކަތްތައް ވިލަރެސްކުރުން.
- ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅުންހުރި މަސައްކަތްތައް ހިންގުމަށް ބޭނުންވާ ގަވާއިދުތަކާއި ސިޔާސަތުތަކާއި ގައިޑްލައިން ޕީޕީއެމްއާރޑީ އާ ގުޅިގެން އެކުލަވާލުމުގެ މަސައްކަތްކުރުމާއި، އެކަންކަން ތަންފީޒުކުރުން.
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި، ދެޖިންސްގެ ހަމަހަމަކަން ޤާއިމުކުރުމަށާއި، ފާހަގަކުރެވޭ އަދި ހުށަހެޅޭ މައްސަލަތަކާއި، މުޖުތަމަޢުގެ އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވެންހުރި މަސައްކަތްތަކާއި، މިކަންކަމަށް މުޖްތަމަޢު އާއި ދާއިރާގެ ކަމާބެހޭ ފަރާތްތައް ހޭލުންތެރިކުރުވުމަށް މަސައްކަތްތައް އިންތިޒާމްކޮށް، މަސައްކަތްކުރުން.
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކަށް ހުރަސްއެޅޭ، އާމައްސަލަތަކާއި (އިމާޖިން އިޝޫސް) ދެނެގަނެ، އެމައްސަލަތައް ހައްލުކުރުމަށް، ކަމާބެހޭ ދާއިރާތަކާ ގުޅިގެން މަސައްކަތްކުރުމާއި، މިކަންކަމަށް މުޖްތަމަޢު ހޭލުންތެރިކުރުވުމަށް މަސައްކަތްތައް އިންތިޒާމްކޮށް، މަސައްކަތްކުރުން.
- މިނިސްޓްރީގެ އެހެން ޑިޕާޓްމަންޓަކާއި ހަވާލުވެ މަސައްކަތްކުރަން ޖެހިއްޖެ ޙާލަތެއްގައި، މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން އެތަންތަނުގައި މަސައްކަތްކުރުން.
- އޮފީހުގެ މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުތުތައް:
|
1. ސޯޝަލް ސައިންސް، ޕްރައިމަރީ ހެލްތް ކެއަރ، މެނޭޖްމަންޓު މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،
ނުވަތަ
2. ސޯޝަލް ސައިންސް، ޕްރައިމަރީ ހެލްތް ކެއަރ، މެނޭޖްމަންޓު މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،
ނުވަތަ
3. ސޯޝަލް ސައިންސް، ޕްރައިމަރީ ހެލްތް ކެއަރ، މެނޭޖްމަންޓު މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިއުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ http://gender.gov.mv ގެ ވެބްސައިޓުންނާއި، އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 މާރިޗު 2017 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3013018 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ، 2017 މާރިޗު މަހާއި 2017 އޭޕްރީލް މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
މި މަޤާމަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުގައި ޕްރެޒެންޓޭޝަނެއް ހުށައަޅަން ޖެހޭނެއެވެ. ޕްރެޒެންޓޭޝަނާއި ބެހޭ އިތުރު މަޢުލޫމާތުތައް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ހިއްސާ ކުރެވޭނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:
|
30% (ތިރީސް އިންސައްތަ).
|
އިތުރު މަޢުލޫމާތު ހޯދުން:
|
މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027521 ނަންބަރު ފޯނަށް، ނުވަތަ 3027551 ނަންބަރު ފޯނަށެވެ.
|
|
07 ޖުމާދަލްއާޚިރާ 1438ހ
06 މާރިޗު 2017މ
|