މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބިދޭސީ އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ އިނގިރޭސި ބަހުގެ ފެންވަރު ވަޒަންކުރުމަށް ދެވޭ އިމްތިޙާން

                     އިޢުލާން

 

ބިދޭސީ އެލައިޑް ހެލްތު ޕްރޮފެޝަނަލުންގެ އިނގިރޭސި ބަހުގެ ފެންވަރު ވަޒަންކުރުމަށް ދެވޭ އިމްތިޙާން

            މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީވުމަށް އެދި ހުށައަޅާ ބިދޭސީ ފަރާތްތަކުގެ އިނގިރޭސި ބަހުގެ ފެންވަރު ބަލަމުންގެންދަނީ IELTS 5.5 ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިޙާނަކުން ފާސްވުމުން ނުވަތަ ލެބޯރޓަރީ އަދި ފާރމަސީ ޕްރޮފެޝަނަލެއް ނަމަ ކައުންސިލްއިންދޭ އިންޓަވިއު އަކުން ފާސްވުމުންނެވެ.

           މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީ ވުމަށް އެދި ހުށައަޅާ ފަރާތްތަކުން IELTS ގެ އިތުރުން އިނގިރޭސި ފެންވަރު ވަޒަންކުރުމުގެ އިމްތިޙާނެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބާއްވާ އިނގިރޭސި ބަހުގެ އެންޓްރެންސް އިމްތިޙާނު ބަލައިގަންނަކަން އާންމުކޮށް އިޢުލާން ކުރީމެވެ.ޤައުމީ ޔުނިވަރސިޓީއިން ހިންގާ އިނގިރޭސި ބަހުގެ އިމްތިޙާނަކީ ކޮންމެ މަހަކު އެ ޔުނިވަރސިޓީގެ ފަރާތުން ބާއްވާ އިމްތިޙާނެކެވެ.

          މިގޮތަށް ހަމަޖެހުމާއި ގުޅިގެން މިހާރު މިކައުންސިލްއިން ފާރމަސީ އަދި ލެބޯރޓްރީ ދާއިރާގެ ބިދޭސީ އެޕްލިކަންޓުންނަށް ހިންގާ އިނގިރޭސި ބަހުގެ ފެންވަރު ވަޒަންކުރުމުގެ އިންޓަރވިއު މިއަހަރުގެ 30 މާރިޗު ފަހުން ކުރިއަށް ނުގެންދާ ގޮތަށް ނިންމައިފިކަންވެސް އިޢުލާންކުރީމެވެ.                                                              

02 ޖުމާދަލްއާޚިރާ 1438       

 

 

01 މާރިޗު 2017
ހޯދާ