ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ބޭނުމަށް ލޭންޑިންގް ކްރާފްޓެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

ދިވެހިރާއްޖެ         

                                                                        ނަންބަރު:H-2016/248A

 

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުންނީގެ ބޭނުމަށް ލޭންޑިންގް ކްރާފްޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ކުންފުނީގެ ބޭނުމަށް ލޭންޑިންގް ކްރާފްޓެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރު: H-2016/248 އާއި ގުޅިގެން ދެވިފައިވާ މައުލޫމާތު ބަދަލުވެފައި ވާތީވެ އެއިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ. ވީމާ މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ.

މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ މުއްދަތުގެ ތެރޭގައި 100.00 ޔޫ.އެސް ޑޮލަރު ނުވަތަ 1542.00 ރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، ތިރީގައިވާ ތާވަލުގައިވާ ގަޑިއަށް ސްޓެލްކޯ ހެޑް އޮފީސް އިމާރާތުގެ 2ވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރިއަށް ވަޑައިގެން ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.

ޓެންޑާރގެ ތާވަލް:

 

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުން

2017 ފެބުރުވަރީ 27 އިން 2017 މާރިޗު 09 އަށް

09:00 އިން 15:00 އަށް

ޑޮކިޔުމަންޓް ދޫކުރުން

2017 ފެބުރުވަރީ 27 އިން 2017 މާރިޗު 09 އަށް

09:00 އިން 15:00 އަށް

މަޢުލޫމާތު ދިނުން

2017 މާރިޗު 09 ވާ (ބުރާސްފަތި)

10:00 ގައި

އަގު ހުށަހެޅުން

2017 މާރިޗު 23 ވާ (ބުރާސްފަތި)

11:00 ގައި

 

މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 250,000.00ރ. ރުފިޔާ ނުވަތަ 16,212.71 ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ ބޭންކް ގެރެންޓީ ދީފައިވާ ޗެކެކެވެ. މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 90 (ނުވަދިހަ) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 30 (ތިރީސް) ދުވަސް އިތުރުވާންވާނެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން ތާވަލްގައިވަ ގޮތަށް މަޢުލޫމާތު ދިނުން އަދި އަގު ހުށައެޅުމަށް ސްޓެލްކޯ ހެޑް އޮފީސް އިމާރާތުގެ 2 ވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރިއަށް ވަޑައިގެން ބީލަން ހުށަހެޅުށްވުން ޢެދެމެވެ.

29 ޖުމާދުލްއޫލާ 1438

ނޯޓް:

  • ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338121 / 3338156 / 3338122 ނަންބަރު ފޯނާއެވެ.  އަދި އީމެއިލް ކުރަށްވާނީ [email protected] މި އެޑްރެހަށެވެ.
 

26-02-2017

26 ފެބުރުވަރީ 2017
ހޯދާ