ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން

ނަންބަރު IUL)400/INDIV/2017/8)

އަންދާސީ ހިސާބު ބޭނުންވެއްޖެ

މިއިދާރާގެ ނަންބަރު IUL)400/INDIV/2017/6) އިޢުލާން އާއި ގުޅިގެން މައުލޫމާތު ސާފުކުރަން މިއިދާރާއަށް ވަޑައިގެންނެވި ބޭފުޅުންގެ އަދަދު މަދުކަމުން، އެ އިޢުލާން ބާތިލް ކޮށް ، ހިނަވާގެ ގޮތުގައި ލ.މާވަށުގައި ރާނާ ހިޔާކޮށްފައިވާ ޢިމާރާތް ޕްރީސްކޫލަކަށް ބަދަލްކޮއްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިޢިމާރާތާއި ގޯތި މިއިދާރާއިން ބޭނުންވާ ފެންވަރުގެ ޕްރީސްކޫލަކަށް ބަދަލުކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 05 މާރޗް 2017 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 09 މާރޗް 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ  ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

26 ފެބުރުވަރީ 2017
ހޯދާ