ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
އެމްޕްލޯއީ ރިލޭޝަންސް އޮފިސަރ

މަޤާމު:

އެމްޕްލޯއީ ރިލޭޝަންސް އޮފިސަރ

ރޭންކު:

އެމް. އެސް 2

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން

އެމްޕްލޯއީ ރިލޭޝަންސް ސެކްޝަން

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު -/3000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 2203/25 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ ޢަދަދު:

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

 

ހިއުމަން ރިސޯސް މެނޭޖްމަންޓް، މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އެމްޕްލޯއީ ރިލޭޝަންސް ސެކްޝަނުގެ އެންމެހައި އިދާރީ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ރާވައި ހިންގުން.
  2. ސިވިލް ސަރވިސްގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު، ޤާނޫނާއި ގަވާއިދާ ޚިލާފުކަމެއް ކުރާކަމަށް ނުވަތަ ކުރަން އުޅޭކަމަށް ތުހުމަތު ކުރެވިގެން އެ ފަދަ މައްސަލައެއް އެ އޮފީހެއްގެ ޒިންމާދާރު އިސްވެރިޔާއަށް ހުށަހަޅައި، އެ މުވައްޒަފަކު ހިތްހަމަޖެހޭ ނަތީޖާ ހާސިލުނުވެގެން، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި ރިޕޯޓުތައް ބަލައި ދިރާސާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
  3. ޒިންމާދާރު އިސްވެރިންނާއި، ޒިންމާދާރު ވެރިންނާއި، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާއި ކޯޑް އޮފް ކޮންޑަކްޓާ ޚިލާފަށް އަމަލުކުރާކަމަށް ހުށަހެޅޭ މައްސަލަތައް ތަހްޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާގުޅޭގޮތުން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
  4. ސެކްޝަނުން ކަނޑައަޅާ މައްސަލަތަކުގައި ކޮމިޝަނުގެ ފަރާތުން ވަޒީފާއާބެހޭ ޓުރައިބިއުނަލުގައި ތަމްސީލުކުރުން.
  5. ކޮމިޝަނުން ހިންގާ ތަހުގީގުތަކުގައި ބައިވެރިވެ އެހީތެރިވެދިނުން. 
  6. ކޮމިޝަނުގެ ފަރާތުން ކުރަންޖެހޭ ދައުވާކުރުމަށާއި، ދައުވާ ބަލައިގަތުމާގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން.
  7. ކޯޓް/ޓްރައިބިއުނަލުގެ މައްސަލަތަކުގެ އަމުރުތައް ކަމާބެހޭ މުވައްޒަފާ ހަވާލުކޮށް، އަމުރުތަކާ ގުޅޭގޮތުން ކޯޓަށް/ޓްރައިބިއުނަލަށް ދާންޖެހޭ ދުވަސްތައް ތަވާލުކޮށް، އެ ދުވަސްދުވަހު ކަމާބެހޭ މުވައްޒަފުގެ ސަމާލުކަމަށް ދުރާލައި ގެނެވޭނެ އިންތިޒާމު ހަމަޖެއްސުން.
  8. ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި، ކޯޑް އޮފް ކޮންޑަކްޓާއި، އެ ނޫންވެސް ޤާނޫނެއް ނުވަތަ ގަވާއިދެއްގައި ކޮމިޝަނުގެ މަޤްޞަދު ހާސިލްކުރުމަށް ސުޕަވައިޒަރު ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުން.
  9. ސެކްޝަނުގެ މަސައްކަތްތައް ރާވައި ހިންގާނެ ގޮތުގެ މެނުއަލް އާއި އަތްމަތީފޮތް އެކުލަވާލައި، ރިވިއުކޮށް، އަޕްޑޭޓްކުރަމުން ގެންދިއުން.
  10. ސެކްޝަނުގެ ވަކީލުންގެ ކޯޑް އޮފް ކޮންޑަކްޓް އެކުލަވާލައި، ރިވިއުކޮށް، އަޕްޑޭޓްކުރަމުން ގެންދިއުން.
  11. ސެކްޝަނުން ބަލަހައްޓާ ކޭސްތައް މެނޭޖްކުރުމުގެ އުސޫލުތައް އެކުލަވާލައި، ރިވިއުކޮށް، އަޕްޑޭޓްކުރަމުން ގެންދިއުން.
