މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު މީހަކު ބޭނުންވެއްޖެ

އިޢުލާން 

މަޤާމު:

މަސައްކަތު

މަޤާމުގެ ރޭންކާއި

ކްލެސިފިކޭޝަން:

އެސް.އެސް. 1 ، ސަޕޯޓް ސްޓާފް ގްރޭޑް 1

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ށ. މިލަންދޫ ކައުންސިލްގެ އިދާރާ

މުސާރަ:

3100.00 ރުފިޔާ

ސަރވިސް އެލަވަންސް:

1000.00 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

ގިންތި:

ދާއިމީ

މަޤާމުގެ މަސްއޫލިއްޔަތާއި ވާކިބުތައް:

1. ކައުންސިލް އިދާރާގެ އެތެރެ ކުނިކަހައި، ފޮޅައި ސާފުކޮށް މޮއްޕުލުން،

2. ކައުންސިލް އިދާރާގެ ދޮރުފަތްތަކާއި، ދޮރުދާރަތަކާއި ފެންލައިޓްތައް އަދި ބިއްލޫރި ޖަހާފައިވާ ތަންތަނުގެ ބިއްލޫރިތައް ފޮހެ ސާފުކޮށް ބެލެހެއްޓުން،

3. ކައުންސިލް އިދާރާގެ ގޯތިތެރެ އާއި މަގުފަޅިތަކުގެ ވިނަނޮޅައި، ކުނިކަހައި ސާފުކޮށް ބެލެހެއްޓުން،

4. ކައުންސިލް އިދާރާގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން،

5. ކައުންސިލް އިދާރާގެ ގޮނޑި މޭޒުތަކުން ހިރަފުސް ފޮޅައި، ފެންފޮތިލައި ސާފުކޮށް ބެލެހެއްޓުން،

6. ކައުންސިލް އިދާރާގެ ބަގީޗާތަކާއި، ކޮށައި ބަލަހައްޓަންޖެހޭ ގަސްތައް ކައުންސިލުން އަންގާ ގޮތެއްގެ މަތީން ކޮށައި ބެލެހެއްޓުން،

7. ކައުންސިލް އިދާރާގެ އޭސީތަކާއި އެހެނިހެން މެޝިނަރީޒް އަދި އިކުއިޕްމަންޓްސް ސާފުކޮށް ބެލެހެއްޓުން،

8. ކައުންސިލް އިދާރާއިން އަދި އިދާރާ ބައިވެރިވެގެން ބާއްވާ ބައްދަލުވުންތަކާއި، ޙަފްލާތައް ނުވަތަ ޖަލްސާތަކާއި ސެމިނަރ ނުވަތަ ފޯރަމްތަކަށް ތަން ތައްޔާރުކުމާއި އެކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުން،

9. ކައުންސިލް އިދާރާއިން އެކި ފަރާތްތަކާއި ޙަވާލުކުރަންޖެހޭ ތަކެއްޗާއި ލިޔެކިޔުންތައް ޙަވާލުކުރުމާއި، އަންގަންޖެހޭ އެންގުންތައް އެންގުން،

10. ކައުންސިލް އިދާރާއާއި އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނާއި ތަކެތީގެ ކުދި މަރާމާތުތައް ކުރުން،

11. ކައުންސިލް އިދާރާގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަމާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް،

މަޤާމުގެ ޝަރުތުތައް:

 

 

ލިޔަންކިޔަން ދަތުމާއިއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް:

. ލިބިފައިވާ ތަޢުލީމާއި ތަމްރީން (38%)

. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (14%)

. ލިބިފައިވާ ހުނަރު  އަދި އިންޓަރވިއު (48%)

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (މިފޯމް މިއިދާރާގެ ކައުންޓަރުން ލިބިލައްވާނެ)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން (އެމް.ކިޔު.އޭ) ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ބޭރުގެ ޕްރޮގްރާމުތަކގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެއްވޭނެކަމަށް އެމް،ކިޔު.އޭއިން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސިޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

6. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓް ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒިފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 

 

 

 

 

2017 މާރިޗް 08 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 13:00 ގެ ކުރިން ށ.މިލަންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ.މެއިލް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. (އީމެއިލް: [email protected] އަދި ފެކްސް ނަމްބަރު: 6540064 )

އިންޓަރވިއު އޮންނާނެ ތަނާއި ތާރީޚް:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ލިޔަންކިޔަން އިގޭތޯ ބަލާ އިމްތިހާނުން ފާސްވާ ފަރާތްތަކަށެވެ. މިއިމްތިހާނު  އޮންނާނީ 2017 މާރިޗް 09 ވާ ބުރާސްފަތި ދުވަހު ށ.މިލަންދޫ ކައުންސިލްގެ އިދާރާގައެވެ.

އަދި މަޤާމުގެ އިންޓަރވިއު ކުރިއަށްދާނީ 2017 މާރިޗް 12 ވަނަ ދުވަހުއެވެ.

އުޖޫރައާއި އިނާޔަތްތައް:

އިތުރުގަޑިއާއި ބަންދު ދުވަސްތަކުގެ ފައިސާ އަދި އެހެނިހެން އިނާޔަތްތައް ހަމަޖެހޭނެއެވެ.

 

           މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540063 ނަމްބަރު ފޯނާއެވެ. ފެކްސް ނަމްބަރަކީ 6540064 އެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.

                         28 ފެބްރުއަރީ 2017

28 ފެބުރުވަރީ 2017
ހޯދާ