މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އައިޓީ އެގްޒެކެޓިވް

ވަޒީފާގެ ފުރުޞަތު 

މަޤާމް :

އައިޓީ އެގްޒެކެޓިވް

ބޭނުންވާ އަދަދު:

1 ( އެކެއް )

މުސާރައާއި އެލަވަންސް:

 

  1. މުސާރަ: މަހަކު -/10،500 ރުފިޔާ ( ދިހަ ހާސް ފައްސަތޭކަ ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/4،500 ރުފިޔާ ( ހަތަރު ހާސް ފައްސަތޭކަ ރުފިޔާ)
  3. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މަޤާމްގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް

 

  • ކުންފުނިން ބޭނުންކުރާ ކޮމްޕިއުޓަރުތަކާއި ސޮފްޓްވެއަރތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުން
  • ފަޔަރވޯލް އަށާއި ސާވަރތަކަށް ބޭނުންވާ ކޮންފިގަރޭޝަންތައް ހަދާ ބެލެހެއްޓުން
  • ކުންފުނީގެ ވެބްސައިޓްތަކާއި އެޕްތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުން
  • އައިޓީ އިންފްރަސްޓްރަކްޗަރ ޑިވެލޮޕްކުރުމަށް ކުރަންޖެހޭކަންކަން ކުރުމާއި މެއިންޓެނަންސް ބެލެހެއްޓުން
  • އައިޓީއާއި ގުޅުންހުރި އެންމެހާ ވަސީލަތްތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން، އެމް.ކިއު.އޭ ގަބޫލު ކުރާ އިންސްޓިޓިއުޓްއެއްގައި ޑިގްރީ ހާސިލްކޮށްފައިވުން.
  • އިންފޮރމޭޝަން ޓެކްނޮލަޖީގެ ރޮނގުން ތަޖުރިބާ ލިބިފައި ހުރުމާއެކު، ޑޭޓާ ބޭސް މެނޭޖްކުރުމާޢި، މައިކްރޯސޮފްޓްގެ ސޮފްޓްވެއަރތައް ބޭނުން ކުރަން އެނގުމައި ލޭން އަދި ވޭން ނެޓްވާރކް ބެލެހެއްޓޭފަދަ ފަރާތަކަށްވުން.
  • ސިސްޓަމް ސެކިއުރިޓީއާއި ނެޓްވާރކް ސެކިއުރިޓީ ބެލެހެއްޓޭނެފަދަ ފަރާތަކަށްވުން.
  • ކަންކަމުގައި އަމިއްލަ އަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުމާއެކު ނުރަސްމީ ގަޑިތަކުގައާއި ދިމާވާ ކުއްލި ހާލަތްތަކުގައި މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
  • ޓީމެއްގެ ގޮތުގައި އެހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
  • ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކުކަމުގައި ނުވުން.  

ހުށަހަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިއުލާން ނަންބަރާއެކު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
  • ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
  • ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ. )

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްރަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2017 މާރިޗު 09 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 03 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެވެ.

އިންޓަވިއު:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުޅަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ސިޓީ އެޑްރެސްކުރާނެ ގޮތް:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހި ރާއްޖެ

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ، 3009273 ނަންބަރު ފޯނަށް ނުވަތަ 3009272 ނަންބަރު ފޯނަށް ނުވަތަ 300271 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.

                             03 ޖުމާދަލްއާޚިރު 1438

                             02 މާރިޗު 2017

02 މާރިޗު 2017
ހޯދާ