ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސް.ޓީ.އޯ ސޭލްސް މުވައްޒަފުންނާއި ސެކިއުރިޓީންނަށް ބޭނުންވާ ޔުނީފޯމު ޑިޒައިންކޮށް، ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

އެސް.ޓީ.އޯ ސޭލްސް މުވައްޒަފުންނާއި ސެކިއުރިޓީންނަށް ބޭނުންވާ ޔުނީފޯމު ޑިޒައިންކޮށް، ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އެސް.ޓީ.އޯ ސޭލްސް މުވައްޒަފުންނާއި ސެކިއުރިޓީންނަށް ބޭނުންވާ ޔުނީފޯމް ޑިޒައިންކޮށް، ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މަސައްކަތް: އެސް.ޓީ.އޯ ސޭލްސް މުވައްޒަފުންނާއި ސެކިއުރިޓީންނަށް ބޭނުންވާ ޔުނީފޯމު ޑިޒައިން ކޮށްދިނުމާއި ޔުނީފޯމު ފޮތި ފޯރުކޮށްދީ ފަހައިދިނުން

މަސައްކަތުގެވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ

ރަޖިސްޓަރީކުރުންރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2017 މާރިޗު 05 ވާ ދުވަހު 1000 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ. 

ބީލަންކަރުދާސްދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2017 މާރިޗު 05 ވާ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ. 

މަޢުލޫމާތުދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2017 މާރިޗު 06 ވަނަ ދުވަހުގެ 1400 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑް އޮފީހުގައި އޮންނާނެއެވެ. 

ސުވާލާއިޖަވާބުރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2017 މާރިޗު 11 ވަނަ ދުވަހުގެ 1000  ގެ ކުރިން އީމެއިލުން ފޮނުއްވަންވާނެއެވެ. އަދި 2017 މާރިޗު 13 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ. 

ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2017 މާރިޗު 19 ވަނަ ދުވަހު 1400 ގައި އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ. 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު: 3344180، 3344196

ފެކުސް: 3344633

އީމެއިލް: [email protected]

27 ފެބުރުވަރީ 2017

27 ފެބުރުވަރީ 2017
ހޯދާ