  12. ސެކްޝަނުން ބަލަހައްޓާ މައްސަލަތަކާ ގުޅޭގޮތުން ދައުލަތުގެ އިދާރާތަކާއެކު މުއާމަލާތުކުރާނެ ގޮތުގެ ގައިޑްލައިންތައް އެކުލަވާލައި، ރިވިއުކޮށް، އަޕްޑޭޓްކުރަމުން ގެންދިއުން.
  13. ސެކްޝަނުން މައުލޫމާތު ހޯދުމަށް އެދޭ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ގެންގުޅޭނެ ގައިޑްލައިންތައް އެކުލަވާލައި، ރިވިއުކޮށް، އަޕްޑޭޓްކުރަމުން ގެންދިއުން.
  14. ސެކްޝަނަށް ހުށަހެޅޭ، ވަކި އުސޫލުތަކެއް ހަމަޖެހިފައިވާ އާންމު މައްސަލަތަކުގެ ތެރެއިން ސުޕަވައިޒަރު ހަވާލުކުރާ މައްސަލަތަކަށް ހަމަޖެހިފައިވާ އުސޫލުން ޖަވާބުދިނުން.
  15. ސެކްޝަނުގެ ފަރާތުން ބާއްވާ ބައްދަލުވުންތައް އިންތިޒާމުކޮށް، ބައްދަލުވުންތަކުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.
  16. ސެކްޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ބާވަތްތަކާއި އެ މައްސަލަތައް ނިމިގެންދ ގޮތްތަކާބެހޭ ގޮތުން ތަފާސްހިސާބު ހިމެނޭގޮތަށް ރިޕޯޓްތައް އެކުލަވާލުން.
  17. ވަޒީފާއާބެހޭ ކަންތައްތައް ތަންފީޒުކުރުމުގައި ޤާނޫނާއި ގަވާއިދާއެއްގޮތަށް ސިވިލް ސަރވިސްގެ އިދާރާތަކުން އަމަލުކުރުމަށް ބާރުއެޅުމުގެ ގޮތުން ކޭސް ރިޕޯޓުތައް އެކުލަވާލައި އާންމުކުރަމުން ގެންދިއުން.
  18. ސެކްޝަނުގެ އެކްޝަން ޕްލޭން އެކުލަވާލައި، ޕްރޮގްރެސް ރިވިއު ރިޕޯޓްތައް އެކުލަވާލުން.
  19. ސެކްޝަނަށް ލިބޭ/ފޮނުވާ އެންމެހާ ލިޔެކިޔުންތައް ހަރުދަނާ (އެންޓްރީ/ޑިސްޕްޗް) ނިޒާމެއްގެ ދަށުން ބަލަހައްޓަމުން ގެންދިއުން.
  20. ސެކްޝަނުގެ އެންމެހާ ލިޔެކިޔުންތައް ފަސޭހައިން ހޯދޭނެ ހަރުދަނާ ނިޒާމެއްގެ ދަށުން ފައިލްކޮށް ބެލެހެއްޓުން.
  21. ކޮމިޝަނުގެ އަހަރީ ރިޕޯޓް އެކުލަވާލުމަށްޓަކައި ސެކްޝަނުން ފޯރުކޮށްދޭންޖެހޭ މައުލޫމާތުތައް އެއްގޮތަށް، ހަމަޖެހިފައިވާ ނިޒާމުގެ ތެރެއިން ކަނޑައެޅޭ މުއްދަތުތަކުގައި އެ މައުލޫމާތުތައް ކަމާބެހޭ ސެކްޝަންތަކަށް ފޯރުކޮށްދިނުން. 
  22. ޙަވާލުކުރެވޭ މަސައްކަތްތަކާއި ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
  23. ސެކްޝަނާއި އޮފީހުގެ ރަސްމީ މަސައްކަތްތަކުގެ ތެރެއިން ޚާއްސަ ހާލަތުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

01 މާރިޗު 2017 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ) 
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  •  ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %38)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %8)
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިން ސައްތަ: %54)  

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ މީހުންގެ އަދަދު 10 އަކަށް ވުރެ އިތުރުވެއްޖެނަމަ، ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އަދި ލިބިފައިވާ ހުނަރަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: 

 

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2017 މާރިޗު 02 އާއި 16 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

 

 

22 ޖުމާދަލްއޫލާ  1438ހ

20  ފެބުރުވަރީ  2017މ

20 ފެބުރުވަރީ 2017
ހޯދާ