ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
އެން.ސީ.އޭ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް-2017

`

 

 ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް

އިގްތިސާދީ ފުދުންތެރިކަން – އިޖްތިމާއީ ހަމަޖެހުން

 

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

        މާލެ، ދިވެހިރާއްޖެ                  

                                  ނަންބަރ: (IUL)177-A2/1/2017/2 

 

 

އިޢުލާން

"އެން.ސީ.އޭ – އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް" 2017 ގައި ބައިވެރިވުމުގެ ފުރުޞަތު

 

މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި ބާއްވަމުން އަންނަ އެން.ސީ.އޭ – އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ އުސޫލް އާއްމުކޮށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

އެގޮތުން މިމުބާރާތުގެ ބައިވެރިވެލެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 14 މާރިޗު 2017 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މި ސެންޓަރަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިސެންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި ވެބްސައިޓް www.nca.gov.mv އިންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސެންޓަރުގެ ނަންބަރު 3344667 އާއި ގުޅުއްވުން އެދެމެވެ.

 

05 ޖުމާދަލްއާޚިރު 1438

 

05 މާރިޗު 2017

 

 

 

c

ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް

     މާލެ، ދިވެހިރާއްޖެ

 

"އެން.ސީ.އޭ - އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް" ގެ އުޞޫލް

 

  1. 1.     މުބާރާތުގެ މަޤްސަދު

މިމުބާރާތުގެ މަޤްސަދަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމެވެ.

 

  1. 2.     މުބާރާތް ރާވާ ފަރާތާއި ދުވަސްވަރު

މިމުބަރާތް ހިންގާ ފަރާތަކީ ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އެވެ. މިމުބާރާތުގައި ބައިވެރިިކުރާ ޑްރާމާތައް ދައްކަން ފަށާނީ ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ތެރޭގައެވެ.

 

  1. 3.     މުބާރާތުގައި ބައިވެރިވެވޭ ގޮތް

މުބާރާތުގައި ބައިވެރިވެވޭނީ، ޖަދުވަލް 1 ގައިވާ ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކޮށް ސުންގަޑީގެ ކުރިން ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އަށް ހުށަހެޅުމުންނެވެ.

 

 

 

 

 
 

 

 

 

  1. 4.     މުބާރާތަށް ހުށަހެޅޭ ޓެލެޑްރާމާ އާއި ބެހޭ

4.1 ޓެލެޑްރާމާގެ ދިގުމިން

ޓެލެޑްރާމާގެ ދިގުމިނަކަށް ވާންވާނީ މަދުވެގެން 45 މިނެޓެވެ. އަދި ދިގުވެގެން 50 މިނެޓެވެ.

4.2 ބަސް

ޓެލެޑްރާމާ ހުށަހަޅައިދޭންވާނީ ދިވެހިބަހުންނެވެ.

4.3 ތީމް

ޓެލެޑްރާމާގެ ތީމް، ރާއްޖޭގެ ޤާނޫނާއި ޤަވާއިދާއި ރާއްޖޭގެ ތާރީޚާއި އާދަކާދަ އާއި، ޚިލާފުނުވާ މުޖްތަމަޢުގައި ހިމެނޭ ދޭދޭ އަފްރާދުންގެ މެދުގައި މަސްލަހަތު ނުގެއްލޭފަދަ ތީމްއަކަށް ވާންވާނެއެވެ. އަދި މިމުބާރާތުގައި ބައިވެރިކުރާ ޑްރާމާގެ ކޮންޓެންޓް ގާނޫނު ނަންބަރު 2010/16 (ބްރޮޑްކާސްޓްކުރުމުގެ ގާނޫނު) ބަޔާންކޮށްފައިވާ ބްރޯޑްކާސްޓްކުރުމުގެ "ކޯޑް އޮފް ޕްރެކްޓިސް" އާއި ހިލާފުވެގެން ނުވާނެއެވެ.

 

4.4 މުބާރާތުގައި ބައިވެރިވުން

މިމުބާރާތް ބާއްވާނީ މަދުވެގެން 4 (ހަތަރެއް) އޮފީސް ބައިވެރިވާނަމައެވެ.

 

4.5 ޓެލެޑްރާމާގެ ބައިވެރިން

 
 

