ހައްދުންމަތީ ކުނަހަންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

 

ހައްދުންމަތީ ކުނަހަންދޫ މެޖިސްޓްރޭޓް ކޯޓް

ލ. ކުނަހަންދޫ / ދިވެހިރާއްޖެ 

 

އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

                            ނަންބަރު:O12MC/2017/01

އިޢުލާނު

މިކޯޓުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 01

ރޭންކް

GS3

މުސާރަ:

4,465/- ރުފިޔާ

ސަރވިސް އެލަވަންސް:

1,500/- ރުފިޔާ

ލިވިންގ އެލަވަންސް:

-/2550 ރުފިޔާ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން

 ހައްދުންމަތީ ކުނަހަންދޫ މެޖިސްޓްރޭޓް ކޯޓް   

ތަޢުލީމާއި ތަޖުރިބާ:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު،

ހ. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން،

 ނުވަތަ

ށ. މަސައްކަތު ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، GS2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

  • މިމަޤާމަށް މީހަކު ހޮވުމުގައި އައިޓީގެ ރޮގުން ތަޖުރިބާލިބިފައިވާ، މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

މައިގަނޑު މަސްއޫލިއްޔަތު:

  1. ޝަރީޢަތް ހިންގުމަށާއި ކޯޓްގެ އެހެން ބޭނުންތަކަށް ހާޒިރު ކުރަންޖެހޭ ފަރާތްތަށް ހާޒިރުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން
  2. ކޯޓުން ނެރެންޖެހޭ އެންމެހައި އަމުރުތައް ތައްޔާރުކޮށް، ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން
  3. ޝަރީޢަތުގެ މަޖިލިސް ހިނގަމުންދާ ވަގުތުތަކުގައްޔާއި އެނޫން ވަގުތުތަކުގައިވެސް މައްސަލަތަކާ ގުޅިގެން ފަނޑިޔާރުން ހަވާލުކުރާ މަސައްކަތްތައްކުރުން
  4. ޝަރީޢަތްތަކުގައި ނެގޭ ބަޔާންތައް ޓައިޕްކޮށް، އެބަޔާންތަކުގައި ސޮއިކުރަންޖެހޭ ފަރާތްތައް ލައްވައި ސޮއިކުރުވާ އިނގިލީގެ ނިޝާން ޖެއްސުވުން
  5. ނިމޭ ޤަޟިއްޔާތަކުގެ ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓާއި،ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ޓައިޕްކޮށް ތައްޔާރުކުރުން
  6. ކޯޓަށް ޙާޟިރުނުވާ މީހުންގެ ޖޫރިމަނާ ޗިޓް ތައްޔާރުކޮށް ފައިސާއާއި ބެހޭ ސެކްޝަނަސް ފޮނުވުން
  7. ލީޤަލް އެސިސްޓެންޓެއް ނެތްތަންތާގައި ފަނޑިޔާރުގެ ލަފާފުޅާއިއެކު އެމަސައްކަތްކުރުން
  8. ކޯޓުން ބާއްވަން ކަނޑައަޅާ މައްސަލަތަކާބެހޭ މަޢުލުމާތު ހަފްތާ ޝީޓަށް ނަގައި އެމަޢުލޫމާތު ޢާންމުކުރުމަށްޓަކާ ކޯޓްގެ ނޯޓިސްބޯޑްގައި ހަރުކުރުން
  9. ކޯޓުގެ ތަފާސްހިސާބާއި މިނޫނަސް އެހެނިހެން ރިޕޯޓްތަކަށް ކޯޓުން ފޮނުވަންޖެހޭ  މަޢުލޫމާތު ތައްޔާކުކޮށް ކޯޓްގެ ކަމާބެހޭ  ފަރާތްތަކަށް  ފޮނުވުން
  10. ޝަރީޢަތުގެ މަޖިލީހުގައި ނެގޭ ބަޔާންތަކާއި މައްސަލައާއި ގުޅިގެން ކޯޓަށްލިބޭ ލިޔެކިޔުންތައް ފނޑިޔާރުގެ އިރުޝާދުގެ ދަށުން ފައިލްކޮށް ބެލެހެއްޓުން
  11. އިދާރީ އެހެން މުވައްޒަފަކު ޗުއްޓީ ނެގުމުގެ ސަބަބުން ނުވަތަ އެހެންވެސް ގޮތަކުން އެމުވައްޒަފު ނެތިއްޖެ ހާލަތެއްގައި އެމުވައްޒަފުގެ އެންމެހައި މަސައްކަތްކުރުން
  12. ޝަރީޢަތާއި ގުޅޭ އެންމެހައި ފޮތްތައް ބެލެހެއްޓުން
  13. އަދި މީގެ އިތުރުން ފަނޑިޔާރުން ހަވާލުކުރާ ކޯޓްގެ ރަސްމީ މަސައްކަތްތައްކުރުން

