ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
މެކޭނިކަލް އެސިސްޓެންޓެއް ބޭނުންވެއްޖެ

މަޤާމް :މެކޭނިކަލް އެސިސްޓެންޓް
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައި މިވާ މަޤާމްއަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް: މެކޭނިކަލް އެސިސްޓެންޓް

ބޭނުންވާ އަދަދު: 01 (އެކެއް)

އަސާސީ މުސާރަ: މަހަކު -/4690 ރުފިޔާ

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރު ދުވަސް)

މަސައްކަތް ކުރަންޖެހޭތަން:  އެސްޓީއޯ ވެހިކަލް ގަރާޖު

އެހެނިހެން އިނާޔަތްތައް:

  • އިތުރު އެލަވަންސް: މަހަކު -/2000 ރުފިޔާއާއި -/2500 ރުފިޔާއާ ދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށްބަލައި ހަމަޖައްސައި ދެވޭނެއެވެ.
  • އިތުރުގަޑީގައްޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕެންޝަން ސްކީމުގައި ބައިވެރިކުރެވޭނެއެވެ.  
  • ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމުގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމްމުގެ މަސްއޫލިއްޔަތު

  • ވެހިކަލްތައް ބަލައި ތަހުލީލުކޮށް މަރާމާތުކުރުމާއި ވެހިކަލްތަކުގެ މެއިންޓެނަންސްކުރުން
  • އެސްޓީއޯގެ މެޝިނަރީ އާއި އެކަމާ ގުޅުންހުރި ވަސީލަތްތައް މަރާމާތުކޮށް މެއިންޓެނަންސްކުރުން
  • އެސްޓީއޯގެ ޕްރޮޖެކްޓުތަކުގެ މަސައްކަތްތައް ކުރުން                                                                

ޝަރުތު:

  • މަސައްކަތާ ގުޅުންހުރި ދާއިރާއަކުން އެޑްވާންސް ލެވެލްގެ ކޯހެއް ފުރިހަމަ ކޮށްފައިވުން ނުވަތަ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި މީހެއް ކަމުގައިވުން

ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2017 މާރިޗު 06 ވަނަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ.
  • އެޕްލިކޭޝަން ފޯމު މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.

ނޯޓް:

  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264 ވެބްސައިޓް: www.sto.mv އީމެއިލް: [email protected]

 27 ފެބުރުވަރީ 2017

27 ފެބުރުވަރީ 2017
ހޯދާ