މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ރަސްމާދޫ ޕްރީސްކޫލަށް މަސައްކަތު މުވައްޒަފަކު ހޯދުމަށް

އިއުލާން

މި ކައުންސިލްގެ ޢިއުލާން ނަންބަރު:15/2017/306/306 ( (IUL(14 ފެބްރުއަރީ 2017) ގެ އިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމް :  މަސައްކަތު

ބޭނުންވާ ޢަދަދު : 01

މުސާރަ : 1000 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ވަގުތު : 2 ގަޑިއިރު

ސަރވިސް އެލަވަންސް: 70 ރުފިޔާ

މަސައްކަތްކުރުމަށްހަމަޖެހިފައިވާތަން : ރ.ރަސްމާދޫ ޕްރީސްކޫލް

ޔުނިޓް : ކޯޕަރޭޓިވް އެފެއާރޒް

މަޤަމުގެ ގިންތި : ވަގުތީ

މަޤާމުގެ އަސާސީ ޝާރުޠު

  1. ލިޔަންކިޔަން ދަތުމާއިއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު ނުވަތަ ޤާބިލުކަން ސާބިތުކޮށްދިނުން

-----------------------------------------------------------------------------------------

 މަޤާމުގެ މަސްއޫލިއްޔަތު :

1-      ޕްރީސްކޫލް ގަޑިތައް ފެށުމުގެ ކުރިން ކްލާސް ރޫމްތައް، ސާފުކޮށް ތައްޔާރުކުރުން

2-      ޕްރީސްކޫލްގެ ފަރުނީޗަރާއި ، މެސިނަރީތައް ފޮޅާ ސާފުކުރުން .

3-      ޕްރީސްކޫލް ކްލާސްތަކުގެ ދަރިވަރުން ފާހާނާއަށް ގެންގޮސް ގެނައުން

4-      ޕްރީސްކޫލްގެ ބަގީޗާއާއި ގަސްތަކަށް ފެންދީ ބެލެހެއްޓުން .

5-      ޕްރީސްކޫލްގެ ގޯތިތެރެއާއި ގޯތި ހިމެނޭ ސަރަހައްދު ނޮޅައި ކުނިކަހާ ސަފުކޮށް ބެލެހެއްޓުން .

6-      ޕްރީސްކޫލްގެ ގޯތިތެރެއާއި ގޯތި ހިމެނޭ ސަރަހައްދުގެ ހިރަފުސް ބޯވިޔަނުދީ ފެންޖަހާ ބެލެހެއްޓުން.

7-      މީގެ އިތުރުންވެސް ވަޒީފާ އާއިގުޅިގެން ޙަވާލުކުރެވޭ މަސައްކަތް  ފަރުވާތެރިކަމާއެކު ކުރުން.

 

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް

  1. ތައުލީމާއި ތަމްރީނު
  2. މަސައްކަތުގެ ތަޖުރިބާ

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް : 08 މާރޗް 2017 ވާ (ބުދަ) ދުވަހުގެ މެންދުރުފަހު  13:45 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާއަށް

މި މަޤާމަށް އެދިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ދެވޭ  އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި 24 ގަޑިއިރު ކުރިން އަންގަމުންދެވޭނެއެވެ.

އުޖޫރައާއި ޢިނާޔަތް ތައް : ސިވިލްސަރވިސް ގަވާއިދުގައި ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރު ގަޑީގެ ފައިސާއާއި ވަޒީފާއާއި ގުޅިގެންދެވޭ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

މަޤާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސް ދެވޭނެއެވެ.

ހުށައަޅަންޖެހޭ ލިއުންތައް :

1 - ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމު ރަސްމާދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާއެވެ. )

2- ތަޢުލީމީސެޓްފިކެޓްތަކުގެ ކޮޕީ

3– ސަރުކާރުގެ ނުވަތަ ސިވިލްސަރވިސް އަށް ޚިދުމަތް ކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ ރަސްމާދޫ ކައުންސިލްގެ އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން .

4 – ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަޝްއޫލިއްޔަތު އެނގޭނެ ރަސްމީލިއުމެއް.

5 – ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުން ސާފު ކޮޕީ

6 – ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެހާއެކު )

         ފޯމާއެކު ހުށައަޅަންޖެހޭ ތަކެތި ހުށައަޅާފައިނުވާ ފޯމުތަކާއި ސުންގަޑީގެ ފަހުން ހުށައެޅޭ ފޯމުތައްވެސް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރުމައުލޫމާތު:   ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަނާއެކު ހުށަހަޅުއްވާ ލިޔުންތަކުގެ އަސްލު އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ގެންނަންވާނެއެވެ. މި ލިޔުންތައް އެޕްލިކޭޝަނާއެކު ހުށަހެޅުއްވި ތަކެތީގެ ސައްޙަކަން ކަށަވަރުކުރުމަށްފަހު އަނބުރާ ޙަވާލުކުރެވޭނެއެވެ.

 

    މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިކައުންސިލްގެ ނަމްބަރ 6580049 ނަމްބަރ ފޯނާއެވެ.

         މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.              

     28 ފެބްރުއަރީ 2017 

28 ފެބުރުވަރީ 2017
ހޯދާ