ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ހޯރަފުށީ ރައްޔިތުންގެ ރަށްވެހިގެ (އޯކިޑްވިލާ) އައު ޢިމާރާތަށް ބޭނުންވާ ފަރުނީޗަރު ހޯދުމާއި ބެހޭ

އިޢުލާން

ހއ.ހޯރަފުށީ ރައްޔިތުންގެ ރަށްވެހިގެ (އޯކިޑްވިލާ) އައު ޢިމާރާތަށް ބޭނުންވާ ފަރުނީޗަރު ހޯދުމާއި ބެހޭ

              މި އިދާރާއިން ދޭ ނަމޫނާ ކުރެހުމާއި އަދި މަޢުލޫމާތާއި އެއްގޮތަށް ހޯރަފުށީ ރައްޔިތުންގެ  ރައްވެހިގޭގެ އައު ޢިމާރާތަށް ބޭނުންވާ ފަރުނީޗަރު ގަނެ މި އިދާރާއަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު: IUL)247-CA/247/2017/12) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާފައިވަނީ 02 (ދޭއް) ފަރާތުން ކަމުގައިވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން މި އިދާރާއަށް ޙާޟިރުވެދެއްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

އަންދާސީ ހިސާބް ހުށަހަޅާ ފޯމް ދޫކުރުމާއި، މަޢުލޫމާތު ދިނުން

26 ފެބްރުއަރީ 2017

އާދިއްތަ

13:30

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ސުންގަޑި

05 މާރޗް 2017

އާދިއްތަ

13:30       

              މަޢުލޫމާތު ސާފުކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް، ބަދަލުގައި ޙާޟިރުވެލައްވާ ފަރާތުން ހުށަހަޅުއްވަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ޙާޟިރުވެލައްވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެންކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވާފައި އޮންނަންވާނެވެ. މީގެއިތުރުން އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅުއްވަންވާނެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެލައްވައި ފަރާތްތަކަށް ކަމުގައިވެސް ދަންނަވެމެވެ.

              މިހެންވެ، މިކަން ޢާއްމުކޮށް އިޢުލާން ކުރީމެވެ.

              24 ޖުމާދަލްއޫލާ 1438

              21 ފެބްރުއަރީ  2017

21 ފެބުރުވަރީ 2017
ހޯދާ