ވަޒީފާއާއި މުސާރައިގެ ކުރިއެރުން

ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއްފަހަރު މުސާރައިގެ ކުރިއެރުން ލިބޭނެ

ސުންގަޑި

2017 ފެބުރުއަރީ 28 ވަނަ ދުވަހުގެ 15:00 ގެ ކުރިން، 'ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް' ފުރިހަމަކުރެއްވުމަށްފަހު މިކޯޓަށް

އުޖޫރައާއި ޢިނާޔަތްތައް

  1. ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %20 ހަމަޖެހިފައިވާ އުޞޫލުން ލިބޭނެ
  2. އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ލިބޭނެ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ، ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށްއެދި ހުށަހަޅާ ފޯމް މިކޯޓުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ، އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު(ސެޓުފިކެޓް ލެވެލް އިން މަތީ ސެޓުފިކެޓްތައް ހުށަހަޅަންވާނީ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީއެވެ.)
  5. އަލަށް ވަޒީފާއާއި ގުޅޭ މީހުންނާއި GS3 ގެ ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުންގެ ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ
  6. ވަޒީފާއެއް އަދާކުރާ ނުވަތަ އަދާކޮށްފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒިފާގެ ކްލެސިފިކޭޝަން، ރޭންކް، ވަޒީފާގައި ހޭދަވި މުއްދަތު އަދި މަސްޢޫލިއްޔަތު އެނގޭފަދަ ރަސްމީ ލިޔުމެއް.
  7. ފާއިތުވީ ދެއަހަރު ދުވަހުގެ މަސައްކަތު ފެންވަރު ބަލާފައިވާ ފޯމުގެ ކޮޕީ (މި ދެވަނަ ޝަރުޠަށް ބަލައި، ޝަރުޠު ހަމަވާ ފަރާތްތަކުން)
  8. ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެފޯމެއް ބާޠިލްކުރެވޭނެއެވެ.

ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަރވިއުއަށް ހޮވޭ މީހުން އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.

އިތުރު މަޢުލޫމާތު

  1. މިވަޒީފާއަށް ކުރިމަތިލެވޭނީ ޢުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނަށެވެ.
  2. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ފުރިހަމަ ވާ ފަރާތްތައް ސޯޓްލިސްޓް ކުރުމަށްފަހު އެންމެމަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.
  3. މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަރވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ.
  4. މި މަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިޢުލާނާއި އެއްގޮތަށް ޝަރުތު ފުރިހަމަ ނުވާ ފޯމްތައް ކެންސަލް ކުރެވޭނެއެވެ.

ނޯޓް: މި ވަޒީފާ އަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަރވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަރވިއުކުރުން އޮންނާނީ ކޯޓުން އަންގާ ތާރީޚެއްގައެވެ. އެ ތާރީޚުން ފެށިގެން އިންޓަރވިއުއަށް ތައްޔާރުވެ ރަށުގައި ޙާޟިރުވެ ތިބުމަށް ދެންނެވީމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިކޯޓުގެ ނަންބަރު 6800542 ފޯނަށް ގުޅުއްވުން އެދެމެވެ.

 

15 ފެބުރުއަރީ 2017    

15 ފެބުރުވަރީ 2017
ހޯދާ