ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަމާރީ ހަވޮއްޑާ މޯލްޑިވްސް އިން ގެންނަ ކުނިތައް، ކުނިގޮނޑަށް ގެންދިއުން،

އަމާރީ ހަވޮއްޑާ މޯލްޑިވްސް ރިސޯޓް އިން މިރަށަށް ގެންނަ ކުނިތައް ދޯނިން ޖެޓީ ސަރަޙައްދަށް ހުސްކުރުމަށްފަހު، ކުނިގޮނޑަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 2017 މާރިޗު 08 ވަނަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 މާރިޗު 12 ވަނަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މަތީގައިވާ ގަޑިތަކުގައި މިއިދާރާގެ މީޓިންގ ރޫމް ގައެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރ 2014/18 ( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ. އެއްވެސް ފަރާތަކަށް އެކަކަށްވުރެ ގިނަ ފަރާތުގެ ނަމުގައި އަންދާސީ ހިސާބު ހުށައެއްނޭޅޭނެއެވެ. ވިޔަފާރީ ރަޖިސްޓްރީކޮށްފައިވާ ފަރާތްނޫން އެހެންފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާނަމަ އެފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު ޖަހާފައިވާ ސިޓީއަކާއިއެކު އެ ތަނުގެ ރަޖިސްޓްރީގެ ކޮޕީ (މުއްދަތު ހަމަނުވާ) ހުށަހަޅަންވާނެއެވެ. ގަޑި ޖެހުމުގެ ކުރިން ނުވަތަ ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި މައުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ޖުމާދަލްއާޚިރާ 1438

02 މާރިޗު 2017
ހޯދާ