މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

                 އިޢުލާން ނަންބަރ: 44ADM-HR/MPL/2017/

 

 

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

މިކުންފުނީގެ މާލޭގެ އައުޓުލެޓެއްގެ ބައެއްގައި ފަންގިފިލާ މަރާމާތުކުރުމާއި، ލައިޓިންގ އަދި އެހެނިހެން ބައެއް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު ADMHR-MPL/2017/22 (02 ފެބްރުއަރީ 2017) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ އަގުބޮޑުކަމަށް ފެންނާތީ މި އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

ވީމާ މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 02 މާރިޗް 2017ވާ ބުރާސްފަތި ދުވަހުގެ  14:30އަށް ޕޯސްޓް ބިލްޑިންގ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 07 މާރިޗް 2017 ވާ އަންގާރަ ދުވަހުގެ 14:00އަށް 5ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ހާޟިރުވެ ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.

                   

                      30 ޖުމާދަލްޢޫލާ 1438

                      27 ފެބްރުއަރީ 2017  

27 ފެބުރުވަރީ 2017
ހޯދާ