ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މިއެޖެންސީގެ ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ މަޤާމަށް މީހަކު ބޭނުންވެއްްޖެ

މަޤާމް :ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ
ބޭނުންވާ އަދަދު :1

 

                                         (IUL)434-HR/434/2017/8 ނަންބަރު            

 

އިޢުލާނު

 

ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ

މަޤާމް:

257852

މަޤާމުގެ ނަންބަރު:

01 (އެކެއް)

ބޭނުންވާ އަދަދު:

ޓެކްނިކަލް ސަރވިސް

މަޤާމުގެ ގިންތި:

އެމް.އެސް.3

މަޤާމުގެ ރޭންކް:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

އެޑްމިނިސްޓްރޭޝަން ސެކްޝަން (އިންފޮރމޭޝަން ޓެކްނޮލޮޖީ ޔުނިޓް)

ސެކްޝަން:

ނޭޝަނަލް ޑްރަގް އޭޖެންސީ

މަޤާމް އޮތް އޮފީސް:

ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މަހަކު -/7035ރުފިޔާ

މުސާރަ:

މަހަކު -/2000ރުފިޔާ

މަހަކު -/2462.25ރުފިޔާ (އަސާސީ މުސާރައިގެ %35)

ސަރވިސް އެލެވަންސް:

ސްޕެޝަލް ޑިއުޓީ އެލެވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  4. ރިސްކު އެލަވަންސް: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209ގައިވާ ގޮތުގެ މަތީން

 

އިތުރު ޢިނާޔަތްތައް:

  1. އެން.ޑީ.އޭ.އާއި އެން.ޑީ.އޭ.އިން ބަލަހައްޓަމުންގެންދާ ތަންތަނުގެ ކޮމްޕިއުޓަރ ވިއުގަ ބަލަހައްޓާ އަޕްގްރޭޑްތައް ގެނައުން.
  2. އެން.ޑީ.އޭ އާއި އެން.ޑީ.އޭ އިން ބަލަހައްޓަމުންގެންދާ ތަންތަނުގެ ހުރިހާ ސާރވަރތައް ބެލެހެއްޓުމާއި ވެބްސައިޓް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  3. އެން.ސީ.އައި.ޓީ ނެޓްވޯކްގައި އެން.ޑީ.އޭ.ގެ ފަރާތުން އަދާކުރަންޖެހޭ އެޑްމިނިސްޓްރޭޓިވް ރޯލް އަދާކުރުން.
  4. އެން.ޑީ.އޭ.އިން ހިންގާ އައި ޓީ ސޮފްޓްވެއަރސްގެ އެކިއެކި މަޝްރޫޢުތައް ހިންގުން.
  5. އައި.ޓީއާއި ގުޅުންހުރި ތަކެތި ނައްތާލުމުގައި އެޑްމިން ސެކްޝަނަށް ފަންނީ ލަފާދިނުން.
  6. އެން.ސީ.އައި.ޓީ އާއި ގުޅިގެން އެން.ޑީ.އޭ އާއި އެން.ޑީ.އޭ އިން ބަލަހައްޓަމުން ގެންދާ ތަންތަނުގައި އިމްޕްލިމެންޓް ކުރަންޖެހޭ ސޮފްޓްވެއަރތައް އިމްޕްލިމެންޓްކޮށް އެކަންތައް ބެލެހެއްޓުން.
  7. އެން.ޑީ.އޭ އަށް ބޭނުންވާ ޑޭޓާބޭސް ކަމާގުޅޭ ފަރާތްތަކާ ގުޅިގެން ޑިވެލޮޕްކުރުމުގެ ކަންތައް ކުރިއަށް ގެންދިއުން.
  8. އައި.ޓީ ސެކްޝަނުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
  9. މުވައްޒަފުންގެ އެޕްރައިޒަލް ފުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
  10. ސެންޓަރުތަކުގެ އައި.ޓީގެ މަސައްކަތްތައް ހިނގަމުންދާގޮތް ބެލެހެއްޓުން.
  11. ސެންޓަރުތަކުގެ އިންފޮރމޭޝަން ޓެކްނޮލޮޖީގެ މަސައްކަތްތައް ހިނގަމުންދާގޮތް ބެލެހެއްޓުން.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- އިންފޮރމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު، އިންފޮރމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސް ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

2-  އިންފޮރމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކ އިންފޮރމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

3-  އިންފޮރމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ

ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު، އިންފޮރމޭޝަން

 ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

4- އިންފޮރމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސް ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއިއެކު، ގުޅުންހުރި އެހެންދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ ޝަރުޠުތައް:

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ    ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ  ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ 

(ށ)ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

ވަޒީފާއަށް އެދޭ ފޯމު ނޭޝަނަލް ޑްރަގް އޭޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.nda.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 މާރިޗު 2017 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، ނޭޝަނަލް ޑްރަގް އޭޖެންސީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3328184އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

   

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ،  12 މާރޗް  އާއި 12 އޭޕްރީލް 2017 އާ ދެމެދު، ނޭޝަނަލް ޑްރަގް އޭޖެންސީގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3343061 / 3334568 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3328184 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

29  ޖުމާދުލްއޫލާ 1438

26 ފެބްރުވަރީ 2017

އިތުރު މަޢުލޫމާތު ހޯދުން:

 

26 ފެބުރުވަރީ 2017
ހޯދާ