މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ސަޕޯޓް ސަރވިސް އޮފިސަރ 1

ތިރީގައި ދެންނެވިފައިވާ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:                     ސަޕޯޓް ސަރވިސް އޮފިސަރ 1

ރޭންކް:                      CS-SS1

ކްލެސިފިކޭޝަން:               ސަޕޯޓް ސަރވިސް

މުސާރަ:                     މަހަކު-/3,753 ރުފިޔާ

މި މަޤާމަށް ލިބޭ އެލަވަންސް:       މަހަކު 5,188/80- ރުފިޔާ

ބޭނުންވާ އަދަދު:                  02

މަސައްކަތް ކުރަންޖެހޭ ތަން:         އައްސޭރި ޖަލު

ފެންވަރު ނުވަތަ ޝަރުތު:

މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • ލިޔަން ކިޔަން އެނގޭ މީހެއް ކަމުގައި ވުން.
  • އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަން ، ޓެކުން، މަކަރާއި ހީލަތް، މަސްތުވާ ތަކެތި ބޭނުން ކުރުން، ނުވަތަ މަސްތުވާ ތަކެތި ވިޔަފާރި ކުރުން، އަދި ހިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
  • އެއްވެސް އިރެއްގައި މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާ ފަރާތަކަށް ނުވުން.
  • މީލާދީ ގޮތުން 18 އަހަރު ފުރި 45 އަހަރު ނުވާ މީހެއް ކަމުގައި ވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • އައްސޭރި ޖަލުން ހަވާލުކުރާ ތަންތަން ސާފުކޮށް ބެލެހެއްޓުން.
  • އައްސޭރި ޖަލުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކަށް އައްސޭރި ޖަލު ތައްޔާރުކުރުމަށް އެހީތެރިވުން.
  • އައްސޭރި ޖަލުން ހަމަޖައްސާ ޑިއުޓީ ތަކަށް ނުކުމެ އެޑިއުޓީއެއްގައި ކުރަން ހަވާލުކުރާ މަސައްކަތް ކުރުން.
  • ޖަލުގެ ރަސްމީ މަސައްކަތާއި ގުޅޭ ގޮތުން ހަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.
  • އެކިއެކި ބައްދަލުވުންތަކަށް ސައި/ކޮފީ ތައްޔާރު ކުރުން.

މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:

-  މަސައްކަތުގެ ތަޖުރިބާ.

- ލިޔަންކިޔަން ދަތުމާއެކު / އިންޓަވިއުގައި މަސައްކަތަށް ގާބިލްކަން ކަށަވަރު ކޮށްދިނުން.

- އަންހެން ބޭފުޅުނަށް އިސްކަން ދެވޭނެއެވެ.

އިންޓަރވިއު ކުރުން:

- މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ސުންގަޑި:

-  މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށައަޅަންޖެހޭ ލިޔެކިއުންތަކާއި އެކު 14 މާރިޗް 2017 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް

 ( ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ) އަށް ހުށަހެޅުއްވުން އެދެމެވެ.

-  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

-  ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ސައްހަ ނޫންކަމަށް ސާބިތުވެއްޖެނަމަ ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

-  ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.

 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް:

ފޯން ނަންބަރު: 3026115/ 3026114

ފެކްސް ނަންބަރު: 3313727

އީ މެއިލް: [email protected]

ހުށަހަޅަންޖެހޭ ލިޔުންތައް:

-  ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)

-  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

-  ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯ ކޮޕީ

-  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) 

-  ސިވިލް ސަރވިސްއަށް / ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.

-  ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުމުގެ ކޮޕީ.

-   ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.

-   އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިލަންސްގެ ކޮޕީ.

-   ޕޮލިސް ރިޕޯޓް

 (ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހާ ސަފުހާ ނަންބަރު ޖަހާފައެވެ.)

06 މާރިޗު 2017
ހޯދާ