ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އޮޑިޓަރުން ބޭނުންވެއްޖެ

މަޤާމް :އޮޑިޓަރ
ބޭނުންވާ އަދަދު :3

 އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައި މިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު: އޮޑިޓަރ

ބޭނުންވާ އަދަދު: 03

މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ އިންޓާރނަލް އޮޑިޓް ޑިޕާޓްމަންޓް

މާޤާމާ މުސާރަ ކަނޑައެޅުމުގައި ލިބިފައިވާ ތައުލީމީ ސަރޓިފިކެޓް ތަކަށާއި މަސައްކަތު ތަޖުރިބާއަށް ބެލެވޭނެ 

އެހެނިހެން ޢިނާޔަތްތައް:

  • އިތުރު އެލަވަންސް: މަހަކު -/2500 ރުފިޔާއާއި -/5000 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • އިތުރުގަޑީގައްޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • ޕެންޝަން
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
  • މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

މަޤާމުގެ މަސްއޫލިއްޔަތު:

  • އެނުއަލް އޮޑިޓް ޕްލޭންގެ ދަށުން އިންޓާނަލް އޮޑިޓްތައްރާވައި ހިންގުން.
  • ޚާއްސަ އޮޑިޓްތައް ހިންގުން
  • އޮޑިޓް ރިޕޯޓް ތައްޔާރުކޮށް މެނޭޖަރ އަދި ޗީފް އިންޓާނަލް އޮޑިޓަރަށް ޕްރެޒެންޓް ކުރުން
  • އޮޑިޓް ޑިޕާރޓްމަންޓްގެ އިދާރީ މަސައްކަތްތައްް ކުރުން

ތަޢުލީމާއި ތަޖުރިބާ:

  • އޭސީސީއޭ ސްކިލްސް (ލެވެލް 2) ފުރިހަމަކޮށްފައިވުން ނުވަތަ ސީ.އައި.އެމް.އޭ ގެ މެނޭޖްމަންޓް ލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ އެއާ އެއްފެންވަރުގެ އެކައުންޓިންގ / ފައިނޭންސްދާއިރާއިން ޑިގްރީ ނުވަތަ އެޑްވާންސްޑް ޑިޕްލޮމާއެއް ހާސިލްކޮށްފައިވުން.
  • މައިކްރޯސޮފްޓް އޮފީސް ޕެކޭޖު ބޭނުންކުރަން އެގުން. 
  • އޮޑިޓް ނުވަތަ އެކައުންޓިންގ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 މާރިޗު 07 ވާ އަންގާރަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ.
  • އެޕްލިކޭޝަން ފޯމު މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.

ނޯޓް:

  • ހުށަހަޅުއްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.
  • މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތު ތަޖުރިބާއާއި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސްލިބޭ ފަރާތެކެވެ.
  • މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކަށް ބަލާފައެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑް އޮފީސް

20345 ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ

ފޯން: 3344261  ވެބްސައިޓް: www.sto.mv

26 ފެބުރުވަރީ 2017

26 ފެބުރުވަރީ 2017
ހޯދާ