އިޢުލާން
ވަޒީފާގެ ފުރުޞަތު:
ތިރީގައި މިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: ފާމަސިސްޓް / ސޭލްސް ރެޕްރެޒެންޓޭޓިވް (2 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް )
ބޭނުންވާ އަދަދު:1 (އެކެއް)
އަސާސީ މުސާރަ: މަހަކު -/4350 ރުފިޔާ
މަސައްކަތް ކުރަންޖެހޭތަން: ރ.އުނގޫފާރު އެސްޓީއޯ ފާމަސީ
އެހެނިހެން އިނާޔަތްތައް:
- އިތުރު އެލަވަންސް: މަހަކު -/1500 ރުފިޔާއާއި -/2450 ރުފިޔާއާ ދެމެދުގެ އަދަދެއް ވަޒީފާގެ މަސްއޫލިއްޔަތާއި ގުޅޭގޮތުން ހަމަޖައްސައިދެވޭނެ
- އިތުރުގަޑީގައްޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
- ޕެންޝަން
- ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
- މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)
މަޤާމުގެ މަސްއޫލިއްޔަތު
- ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދިނުން
- ބޭހުގެ ތަފްސީލް އަދި ބޭސް ބޭނުންކުރާނެ ގޮތް ކިޔާދިނުމަށްފަހު ބޭސް ދޫކުރުން
- ހަރުތަކުގައި ބޭސް އެތުރުން
- ޑިޕާރޓްމަންޓްގެ ޤަވައިދުތަކާއި އެއްގޮތަށް ފާމަސީގެ ލިޔެކިޔުންތައް ތައްޔާރުކުރުން
- މުއްދަތުހަމަވާ ބޭސްތައް ބަލައި ރިޕޯޓު ތައްޔާރުކުރުން
ތަޢުލީމާއި ތަޖުރިބާ:
- އެޑްވާންސް ސެޓްފިކެޓް އިން ފާމަސީ ނުވަތަ ޑިޕްލޮމާ އިން ފާމަސީ ކޯސް ފުރިހަމަކޮށްފައިވުން
- ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން
- ކޮމްޕިއުޓަރ ސްކިލްސް (ވޯޑް އަދި އެކްސެލް)
އެހެނިހެން ހުނަރު:
- ދަތުރު ކުރެވޭނެ މީހެއްކަމުގައިވުން
- މުޢާމަލާތު ކުރުމުގެ ހުނަރު ހުރުން
ސުންގަޑި:
- މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2017 މާރިޗު 05 ވަނަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ.
- އެޕްލިކޭޝަން ފޯމު މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.
ނޯޓް:
އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާއާއި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ.
ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: /33443683344179 ފެކްސް: 3344041 އީމެއިލް: [email protected]
26 ފެބުރުވަރީ 2017
|