ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ވަޒީފާ

`

 

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް

      ދިވެހިރާއްޖެ.

                                                         ނަންބަރު: IUL)120/120/2017/4 )     

 

އިޢުލާން

 

ވަޒީފާގެ ފުރުސަތު:

 

މަޤާމް

އިމްތިޙާނު ކޮމިޓީގެ މެމްބަރު ( ދިވެހި ) ، އިމްތިޙާނު ކޮމިޓީގެ މެމްބަރު ( އިސްލާމް)

ގިންތި:

ޕާޓްޓައިމް (ކޮންޓްރެކްޓް)

ބޭނުންވާ ޢަދަދު

2

ދިވެހި  މާއްދާއައް 1 / އިސްލާމް މާއްދާއައް 1

އުޖޫރަ:

ކޮންޓްރެކްޓް މުއްދަތުގައި ކުރާ މަސައްކަތުގެ ވަގުތު ކަނޑައަޅައި، ކޮންމެ ގަޑިއަކަށް -/250 (ދުއިސައްތަ ފަންސާސް) ރުފިޔާ

މުއްދަތު:

3 (ތިނެއް) އަހަރު ދުވަސް  

އަސާސީ ޝަރުޠު:

  1. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިގްރީއެއް ހާޞިލް ކޮށްފައި ވުމާއެކު ސާނަވީ ނުވަތަ މަތީ ސާނަވީ ސިލަބަހަށް 3 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުމުގެ އިތުރުން، މި ޑިޕާޓްމަންޓުން ބާއްވާ ސާނަވީ ނުވަތަ މަތީ ސާނަވީ އިމްތިޙާނުގެ މާކިން މަސައްކަތުގެ، މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

  1. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް އޮތުމާއެކު ސާނަވީ ސިލަބަހަށް 3 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުމުގެ އިތުރުން، މި ޑިޕާޓްމަންޓުން ބާއްވާ ސާނަވީ ނުވަތަ މަތީ ސާނަވީ އިމްތިޙާނުގެ މާކިން މަސައްކަތުގެ، މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

-     އިމްތިޙާނު ކަރުދާސް އެކުލަވާލާ ފަރާތުން ތައްޔާރުކޮށްފައިވާ ކަރުދާހުގައިވާ ވަކިވަކި ސުއާލުތައް ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯބަލައި ޗެކުކުރުން.

-      ސުއާލު ކަރުދާހުގެ އެކިއެކި ސުއާލުތަކުގެ ކޮންސިސްޓަންސީ ހުރިމިންވަރު ބަލައި ފާހަގަ ކުރެވޭ ކަންތައް ކޮމިޓީއަށް ހުށައެޅުން.

-      އިމްތިޙާނު ކަރުދާހުގެ ފަސޭހަ، އުދަގޫ މިންވަރު ބަލައި ޗެކްކުރުން.

-      ސުއާލު ކަރުދާހުގެ ކުށް ކެނޑުން.

-      އިމްތިޙާނު ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން އިމްތިޙާނު ކަރުދާސްތައް މާކުކުރުމާއި ނަތީޖާތައް ޕްރޮސެސްކޮށް، އެއިން ގްރޭޑްތައް ކަނޑައެޅުމުގެ އެންމެހައި މަސައްކަތްތައް ކުރުން.

-      އިމްތިޙާނު ކަރުދާސްތައް ޕްރިންޓްކުރުމުގައި އެހީތެރިވެދިނުން.

-      އިމްތިޙާނު ކޮމިޓީގެ ބައްދަލުވުންތަކުގައި ބައިވެރިވުން.

 

 

ވަޒީފާއަށް އެންމެ ގާބިލް މީހެއް ހޮވުމަށް ބަލާނޭ ކަންކަން

-     ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ސެޓްފިކެޓްތަކަށް ބަލައިގެން،

-     މަސައްކަތުގެ ދާއިރާއިން ލިބިފައިވާ އަމަލީ ތަޖްރިބާއަށް ބަލައިގެން،

-     ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން،

ނޯޓް): މި މަސައްކަތަށް މީހުން ކަނޑައެޅުމުގައި މިޑިޕާޓްމެންޓުގައި މީގެ ކުރިން ޕޭޕަރ ސެޓްކުރުމުގެ މަސައްކަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

އިންޓަރވިއު ކުރުން:

މިމަގާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

-     އިންޓަރވިއުއަށް ހާޟިރުވާއިރު، ޕްރެޒެންޓޭޝަން ހުށަހަޅަންވާނެއެވެ. އެ ޕްރެންޓޭޝަންގައި މާއްދާގެ މިހާރުގެ ޙާލަތާއި ޕޭޕަރ ސެޓްކުރުމާއި މާކުކުރުމުގެ ކަންތައްތައް ރަނގަޅުކުރުމަށް ކުރާނެ މަސައްކަތްތައް އަދި މަސައްކަތްކުރާނެ ގޮތުގެ ޓައިމްލައިނެއް  ހިމަނަން ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ www.dpe.edu.mv  ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

ށ- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ނ- ވަޒީފާއެއް އަދާކުރާނަމަ، މިމަސައްކަތަށް ދޫކުރާނޭ ކަމުގެ ލިޔުން.

ރ- ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ  މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުމެއް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހިރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ދެފުށް ސާފުކޮށް ފެންނާނޭހެން ނަގާފައިވާ ކޮޕީ .

ޅ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ކ. ސުވާލުކަރުދާސް ތައްޔާރުކުރުމާއި މާކުކުރުމުގައި ލިބިފައިވާ ތަޖްރިބާ އާއި މަސައްކަތް ކުރި އަހަރު އެނގޭ ލިޔުމެއް.

 ނޯޓް:  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ތަކެތި  ހުށަހަޅަންޖެހޭ އޮފީސް

       މިމަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ފިލާ ބިލްޑިންގު 2 ގެ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް ކައުންޓަރަށެވެ.

 ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2017 ފެބްރުވަރީ 23 ވާ ބުރާސްފަތި ދުވަހުގެ 13:00

          19 ޖުމާދަލްއައްވަލް 1438

          16  ފެބްރުވަރީ 2017

                                                           

16 ފެބުރުވަރީ 2017
ހޯދާ