ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އޮފިސަރެއް ބޭނުންވެއްޖެ

މަޤާމް :އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައި މިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު: އޮފިސަރ

ބޭނުންވާ އަދަދު: 1

މުސާރަ: މަހަކު -/4350 ރުފިޔާ

ވަޒީފާގެ ބާވަތް: ކޮންޓުރެކްޓު (1 އަހަރު ދުވަސް)

މަސައްކަތް ކުރަންޖެހޭތަން: ރީޖަނަލް ސޭލްސް އޮފީސް / އެސްޓީއޯ ޓްރޭޑް ސެންޓަރ

އެހެނިހެން ޢިނާޔަތްތައް:

  • އިތުރު އެލަވަންސް: މަހަކު -/1350 ރުފިޔާއާއި -/2400 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.
  • ޕެންޝަން
  • ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
  • މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

މަޤާމުގެ މަސްއޫލިއްޔަތު:

  • ރީޖަނަލް ފިހާރަތަކުގެ މުދަލުގެ ސްޓޮކް ހަމަތޯބަލާ ޗެކުކުރުމާއި މުދާ ހުސްވިޔަނުދީ ހަމަކުރުވުން
  • މުއްދަތު ހަމަވާ މުދާތަކުގެ ލިސްޓުނަގާ އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
  • ޑިޕާރޓްމަންގެ ބައްދަލުވުންތައް ހަމަޖެއްސުމާއި ޔައުމިއްޔާ ބެލެހެއްޓުން

ތަޢުލީމާއި ތަޖުރިބާ:

  • ޖީ.ސީ.އީ. އޯލެވެލް ފުރިހަމަކޮށްފައިވުން
  • މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުން ކުރަން އެނގުން
  • މަޤާމާ ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ފެބުރުވަރީ 26 ވާ އާދިއްތަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
  • އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓު ލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކުސްލިބޭ ފަރާތެކެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑުރެސް:

  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑު އޮފީސް
  • ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345
  • ފޯން:33344333 ފެކުސް:3344341 ވެބްސައިޓު: www.sto.mv
  • އީމެއިލް: [email protected]

19  ފެބުރުވަރީ 2017

 

19 ފެބުރުވަރީ 2017
ހޯދާ