މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 މ. އަތޮޅު "އަތޮޅުގެ" (ކޮޓަރިތައް، ވީ. ވީ. އައި. ޕީ، ފާޚާނާތައް، ސިޓިންގ ރޫމް އަދި ފެންޑާ) މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ: (IUL)236-IED/236/2017/1 އިޢުލާނާއި ގުޅިގެން ހުށަޅުއްވާފައިވާ ބިޑުތަކުގެ މަޢުލޫމާތު ފުރިހަމަ ނުވުމާއި، ބައެއްކަހަލަ މައްސަލަތައް ހުރުމުގެ ސަބަބުން އެބިޑްތައް ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ފެބުރުވަރީ 2017 ވާ ހޯމަ ދުވަހުގެ 11:30 ގެކުރިން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 މާރިޗް 2017 ވާ އާދީއްތަ ދުވަހުގެ 11:20 ގައި މިއިދާރާއަށް ބަންދުކުރި ސިޓީއުރައެއްގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރަށްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މިމަސައްކަތަކާއި ގުޅިގެން އިތުރަށް މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން: 6720600، 7612483 ނުވަތަ 7948044 އާއި ގުޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، ބިޑު ހުށަހެޅުއްވުމަށް ބަދަލުގައި ވަޑައިގަންނަވާ ފަރާތްތަކުން އެކަންއެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. 

15 ފެބުރުވަރީ 2017 

15 ފެބުރުވަރީ 2017
ހޯދާ