ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވެއް ބޭނުންވެއްޖެ

މަޤާމް :އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވް
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައި މިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމް: އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވް

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: މަހަކު -/3380 ރުފިޔާ

ވަޒީފާގެ ބާވަތް: ކޮންޓުރެކްޓު

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ވިލިމާލެ ފިހާރަ

އެހެނިހެން ޢިނާޔަތްތައް:

  • އިތުރު އެލަވަންސް: މަހަކު -/1350 ރުފިޔާއާއި -/2400 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ކުންފުނިން ކަނޑައަޅާފައިވާ އުސޫލެއްގެ މަތިން އަހަރީ ބޯނަސް ދެވޭނެއެވެ.
  • އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.
  • ވަޒީފާއާ ބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެ މަތީން ޕެންޝަން ސްކީމުގައި ބައިވެރިކުރެވޭނެއެވެ.  
  • ޕްރޮބޭޝަން ހަމަވުމުން ސްޓާފް އިންޝުއަރެންސް ސްކީމްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކޭޝް ކައުންޓަރުގެ މަސައްކަތްކުރުމާއި ބިލްތައް ހެދުމާއި ކައުންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެހީތެރިވުން    
  • ފިހާރައަށް އަންނަ ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދިނުމާއި ކަސްޓަމަރުން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން
  • މުދަލުގައި އަގުޖެހުމާއި ޑިސްޕްލޭކޮށްފައި ހުންނަ މުދާ ހަރުތަކުން މަދުނުކޮށް ސްޓޮކް ބެލެހެއްޓުން

ތަޢުލީމާއި ތަޖުރިބާ

  • ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން
  • މައިކްރޯ ސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުންކުރަން އެނގުން
  • ދިވެހި ބަހާއި އިނގިރޭސި ބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން
  • މީހުންނާ ގުޅިގެން މަސައްކަތް ކުރެވޭނެމީހެއް ކަމުގައިވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ، މަޤާމާ ގުޅޭދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ފެބުރުވަރީ 28 ވާ އަންގާރަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
  • އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓް:

  • އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާއާއި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344272 ފެކްސް: 3344041 ވެބްސައިޓް: www.sto.mv

ނުވަތަ: 

އެސްޓީއޯ ވިލިމާލެ ފިހާރަ

ކަޅުތުއްކަލާ މަގު، ވިލިނގިލި އަވަށް، ކ. މާލެ

ފޯން:3012593

20 ފެބުރުވަރީ 2017

 

20 ފެބުރުވަރީ 2017
ހޯދާ