ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ކްލައިންޓް އެމްޕްލޯއިމަންޓް ކޯރޑިނޭޓަރ (ކޮންޓްރެކްޓް ބޭސިސް) މަޤާމަށް މީހަކު ބޭނުންވެއްޖެ

މަޤާމް :ކްލައިންޓް އެމްޕްލޯއިމަންޓް ކޯރޑިނޭޓަރ (ކޮންޓްރެކްޓް ބޭސިސް)
ބޭނުންވާ އަދަދު :1

މަގާމު

ކްލައިންޓް އެމްޕްލޯއިމަންޓް ކޯރޑިނޭޓަރ (ކޮންޓްރެކްޓް ބޭސިސް)

ކޮންޓްރެކްޓްގެ މުއްދަތު

01 އަހަރު

މުސާރަ

މަހަކު -/7035 ރުފިޔާ

އެހެނިހެން އެލަވަންސް

މަހަކު -/4,225.25 ރުފިޔާ

ޑިޕާރޓްމަންޓް

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ

މަސައްކަތް ކުރަންޖެހޭ ތަން

ނޭޝަނަލް ޑްރަގް އެޖެންސީ / ކ. މާލެ (ޓްރީޓްމަންޓް ސެންޓަރސް މެނޭޖްމަންޓް ސެކްޝަން)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  •  ކުންފުނިތަކާއި ގުޅައިގެން ވަޒީފާގެ ފުރުޞަތުތައް ހޯދުމާއި އަދި ހޯދުމަށް ކުރަންޖެހޭ އެންމެހައި މުޢާމަލާތުކުރުން.
  • މިއެޖެންސީގެ ދަށުން ފަރުވާ ހޯދަމުންދާ ހުރިހާ ފަރާތްތަކުގެ ވަނަވަރު ރިކޯޑްކޮށް ބެލެހެއްޓުމާއި އަދި ފަރުވާ ހޯދަމުންދާ ފަރާތްތަކުގެ ދަފްތަރެއް ތައްޔާރުކޮށް ގަވާއިދުން އަޕްޑޭޓް ކުރަމުންގެންދިއުން.
  • ވަޒީފާ އަދާ ކުރަމުންދާ ފަރާތްތަކުގެ ވަނަވަރާއި ރިކޯޑް އަޕްޑޭޓް ކުރުމާއި ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްގެންދިއުން.
  • ވަޒީފާގެ ފުރުޞަތުތައް ލިބެން ހުރި ދާއިރާތައް ފާހަގަކޮށް އެކަން ކުލައިންޓުންނާއި ހިއްސާކުރުމާއި ވަޒިފާ ހޯދުމަށް އެދޭ ދާއިރާތައް ފާހަގަކޮށް އެދާއިރާތަކުން ލިބެން ހުރި ފުރުޞަތުތައް ކަނޑައަޅައި ކުލައިންޓުންނަށް އެމަޢުލޫމާތު ދެމުން ގެންދިއުން.
  • ފަރުވާ ހޯދާ މީހުންގެ ވަނަވަރުތަކުން މަޢުލޫމާތު އެއްކޮށް، ކުލައިންޓުންގެ ތެރޭގައި ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ދާއިރާތައް ފާހަގަކޮށް އެދާއިރާތަކަށް ޤާބިލް ފަރާތްތައް ހޯދައި އެފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތް ކުރަމުންގެންދިއުން.
  • ވަޒީފާއަށް އެދޭ ފޯމާއި، ވަޒީފާދޭ ފަރާތުން މިއެޖެންސީއަށް ހުށަހަޅާ ފީޑްބެކް ފޯމާއި އަދި މިމަސައްކަތަށް ބޭނުންވާ އެންމެހާ ފޯމެޓްތައް ތައްޔާރުކޮށް ހުއްދަ ހޯދަން ޖެހޭ ފަރާތްތަކުން ހުއްދަ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.
  • ކުންފުނިތަކަށް ގުޅައި ވަޒީފާއަދާ ކުރާ ފަރާތްތަކުގެ މަޢުލޫމާތުތައް ހޯދުމާއި އަދި ވަޒީފާގައި ފަރުވާ ކުޑަކުރާ ނުވަތަ މައްސަލަ ޖެހޭ ފަރާތްތަކާއި މެދު ވެރިޔާގެ މަޝްވަރާގެ ދަށުން ފިޔަވަޅު އެޅުން.
  • ގަވާއިދުން ހުރިހާ ސެންޓަރުތަކަށް ގުޅައި އަދި ސެންޓަރުތަކަށް ޒިޔާރަތްކޮށް ފަރުވާ ހޯދަމުންދާ މީހުންގެ މަޢުލޫމާތު އެއްކޮށް ވަޒީފާ ހޯދަންޖެހޭ ދާއިރާތައް ފާހަގަކުރުން.
  • ވަޒީފާއަށް މީހުން ތައްޔާރުކުރުމުގެ ގޮތުން ދޭންޖެހޭ ތަމްރީނުތައް ފާހަގަކޮށް، އެފަދަ ތަމްރީނުތައް ދޭ ތަންތަން ފާހަގަކޮށް އެފަރާތްތަކާއި މުޢާމަލާތުކުރުމުގައި އެހީތެރިވެދިނުން.
  • ލިބެން ހުރި ތަމްރީނުތައް މިއެޖެންސީގެ ފަރުވާ ފުރިހަމަ ކުރާ ފަރާތްތަކަށް ހޯދައި ދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  • އެމްޕްލޯއިމަންޓް ޑެސްކުން ފަރުވާ ފުރިހަމަ ކުރާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމުގައި މިއެޖެންސީއިން ކުރެވިދާނެ އިތުރު ކަންތައްތައް ފާހަގަކޮށް އެފަދަ ކަންތައްތައް ރާވާ ހިންގުން.

