ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސް.ޓީ.އޯ ގެ ބޭނުމަށް ސެކަންޑް ހޭންޑް ވެހިކަލެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެ.

އިޢުލާން

އެސް.ޓީ.އޯ ގެ ބޭނުމަށް ސެކަންޑް ހޭންޑް ވެހިކަލެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެ.

މި ކުންފުނީގެ ބޭނުމަށް ގަންނަން ހަމަޖެހިފައިވާ ސެކަންޑް ހޭންޑް ވެހިކަލެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނަށް 60-އޭޑީއެމް/30/2017 އެކަށީގެންވާ އިޖާބައެއް ލިބިފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

މަސައްކަތް: މި ކުންފުނިން ދޭ މަޢުލޫމާތާއި ސްޕެސިފިކޭޝަނާ އެއްގޮތަށް 1 ވެހިކަލް ސަޕްލައި ކޮށްދިނުން

       ބާވަތް: ޑީސަލް ޕިކަޕް

       މޮޑެލް: ޓޮޔޯޓާ، ނިސާން، އިސުޒު ނުވަތަ މިޓްސުބިޝީ

       ޓަނޭޖް: 2 ޓަނު ނުވަތަ 2.5 ޓަނު

       އިންސްޕެކްޝަން: ބީލަން ހުށަހަޅައިގެން ހޮވޭ ފަރާތުން 07 ދުވަހުގެ ތެރޭގައި އިންސްޕެކްޓް ކުރުމަށްޓަކައި ވެހިކަލް ފޯރުކޮށްދޭން ވާނެއެވެ.

މަސައްކަތުގެވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީކުރުމާއި މަޢުލޫމާތު ސާފުކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2017 މާރިޗު 06 ވަނަ ދުވަހުގެ 1130 އަށް އެސް.ޓީ.އޯގެ ހެޑު އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވައި މަޢުލޫމާތު ސާފުކުރައްވަންވާނެއެވެ.

ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2017 މާރިޗު 14 ވަނަ ދުވަހުގެ 1400 ގައި އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅުއްވާ ބީލަން ކަރުދާސްތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު:   3344196، 3344321

ފެކްސްް:  3344633

އީމެއިލް: [email protected]

               28 ފެބުރުވަރީ 2017

28 ފެބުރުވަރީ 2017
ހޯދާ