މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީގެ ބެލުމުގެދަށުން ހިންގާ އިމާރާތްތައް ފޮޅާ ސާފުކުރާނެ ފަރާތެއް ބޭނުންވެއްޖެ.

އިޢުލާން 

 

މިމިނިސްޓްރީގެ ތިރީގައި ބަޔާންކުރެވިފައިވާ އިމާރާތްތައް ފޮޅާ ސާފްކުރާނެ ބަޔަކު ބޭނުންވެއްޖެއެވެ.

  1. މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް، ވެލާނާގެ 11ވަނަ ފްލޯ
  2. މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް، ވެލާނާގެ 4ވަނަ ފްލޯ (އެސް.އީ.ޒެޑް އޮފީސް)
  3. މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު

 

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 9 މާރިޗު 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިމިނިސްޓްރީއަށް (ބޮޑުތަކުރުފާނުމަގުގައި ހުންނަ އިމާރާތް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 މާރިޗު 2017 ވާ ހޯމަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ. ( ބޮޑުތަކުރުފާނުމަގު)

އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންނެވި ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3333117 އަށް ގުޅުއްވުން އެދެމެވެ.

06 މާރިޗު 2017
ހޯދާ