މަގާމުގެ ޝަރުތު

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މިމަޤާމަށް ވަޒީފާއަށް އެދިލައްވާނީ ސިޓީއަކުންނެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ސުންގަޑި

 2017 ފެބްރުވަރީ 23 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ނޭޝަނަލް ޑްރަގް އެޖެންސީއަށް ސިޓީ ހުށަހަޅަން ވާނެއެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2017 ވަނަ އަހަރުގެ ފެބްރުވަރީ ނުވަތަ މާރިޗު މަހުގެ ތެރޭގައި، ނޭޝަނަލް ޑްރަގް އެޖެންސީގައިއެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 5 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 5 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ސްކްރީނިންގ

  • އިޢުލާނުގައި ހުށަހަޅަންޖެހޭ ލިޔުންތައް މިބައިގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅާފައިވޭތޯ ބެލުން
  • މަޤާމުގެ އަސާސީ ޝަރުޠައްވާ ތަޢުލީމީ ފެންވަރު ހަމަވުން.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހަމައަށް ހުށަހަޅާފައިވުން. (އެޕްލިކޭޝަން ފޯމު، ވަނަވަރު، ތަޢުލީމީ ސެޓުފިކެޓުތަކާއި އިޢުލާނުގައި ބަޔާންކޮށްފައިވާ އެހެނިހެން ކަމާގުޅޭ މުހިންމު ލިޔެކިޔުންތައް)
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން މަޤާމަށް އެދި ހުށަހަޅާފައިވުން.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3343061އެވެ. ވަޒީފާއަށް އެދޭ ފޯމް އަދި  ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު މިއެޖެންސީގެ ވެބްސައިޓް www.nda.gov.mv)) އަދި ސިވިލް ސަރވިސް ވެބްސައިޓްގެ އިތުރުން ނޭޝަނަލް ޑްރަގް އެޖެންސީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

19 ފެބުރުވަރީ 2017
ހޯދާ