މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ދުނިޔޭގެ ފެނުގެ ދުވަހުގެ ފޮޓޯގްރަފީ މުބާރާތް 2017

އިޢުލާން

ދުނިޔޭގެ ފެނުގެ ދުވަހުގެ ފޮޓޯގްރަފީ މުބާރާތް 2017

 

މިއަހަރުގެ ފެނުގެ ދުވަހާ ގުޅިގެން " ވޯޓަރ ފޯރ އައިލެންޑްސް " ގެ ނަމުގައި ފޮޓޯ ނެގުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖެފް) އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގުޅިގެން ފެނާއި ގުޅޭގޮތުން ޒުވާނުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ހެޔޮގޮތުގައި ފެން ބޭނުންކުރުމާއި ގުޅޭގޮތުން ފޮޓޯގެ ޒަރީޢާއިން ޚިޔާލު ފާޅުކުރުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތަކެވެ. މި މުބާރާތް ހުޅުވާލާފައި ވަނީ އުމުރުން 18 އަހަރާއި 32 އަހަރާއި ދެމެދުގެ މީހުންނަށެވެ.

 

ފޮޓޯ ހުށަހަޅާނެ ކެޓެގަރީތައް:

ފޮޓޯ ހުށައަޅާނެ މައިގަނޑު ކެޓެގަރީއަކީ " ވޯޓަރ ފޯރ އައިލެންޑްސް " އެވެ. މިމައިގަނޑު ކެޓަގަރީގެ ދަށުން ވަކިވަކި ތީމު ބޭނުންކުރެވިދާނެއެވެ. މިސާލަކަށް ހެޔޮގޮތުގައި ފެން ބޭނުންކުރުން، ދެމެހެއްޓެނިވި ގޮތުގައި ފެނުގެ ވަޞީލަތް ބޭނުންކުރުން ފަދަ ތީމުތަކަށް ފޮޓޯ ނެގިދާނެއެވެ.

 

އިންސާފުކުރުން:

މިމުބާރާތުގައި ބައިވެރިކުރެވޭ ފޮޓޯތަކުގެ ތެރެއިން ވަނަވަނައަށް އަންނަ ފަރާތްތަކަށް މިމިނިސްޓްރީގެ ފަރާތުން އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިކުރާ ފޮޓޯތައް އިންސާފުކުރުމަށް ހަމަޖެހިފައިވަނީ 3 ޖަޖުން ހިމެނޭ ޖަޖުންގެ ޕެނަލަކުންނެވެ. މިމުބާރާތަކީ ޖެފްއިން ރީޖަނަލް ލެވެލްއެއްގައި ބާއްވާ މުބާރާތަކަށްވުމާއެކު ޤައުމީ ފެންވަރުގައި ބާއްވާ މިމުބާރާތުން އެއް ވަނަ އަދި ދެވަނަ އަށް އަންނަ ފަރާތުގެ ފޮޓޯ، ރީޖަނަލް މުބާރާތުގައި ބައިވެރި ކުރެވޭނެއެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރ މަހު ސްވިޑެންގައި އޮންނަ ސްޓޮކްހޮމް ވޯލްޑް ވޯޓަރ ވީކްގައި ބައިވެރިވުމުގެ ފުރުސަތުވެސް މިދެ ފަރާތައް ލިބިގެންދާނެއެވެ.                                                                  

 

އިނާމު ކަނޑައެޅިފައިވާ ގޮތް:

1 ވަނަ އަށް އަންނަ ފަރާތަކަށް : ޑިޖިޓަލް ކެމެރާ

2 ވަނަ އަށް އަންނަ ފަރާތަކަށް : 5500 ރުފިޔާ

3 ވަނަ އަށް އަންނަ ފަރާތަކަށް : 3000 ރުފިޔާ

 

ފޮޓޯ ހުށަހަޅަން ވީ ގޮތް:

 މިމުބާރާތުގައި ބައިވެރިވުމަށާއި ފޮޓޯ ހުށަހެޅުމަށް " http://aio-iwrm.org/contest " މި ލިންކަން ވަންނާށެވެ. 

 މިމުބާރާތާ ބެހޭ ޤަވާއިދު އެންވަޔަރަންމަންޓް މިނިސްޓްރީގެ ވެބްސައިޓް "www.environment.gov.mv" ގައި ޝާޢިއު ކުރެވިފައި ހުންނާނެއެވެ.

 

މިމުބާރާތަށް ހުށަހަޅާ ފޮޓޯތައް ބަލައިގަނެވޭނެ އެންމެ ފަހު ތާރީޚަކީ 2017 ވަނަ އަހަރުގެ މާރިޗް 20 ވާ ހޯމަދުވަހުގެ ރޭގަނޑު 22:00 ގެކުރިންނެވެ.

 

02 މާރިޗް 2017

02 މާރިޗު 2017
ހޯދާ