މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމް

ޢިއުލާން

ނަމްބަރު: IUL)30-B2/30/2017/13)

 

ދިވެހި މަސްވެރިކަމުގެ ސިނާއަތުގައި މަސްވެރިންގެ ހިއްސާ އިތުރުކޮށް، މަސްވެރިންނަށް ރަނގަޅު ނަފާއެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންގެންދަވާ މަސައްކަތުގައި، ދިވެހި ރާއްޖެއަށް ލޭނު މަސްވެރިކަން ތައާރަފްކޮށް، ދިވެހި މަސްވެރިންނަށް ލޭނު މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމްތަކެއް މިއަހަރުވެސް ކުރިއަށް ގެންދަންވަނީ ހަމަޖެހިފައެވެ.

 މިޕްރޮގްރާމް ކުރިއަށްދާނީ ތިއަރީ ސެޝަންތަކަކާއި، ޢަމަލީ މަސައްކަތްތަކެއްގެ މައްޗަށް ބަހާލެވިގެންނެވެ. ޢަމަލީ މަސައްކަތްތައް ކުރިއަށް ގެންދާނީ މި މިނިސްޓްރީއިން ލޭނު އެޅުމަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އުޅަނދުގައެވެ. މިތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ މަސެވެރިންނަށް ލޭނު މަސްވެރިކަމުގެ ޢަމަލީ ތަޖްރިބާ ފޯރުކޮށްދިނުމާއި، ލޭނު އެޅުމަށް ބޭނުން ކުރާ އާލަތްތަކަށް އަހުލުވެރިކޮށް ލޭނު މަސްވެރިކަމަށް އަހުލުވެރިކުރުވުމެވެ.

 ވީމާ، ތިޔަ އަތޮޅުން މިތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ބޭފުޅުންގެ ނަމާއި، އައިޑީ ކާޑު ނަންބަރު އަދި ގުޅޭނޭ ފޯނު ނަންބަރު 30 އެޕްރީލް 2017ގެ އޮފީސް ބަންދުވުމުގެ ކުރިން މި މިނިސްޓްރީއަށް ފޮނުއްވައި ދެއްވުން އެދެމެވެ. ފެކްސް ކުރައްވާނަމަ ކުރައްވާނީ 3326558 ނަންބަރަށެވެ. ސިޓީ އީމެއިލް ކުރައްވާ ފަރާތްތަކުން [email protected] އަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ނަންބަރު 3339276 ފޯނާ ގުޅުއްވުން އެދެމެވެ.

20 ފެބުރުވަރީ 2017
ހޯދާ