ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ތުރުކީ ވިލާތުގެ އިސްތަންބޯލުގައި އޮންނަ ޤުރްއާން މުބާރާތުގައި ބައިވެރިވު

އިޢުލާން

ތުރުކީ ވިލާތުގެ އިސްތަންބުލްގައި އޮންނަ ޤުރްއާން މުބާރާތުގައި ބައިވެރިވުމާބެހޭ

 

2017 ވަނަ އަހަރު ތުރުކީ ވިލާތުގެ އިސްތަންބުލްގައި މެއި 18 އިން 28 އަށް ބޭއްވުމަށްް ހަމަޖެހިފައިވާ 5 ވަނަ އިންޓަނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ދިވެހިރާއްޖެއަށްވަނީ ލިބިފައެވެ. މި މުބާރާތުގައި ހިމެނޭ ގޮފިތަކުން 2 ގޮތްޕެއްގައި ރާއްޖެއިން ބައިވެރިވާގޮތަށްވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ގޮތްޕެއްގައިވެސް ބައިވެރިވެވޭނީ 1 ބައިވެރިއެކެވެ.

 

ދައުވަތު ލިބިފައިވާ ކެޓަގަރީތައް

  1. ތިލާވާ ( މުޅި ޤުރްއާން ) ތަޖުވީދުގެ ހަމަތަކާއެކު
  2. ޙިފްޡް ( މުޅި ޤުރްއާން ) ތަޖުވީދުގެ ހަމަތަކާއެކު

 

ބައިވެރިވުމުގެ ޝަރުޠު

  1. އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ފިރިހެނަކު ކަމުގައިވުން.
  2. އިންޓަރނޭޝަނަލް މުބާރާތެއްގައި ބައިވެރިވެފައިވާ ކެޓަގަރީގައި 1 ވަނަ ހޯދާފައި ނުވުން.
  3. އިސްލާމީ ދުނިޔޭގައި މަޝްހޫރު ޤާރީއެއްކަމުގައި ނުވުން.

ވީމާ، މު މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2017 މާރިޗް 09 ވާ ބުރާސްފަތި ދުވަހުގެ 13.00 ގެ ކުރިން ބައިވެރިވުން އެދި ކީރިތި ޤުރްއާނާބެހޭ މަރުކަޒަށް ސިޓީ އަދި ވަނަަވަރު ފޮނުއްވުން އެދެމެވެ.

                25  ޖުމާދަލްއޫލާ  1437       

                        22  ފެބުރުވަރީ   2017  

22 ފެބުރުވަރީ 2017
ހޯދާ