އެއޮފީހަކުން ހުށަހަޅާ ޓެލެޑްރާމާއެއްގައި ބައިވެރިވާ ފަރާތްތަކަކީ، އެތަނެއްގެ ފުލްޓައިމް ނުވަތަ ޕާޓް ޓައިމް މުވައްޒަފުންކަމުގައި ވާންވާނެއެވެ. އަދި އެއޮފީހަކުން ފިލްމީ ދާއިރާގައި އަމަލީގޮތުން މަސައްކަތްތަކެއް ކުރާ ނުވަތަ ކޮށްފައިވާ ފަރާތެއް ބައިވެރިކުރާއިރު އެފަރާތެއްވެސް ވާންވާނީ އެ އޮފީހެއްގައި ފުލްޓައިމް ނުވަތަ ޕާޓް ޓައިމް ވަޒީފާ އަދާކުރާ މުވައްޒަފެއްކަމުގައެވެ. ޑްރާމާގެ ވާހަކަ އޮންނަ ގޮތުން ކުޑަކުދިންގެެ މަންޒަރު ހިމަނަންޖެހިއްޖެ ހާލަތެއްގައި ކުޑަކުއްޖަކު ބައިވެރި ކުރެވިދާނެއެވެ. ނަމަވެސް ކުޑަކުއްޖާ އަދާކުރާ ރޯލަކީ ޑްރާމާގެ %25 (ފަންސަވީސް ޕަސެންޓް) އަށްވުރެ ބޮޑު ބައަކަށް ވެގެން ނުވާނެއެވެ. މިޤަވައިދުގައި ކުޑަކުދިންކަމަށް ބުނެފައިމިވަނީ އުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުދިންނެވެ. އަދި މިފަދަ ރޯލްތަކަށް ޖަޖެއް ނުކުރާނެއެވެ. އަދި ހަމައެއާއެކު މިމުބާރާތުގެ މަޤްސަދަކީ އައު މޫނުތައް ތަޢާރަފުކުރުންކަމުގައިވާތީ، ފިލްމީ ދާއިރާގައި އަމަލީގޮތުން މަސައްކަތްތަކެއް ކުރާ ނުވަތަ ކޮށްފައިވާ ފަރާތެއް އޮފީހަކުން ބައިވެރިކުރާނަމަ އެފަރާތްތަކުގެ ރޯލްތައްވެސް ޖަޖެއް ނުކުރާނެއެވެ. އަދި މީގެ އިތުރުން ޖަޖްކުރެވޭ ރޯލްއެއް ފިޔަވައި އާއްމުން ތިބޭ ތަންތަނުގެ މަންޒަރުތައް ދެއްކުމުގެ ގޮތުން އާއްމުން ބޭނުންކުރެވިދާނެއެވެ.

 

 

 

4.6 ތައްޔާރުކުރުމުގެ މަސައްކަތް

29 މާރިޗު 2017 ވާ ބުދަ ދުވަހުން ފެށިގެން 18 މެއި 2016 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން 60 (ފަސްދޮޅަސް) ސުކުންތައްވުރެ ދިގު ނޫން ޓްރެއިލަރ އާއިއެކު ބައިވެރިކުރާ ޑްރާމާ އެން.ސީ.އޭ އަށް ހުށަހަޅަންވާނެއެވެ.

 

4.7 ހުށަހެޅޭ ޓެލެޑްރާމާގެ އަދަދާއި އަސްލު

ކޮންމެ އޮފީހަކުން މިމުބާރާތަށް ހުށަހެޅޭނީ 1 (އެކެއް) ޓެލެޑްރާމާއެވެ. އެޓެލެޑްރާމާ ވާންވާނީ އެހެން އެއްވެސް މުބާރާތަކަށް ހުށަނާޅާ އަދި އާއްމުކޮށްފައިނުވާ ޓެލެޑްރާމާއަކަށެވެ. މީގެ އިތުރުން އެޑްރާމާއެއްގެ ޕްލޮޓްގެ މައިގަނޑު އާއްމުކޮށްފައިވާ އެހެން އެއްވެސް އުފެއްދުމަކާއި އެއްގޮތްވެގެން ނުވާނެއެވެ. އަދި ޑްރާމާ ހުށަހަޅަން ކަނޑައަޅާފައިވާ ސުންގަޑީގައި ފުރިހަމަކޮށްފައިވާ ޑްރާމާ އާއިއެކު 60 (ފަސްދޮޅަސް) ސުކުންތައްވުރެ ދިގު ނޫން ޓްރެއިލަރއެއް ހުށަހަޅަންވާނެއެވެ.

 

4.8 ޑްރާމާ އުފެއްދުން

ޑްރާމާ އުފެއްދުމުގެ ހުރިހާ ޒިންމާއެއް އުފުލާނީ ބައިވެރިވާ އޮފީހަކުންނެވެ.

 

4.9 ވަނަހޮވުން

ވަނަތައް ހޮވުމުގައި ބަލާނީ ހުރިހާ ފަނޑިޔާރުން ދޭ މާރކްސްގެ އެވްރެޖުން އެންމެމަތީ މާކްސް ހޯދާ ފަރާތަކަށެވެ. މީގެ އިތުރުން "ވިއުވަރސް ޗޮއިސް" މިއެވޯޑް ލިބޭނީ އެސް.އެމް.އެސް އަށް ހުޅުވަލައިގެން އެންމެ ގިނަ އެސް.އެމް.އެސް ލިބޭ ފަރާތަކަށެވެ. އަދި "ވިއުވަރސް ޗޮއިސް" ގެ އެސް.އެމް.އެސް އެއްކަމުގައި ބަލާނީ އެން.ސީ.އޭ އިން ދޭ ގޮތަށް އިބާރާތް ކުރެވޭ އެސް.އެމް.އެސްތައް އެކަންޏެވެ.

