ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައްދޫގައި ޤާއިމްކުރެވޭ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު ހޯދުމާއި ބެހޭ

ނަންބަރު: 15/2017 އިޢުލާން ކުޑަކުދިންގެ ޕާރކު ސާމާނު ހޯދުމާއި ބެހޭ ގދ.ގައްދޫ ބަނދަރު ސަރަހައްދުން އޮތް ހުސްބިމުގައި ތަރައްޤީކުރެވޭ ޕާކުގައި ބަހައްޓާނެ ޕާރކް އައިޓަމް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، ކައުންސިލުން ފޯރުކޮށްދޭ މައުލޫމާތާއި އެއްގޮތަށް ޕާރކު އައިޓަމްސް ހޯދާއިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 މާރިޗު 2017 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އަށް ގައްދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 13 މާރިޗު 2017 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އަށް ގައްދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. ބީލަން ހުށަހަޅާއިރު ކާކުކަން އަންގައިދޭ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީއާއި އެޝަޚުޞެއްގެ ހައިސިއްޔަތު ބަޔާންވާ ރަސްމީ ލިޔުމެއް އަދި ދެންނެވުނު ޝަޚްޞެއްގެ ބަދަލުގައި އަންނަފަރާތަކުން އެކަން އެނގޭނެ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ކުރިމަތިލާ ފަރާތަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. ބުނެވިދިޔަ ފަރާތުގެ ތެރެއިން ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމާއި މަޢުލޫމާތު ސާފުކުރުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ. 27-02-2017 މުޙައްމަދު އަޙްމަދު ކައުންސިލް ރައީސް
27 ފެބުރުވަރީ 2017
ހޯދާ