ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

ގްރޭޑް:

5

ސްޕައިން ޕޮއިންޓް:

24

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ބިޒްނަސް ސްކޫލް

މުސާރަ:

މަހަކު 7,151/26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,064/83 ރުފިޔާ

އިނާޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

 

  1. އެމް.ކިޔޫ.އޭ ލެވެލް 7/8 ގެ ސެޓުފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން، ނުވަތަ،
  2. މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭ ލެވެލް 5 ގެ ސެޓުފިކެޓަކަށްފަހު 2 އަހަރުދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  3. މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭ ލެވެލް 4 ގެ ސެޓުފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ފެކަލްޓީގެ ކިޔެވުން އޮންނަ ދުވަސްތަކުގައި އޮފީހުގެ ޑިއުޓީ ތާވަލާ އެއްގޮތަށް އޮފީހަށް ނިކުމެ ޑިއުޓީ ބަލަހައްޓާ ދިނުމާއި، އަދި ހަމަޖެހިފައިވާ ތާވަލާ އެއްގޮތަށް އޮފީސް ހުޅުވުމާއި، އަދި އޮފީސް ލެއްޕުން.
  • އިދާރީ މުވައްޒަފަކު ސަލާމް ބުނެ ނުވަތަ ޗުއްޓީއެއް ނަގައިފިނަމަ ފެކަލްޓީއިން ހަމަޖައްސަވާ އުސޫލެއްގެ މަތީން އެމުވައްޒަފާއި ހަވާލުކުރެވިފައިވާ މަސައްކަތްތަށް ކުރުން.
  • ލެކްޗަރާއިން ދަރިވަރުންނަށް އަންގަވާ އެންގެވުން ތަކާއި، ޓައިމްޓޭބަލްތައް ނޯޓިސްބޯޑްގައި ޖެހުމާއި، ކެންސަލްވާ ކުލާސްތަކާއި، އެކްސްޓްރާ ކްލާސްތަކާބެހޭ ގޮތުން ދަރިވަރުންނަށް ނޯޓިސް ނެރުން. އަދި ޕަބްލިކް ލެކްޗާރތައް ބޭއްވޭނެ އިންތިޒާމު ހަމަޖައްސާ އެކަން ދަރިވަރުންނަށް އެންގުން
  • ކޮންމެ މަހަކު އެމަހެއްގެ ދަރިވަރުންގެ ހާޒިރީ ޗެކްކޮށް ރިޕޯޓް ތައްޔާރުކުރުން. އަދި ދަރިވަރުންގެ އެމް.ސީތަށް ޤަވާއިދުން ފައިލްކޮށް ބެލެހެއްޓުން.
  • ކޯސްތަކާއި ގުޅިގެން އެކިއެކި ފަރާތްތަކަށް ލިޔަންޖެހޭ ސިޓީތަކާއި، ލިޔުންތައްލިޔެ އަންގަންޖެހޭ އެންގުންތައް އެންގުން.
  • ދަރިވަރުންގެ ކަންތައްތަކާއި އެކަޑަމިކް ޑިޕާޓްމެންޓްތަކުން ބޭނުންވާ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން.
  • ފެކަލްޓީއަށް ބޭނުންވާ ޚިދުމަތާއި ތަކެތިހޯދުމަށާއި މަރާމާތްތައް ކުރުމަށް އިޢުލާން ކޮށްގެން ނުވަތަ އެނޫންވެސް ގޮތްގޮތުން ކުރަންޖެހޭ އެންމެހާ ކަންކަންކޮށް ބެލެހެއްޓުން.
  • އޭ.އާރު.ސީ. ކޮމެޓީ މީޓިންތަކުގެ ޔައުމިއްޔާ މީޓިންގ ބޭއްވޭތާ މަސައްކަތުގެ ދެ ދުވަސް ތެރޭގައި ލިޔެ ނިންމާ ފައިލްކޮށް ބެލެހެއްޓުން.
  • ކައުންޓަރ ބެލެހެއްޓުމާއި ފެކަލްޓީގެ ރަސްމީ ފޯނަށް ޖަވާބުދިނުން.
  • ދަރިވަރުންގެ އެސައިންމަންޓުތައް ދަރިވަރުންގެ އަތުން ބަލައިގަތުމާއި، އެތަކެތި ލެކްޗަރައިންނާއި ހަވާލުކޮށް އެސައިންމަންޓްސްގެ އެންމެހާ ކަންތައް ބެލެހެއްޓުން.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުންނާއި ތިރީގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ލިބެން ހުންނާނެއެވެ.

 http://mnu.edu.mv/images/downloads/Job%20Application.pdf

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށްކުރިމަތިލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރއޮފީހުގެ ލިޔުމެކެވެ. 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:   

2017 ފެބުރުވަރީ 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައ، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަންބަރު ފޯނާއެވެ.

 

19 ފެބުރުވަރީ 2017
ހޯދާ