 

4.10 ހޮވާ ވަނަތަކާއި އިނާމްތައް

#

ވަނަ

އިނާމް

1

އެންމެ މޮޅު ޑްރާމާ

ޓްރޮފީ އަދި -/50000 ރުފިޔާގެ ފައިސާގެ އިނާމު

2

އެންމެ މޮޅު އެކްޓަރ (އަންހެން)

ޓްރޮފީ އަދި -/15000 ރުފިޔާގެ ފައިސާގެ އިނާމު

3

އެންމެ މޮޅު އެކްޓަރ (ފިރިހެން)

ޓްރޮފީ އަދި -/15000 ރުފިޔާގެ ފައިސާގެ އިނާމު

4

އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ (އަންހެން)

ޓްރޮފީ އަދި -/10000 ރުފިޔާގެ ފައިސާގެ އިނާމު

5

އެންމެ މޮޅު ސަޕޯޓިންގ އެކްޓަރ (ފިރިހެން)

ޓްރޮފީ އަދި -/10000 ރުފިޔާގެ ފައިސާގެ އިނާމު

6

އެންމެ މޮޅު ލަވަ

ޓްރޮފީ އަދި -/5000 ރުފިޔާގެ ފައިސާގެ އިނާމު

7

ވިއުވަރސް ޗޮއިސް (އެންމެ މޮޅު ޑްރާމާ)

ޓްރޮފީ

8

ވިއުވަރސް ޗޮއިސް އެންމެ މޮޅު އެކްޓަރ (އަންހެން)

ޓްރޮފީ

9

ވިއުވަރސް ޗޮއިސް އެންމެ މޮޅު އެކްޓަރ (ފިރިހެން)

ޓްރޮފީ

10

ވިއުވަރސް ޗޮއިސް އެންމެ މޮޅު ލަަވަ

ޓްރޮފީ

 

4.11 ފަނޑިޔާރުން

ފަނޑިޔާރުކަން ކުރާނީ މިމުބާރާތުގެ ފަނޑިޔާރުކަން ކުރަން އެން.ސީ.އޭ އިން އެކުލެވޭ ޓީމަކުންނެވެ. ނަމަވެސް ފަނޑިޔާރުން މާކްސްދޭނީ ޓީމް އުޞޫލުން އެންމެންގެ ޚިޔާލު އެއްކޮށްގެނެއް ނޫނެވެ. ކޮންމެ ފަނޑިޔާރަކުވެސް ވަކިން އެމީހަކު އިންސާފުކުރާ ގޮތަކަށެވެ.

 

 

4.12 މުބާރާތަށް ހުށަހެޅޭ ޓެލެޑްރާމާގެ ހައްޤުތައް

މިމުބާރާތަށް ހުށަހެޅޭ ޓެލެޑްރާމާތަކުގެ ޕަބްލިކް ޕާރފޯމަންސް ރައިޓްސް އާއި ކޮމާޝަލް ރައިޓްސް ލިބޭނީ އެން.ސީ.އޭ އަށެވެ. މިމުބާރާތައް ހުށަހެޅޭ ހުރިހާ ޓެލެޑްރާމާއެއްގެ ހައްގުތައް އެން.ސީ.އޭ އަށް ލިބޭނެއެވެ.

 

  1. 5.     އުސޫލް އާއި ހިލާފުވުން

މިމުބާރާތުގެ އުސޫލް އާއި ހިލާފުވެއްޖެނަމަ މުބާރާތުން އެޑްރާމާއެއް ވަކިކުރެވޭނެއެވެ. އަދި ވަނައެއް ލިބޭ ފަހުން ޤަވައިދާ ހިލާފުވެފައިވާކަން އެން.ސީ.އޭ އަށް ސާބިތުވެއްޖެ ހިނދެއްގައި އެވަނައެއް އެފަރާތަކުން އަނބުރާ އަތުލެވޭނެއެވެ. އަދި އެފަރާތަކަށް މިމުބާރާތުގައި ބައިވެރިވެވޭނީ 05 (ފަހެއް) އަހަރު ފަހުންނެވެ. އަދި މިކަމާއި ގުޅޭ ގޮތުން އެފަރާތަކަށް ލިބޭ އެއްވެސް ގެއްލުމަކަށް ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް އިން ޒިންމާއެއް ނުވާނެއެވެ.

 

މިއުސޫލްގައި ނުހިމެނޭ ކަމެއް ދިމާވެއްޖެ ނަމަ އެކަމެއް ހައްލުކުރާނީ އެން.ސީ.އޭ އިން އެކުލަވާލާ 5 (ފަހެއް) މެމްބަރުންގެ ކޮމިޓީއަކުންނެވެ. އަދި މިކޮމިޓީން ނިންމާ ނިންމުންތަކަކީ އެންމެ ފަހުގެ ނިންމުންތަކެވެ.

 

  1. 6.     އުޞޫލް އަށް އަމަލުކުރަން ފެށުން

 

މި އުސޫލްއަށް އަމަލުކުރަން ފަށާނީ މިއުސޫލް ގެޒެޓްގައި ޝާއިއުކުރެވޭ ދުވަހުން ފެށިގެންނެވެ.

 

 
 
 
 

 

 

 

 

06 މާރިޗު 2017
ހޯދާ