އިޢުލާން
ވަޒީފާގެ ފުރުޞަތު:
ތިރީގައި މިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: އެސިސްޓެންޓް އޮފިސަރ
ބޭނުންވާ އަދަދު: 01 (އެކެއް)
އަސާސީ މުސާރަ: މަހަކު -/3380 ރުފިޔާ
ވަޒީފާގެ ބާވަތް: ކޮންޓުރެކްޓް (1 އަހަރު ދުވަސް)
މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ވެހިކަލް ގަރާޖު
އެހެނިހެން ޢިނާޔަތްތައް:
- އިތުރު އެލަވަންސް: މަހަކު -/2000 ރުފިޔާއާއި -/2500 ރުފިޔާއާ ދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށްބަލައި ހަމަޖައްސައި ދެވޭނެއެވެ.
- އިތުރުގަޑީގައްޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޕެންޝަން ސްކީމުގައި ބައިވެރިކުރެވޭނެއެވެ.
- ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމުގައި ބައިވެރި ކުރެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު
- އޮފީސް ރިޕޯޓުތައް ތައްޔާރުކުރުން އަދި ލިޔެކިޔުންތައް ބެލެހެއްޓުން
- އިންވެންޓްރީ ބެލެހެއްޓުން
- މުދާ ދޫކުރުމާއި ބަލައިގަތުން
- އެހެނިހެން އެޑްމިނިސްޓްރޭޓިވް މަސައްކަތް ކުރުން
ޝަރުތު:
- ޖީސީއީ އޯލެވެލް ފުރިހަމަ ކޮށްފައިވުން ނުވަތަ އެއަަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން
- މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުން ކުރަން އެނގުން
ސުންގަޑި:
- މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2017 މާރިޗު 06 ވަނަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ.
- އެޕްލިކޭޝަން ފޯމު މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.
ނޯޓް:
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
- މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344264 ވެބްސައިޓް: www.sto.mv އީމެއިލް: [email protected]
27 ފެބުރުވަރީ 2017
|