މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި 6 ޕްރައިވެޓް ރޫމް ހިމެނޭ އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މިނިސްޓްރީ އޮފް ހެލްތު

މާލެ ދިވެހިރާއްޖެ.

 އިޢުލާން

            ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި 6 ޕްރައިވެޓް ރޫމް ހިމެނޭ އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 11 ޖަނަވަރީ 2017 ގައި ކުރެވުނު ނަންބަރު   IUL) 23-AP/23/2017/23)   އިޢުލާނުގައިވާ މަސައްކަތްތަކުގެ ސްކޯރޕަށް ބަދަލުގެނެވިފައިވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެމަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2017 ފެބުރުވަރީ 20 ވާ ހޯމަ ދުވަހުގެ ހެނދުނު 09:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ނުވަތަ ރ. އުނގޫފާރު އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ފެބުރުވަރީ 26 ވާ އާދީއްތަ ދުވަހު ހެނދުނު 09:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ނުވަތަ ރ. އުނގޫފާރު އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

19 ޖުމާދަލްއޫލާ 1438

16 ފެބުރުވަރީ 2017
ހޯދާ