ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މަސައްކަތު

މަޤާމް :މަސައްކަތު
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ނަންބަރު: 43/MNU-HR/2017

ތާރީޙް: 20 ޖަނަވަރީ 2017

މަޤާމު:

މަސައްކަތު

ބޭނުންވާ އަދަދު:

1

އޮފީސް:

ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

ގްރޭޑް:

1

ސްޕައިން ޕޮއިންޓް:

1

މުސާރަ:

މަހަކު 3,549.22 ރ

ސަރވިސް އެލަވަންސް:

މަހަކު1,521.09 ރ

އިނާޔަޔްތައް:

އިތުރުގަޑީ ގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

މަގާމުގެ ޝަރުތު:

  • އަސާސީ ފެންވަރު

މަޤާމުގެ މަސްއޫލިއްޔަތު:

 

  1. ކޮންމެދުވަހަކުވެސް އެދުވަހަކު ފޮޅައި ސާފުކޮށް ކުނިކަހަންޖެހޭ ތަންތަން ކުނިކަހައި ފޮޅައި ސާފުކޮށް މޮޕްއަޅަންޖެހޭ ތަންތަނުގައި މޮޕްއެޅުމާއި ފުރާޅާއި ދިޔަދޮވި ސާފުކުރުން.
  2. އުކާލަންޖެހޭ ކުނިތައް އުކާލުމަށްޓަކައި ޑަސްބިނަށް އެޅުން. ޑަސްބިނަށް ނުލެވޭވަރުގެ ތަކެތި އުކާލުމަށްޓަކައި ގޯތިތެރޭގައި އެފަދަ ތަކެތި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނުގައި ބެހެއްޓުން.
  3. ބަދިގެއާއި ރެސްޓޯރެންޓްގައި ބޭނުންކުރާ ތަކެތި ދޮވެސާފުކުރުމާއި ލޯންޑްރީގައި ދޮންނަންޖެހޭ ތަކެތި ދޮވެ އިސްތިރިކުރަންޖެހޭ ތަކެތި ދޮވެ އިސްތިރިކޮށް އެތަކެތި ބަހައްޓަންޖެހޭ ތަންތަނުގައި ބެހެއްޓުން.
  4. މުވައްޒަފަކު ސަލާމް ބުނުމުނާއި ޗުއްޓީ ނެގުމުން ބަދަލުގައި އެމުވައްޒަފެއްގެ މަސައްކަތް ކުރަން ޙަވާލުކުމުން މުވައްޒަފުންގެ މެދުގައި ބަހާފައިވާ އުޞޫލުގެމަތިން ސަލާމުގައިހުރި މުވައްޒަފުގެ މަސައްކަތް ކުރުން.
  5. ޖަލްސާތަކަށާއި އިމްތިޙާންތަކަށް ކްލާސްރޫމް ނުވަތަ އެނޫންތަންތަން ތައްޔާރުކުރަންޖެހުމުން އެމަސައްކަތް ކުރުން. މީގެ އިތުރުން ގަސް އިންދައި ބެލެހެއްޓުމުހެ މަސައްކަތާއި ކުއްލިގޮތަކަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  6. މުވައްޒަފުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ފުރިހަމައަށް ބައިވެރިވެ މަސައްކަތް ކުރުން. މިނޫންވެސް މަޤާމާއި ގުޅޭގޮތުން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2017 ފެބުރުވަރީ 27 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://mnu.edu.mv/wp-content/uploads/2016/10/Job-Application.pdf

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
    • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345408 ނަމްބަރު ފޯނަށެވެ.

 

20 ފެބުރުވަރީ 2017
ހޯދާ