ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ބާރަށު ދެކުނު ފުޓުބޯޅަ ދަނޑު ވަށާފާރު ރާނާ ފެންސުޖެހުމަށް ބޭނުންވެއްޖެ

ހއ.ބާރަށު ދެކުނު ފުޓުބޯޅަ ދަނޑުގެ ވަށާފާރު ރާނާ ފެންސު ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

             ވީމާ އަމިއްލަ ތެކެތީގައި މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 22 ފެބުރުއަރީ 2017 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 28 ފެބުރުއަރީ 2017 ވާ އަންގާރަ ދުވަހުގެ 13:00 އަށް މަސައްކަތް ކުރެވޭނެ އަގާ މުއްދަތު ބަޔާންކޮށް އަންދާސީ ހިސާބު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 

             މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޟިރުވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރަން ޙާޟިރު ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކާއި ދެންނެވީމެވެ.

              

             ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާން ކުރީމެވެ.

             17 ޖުމާދަލްޢޫލާ 1438

             14 ފެބުރުއަރީ 2017

14 ފެބުރުވަރީ 2017
ހޯދާ