ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ރިސޯސް ސުޕަވައިޒަރެއް ހޯދުމަށް

c

   

 
   

 

 

 

ކީރިތި ޤުރްއާނާބެހޭ މަރްކަޒު

 މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

     މާލެ، 

     ދިވެހިރާއްޖެ.

(IUL)160-A/1/2017/15                                                          ނަންބަރު:                        

 

 

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރްކަޒަށް ރިސޯސް ސްޕަވައިޒަރެއް ހޯދުމަށް ބޭނުންވެއެވެ.

ބޭނުންވާ ޢަދަދު:      1   

ކުރަންޖެހޭ މައިގަނޑު

 މަސައްކަތް:        މަރުކަޒުން ހިންގާ ކޯސްތަކުގެ އެކަޑަމިކް މަސައްކަތްތަކާއި އިދާރީ މަސައްކަތްކުރުން.

 

ޝަރުތު:            ގުޅޭ ދާއިރާއަކުން ލެވަލް 7 ނުވަތަ އެއަށްވުރެއް މަތީ ސެޓްފިކެޓެއް އޮތުމާއިއެކު އަރަބިބަސް ދަންނަ މީހުންނާއިމަތީ ތަޢުލީމުދޭ މަރުކަޒެއްގައި ފަންނީ މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

                   މަރުކަޒުން ބާއްވާ ބަސްދީގަތުމުން ފާސްވުން.

 

އުޖޫރަ:             މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް -/100 ރުފިޔާ

މުއްދަތު:              ކޮންޓްރެކްޓް އުސޫލުން 2 އަހަރު ދުވަހުގެ މުއްދަތަށް، ފުރަތަމަ އެގްރިމެންޓްކުރެވޭނީ 3 މަސް ދުވަހުގެ މުއްދަތަށެވެ. 3 މަސް ހަމަވުމުން ޙާޟިރީއާއި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރު 21 މަސްދުވަހަށް  އިތުރުކުރެވިދާނެއެވެ.

 

 

ވީމާ، މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 01 މާރިޗް 2017 ވާ ބުދަ ދުވަހުގެ 13.30 ގެ ކުރިން ކީރިތި ޤުރްއާނާބެހޭ މަރްކަޒަށް ލިބިވަޑައިގެންފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ ) ކޮޕީއާއި އައިޑީކާޑުގެ ކޮޕީއާއެކު ސިޓީފޮނުއްވުން އެދެމެވެ.

                           25 ޖުމާދަލްއޫލާ 1438 

     22  ފެބްރުއަރީ 2017  

22 ފެބުރުވަރީ 2017
ހޯދާ