އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - ހައުސްކީޕަރ

ވަޒީފާގެ ފުރުޞަތު

ނަންބަރު: I1C/2017/01

ތާރީޚް:

1 މާރިޗު 2017

2 ޖުމާދަލް އާޚިރާ 1438

މަޤާމް:

ހައުސްކީޕަރ

ރޭންކް:

އެސް. އެސް 1

ޢަދަދު:

01 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން:

އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ މެޖިސްޓްރޭޓް ކޯޓު

އަސާސީ މުސާރަ:

-/3100 (ތިންހާސް އެއްސަތޭކަ) ރުފިޔާ

މިމަޤާމަށްލިބޭ އެލަވަންސް:

  • ސަރވިސް އެލަވަންސް: -/1000 (އެއްހާސް ރުފިޔާ)،
  • ލިވިންގ އެލަވަންސް: -/2550 (ދެހާސް ދުއިސައްތަ ފަންސާސް ރުފިޔާ)، 
  • ޖުޑީޝަލް އެލަވަންސް މުސާރައިގެ %20،
  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތު ކޮށްދިނުން.

މަޤާމްގެ މައިގަނޑު މަސްޢޫލިއްޔަތު:

ކޯޓުގެ ޢިމާރާތާއި ގޯތިތެރެ ކުނިކަހައި ފޮޅާ ސާފުކުރުމާއި، ކޯޓުން އެކިފަރާތްތަކަށް ރައްދުކޮށްދޭންޖެހޭ ލިޔެކިއުން ރައްދުކުރުން، އަދި ކޯޓަށް ގެންނަންޖެހޭ ތަކެތި ގެނެސްދިނުން.

ހުށަހަޅަންޖެހޭ ތަކެތި:

1- ފުރިހަމަކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް.

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލުގެ ކޮޕީ)

4- ސްކޫލް ލީވިންގސެޓްފިކެޓްގެ ފޮޓޯކޮޕީ ނުވަތަ ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓް (އަޞްލާއެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ޤާނޫނީވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަޞްލުގެ ކޮޕީ)

5- އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލުގެ ކޮޕީ)

ސުންގަޑި:

12 މާރިޗު 2017 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރަންޖެހޭ ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް މިކޯޓުންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، އެޕްލިކޭޝަންފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް، މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު ގެންނެވުމަށް ދެންނެވީމެވެ.

މަޤާމަށް މީހުންހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭފަދަ ޞިއްޙީ ޙާލަތެއްގައިހުރި ފަރާތަކަށްވުން.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި، ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
01 މާރިޗު 2017
ހޯދާ