ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

         ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މިރަށުގައި ހެދުމަށް ހަމަޖެހިފައިވާ އައު އިންޖީނުގެއަށް ދޫކުރެވިފައިވާ ބިމުގައި (އިރުމަތީ ކޮޅު ޓޮޕާޒް ގޯތީގެ އުތުރުން ފުޓްސަލް ދަނޑު އެޅުމަށް ހަމަޖެހިފައިވާ ބިމުގެ އިރުން) ހުދުކުލައިގެ ދަވާދުން ނަންބަރުޖަހާފައިވާ ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

         ވީމާ، މި ރުއްގަހުގެ ވެރިފަރާތްތަކުން، މި އިދާރާއިން ޖަހާފައިވާ ނަންބަރާއި، ވެރިފަރާތުގެ ނަމާއި އެޑްރެސް އަދި ރުކުގެ މޮޅު/ ދެރަ ބަޔާންކުރައްވާ، 2017 މާރިޗް 9 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން ލިޔުމަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ހުށަނާޅުއްވާ ރުއްގަސް އެއީ ރައްޔިތު ރުއްގަހުގެ ގޮތުގައި ބަލާ ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.

         މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 މާރިޗު 2017
ހޯދާ