ސިވިލް ކޯޓު
ދިވެހިރާއްޖެ
Vazeefaage Furusathu

އިޢުލާން

  • މަޤާމް: އެސިސްޓެންޓް ރަޖިސްޓްރަރ
  • ރޭންކް: LS5
  • ކްލެސިފިކޭޝަން: އެސިސްޓެންޓް ރަޖިސްޓްރަރ
  • ބޭނުންވާ ޢަދަދު: 01
  • މަސައްކަތް ކުރަންޖެހޭތަން: ސިވިލް ކޯޓު- ހުޅުމާލެ ޑިވިޜަން / ހުޅުމާލެ، (ފުރަތަމަ 01 އަހަރު ދުވަސް ސިވިލް ކޯޓުގައި މަސައްކަތް ކުރުމަށް)
  • މުސާރަ: 13,065.00 (ތޭރަހާސް ފަސްދޮޅަސްފަސް) ރުފިޔާ
  • ސަރވިސް އެލަވަންސް: 3,000.00 (ތިންހާސް) ރުފިޔާ
  • ލިވިންގ އެލަވަންސް: 2,700.00 (ދެހާސް ހަތްސަކޭތަ) ރުފިޔާ
  • ޖުޑީޝަލް އެލަވަންސް އަދި އިތުރު ގަޑީގެ ފައިސާ: މުސާރައިގެ %55 އަދި ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ·         ފެންވަރު ނުވަތަ ޝަރުތު:
  1. މަޤާމްގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، ޝަރީޢަތާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއިއެކު، ލީގަލް އޮފިސަރ އެލް.އެސް-4 ގެ މަޤާމުގައި ނުވަތަ އެފެންވަރު މަޤާމެއްގައި 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.
  2. މަޤާމްގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށް ދިނުމާއިއެކު، ޝަރީޢަތާ ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 އަދި ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއިއެކު، ލީގަލް އޮފިސަރ އެލް.އެސް-4 ގެ މަޤާމުގައި ނުވަތަ އެފެންވަރު މަޤާމެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތުތައް:

  • ޑިވިޜަނަށް ހުށައެޅޭ މައްސަލަތަކާއި ލިޔެކިޔުންތައް ބަލައިގަތުން.
  • ޑިވިޜަނަށް ހުށައެޅޭ މައްސަލަތަކާއި ލިޔުންތައް ހުށައަޅާފައިވަނީ ކޯޓުގެ ޤަވާއިދާއި އެއްގޮތަށްތޯ ކަށަވަރުކުރުން
  • ޑިވިޜަނަށް ހުށައެޅޭ މައްސަލަތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.
  • ޑިވިޜަންއާއި ޙަވާލުވެހުރި ޤާޟީ އަދި ޑިވިޜަންގެ ޤާޟީންގެ ބައްދަލުވުންތައް ރާވާ ހިންގަ ބެލެހެއްޓުން.
  • މުވައްޒަފުން މަސައްކަތަށް އަހުލުވެރިކޮށް މުވައްޒަފުންގެ މެދުގައި ޚިދުމަރްދިނުމުގެ ރޫޙް އުފައްދާ، ހީވަގި މުރާލި ބައެއްގެ ގޮތުގައި ޑިވިޜަންގެ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ މާޙައުލެއް ޑިވިޜަންއާއި ޙަވާލުވެހުރި ޤާޟީ އަދި ޑިވިޜަންގެ ޤާޟީން ކަނޑައަޅުއްވާ އުޞޫލަކުން އުފައްދާދިނުން.
  • ޑިވިޜަނުން އިދާރީ ގޮތުން ނިންމާ ނިމުންތަކަކީ ދެފުށްފެންނަ ޒިންމާދާރު ނިންމުންތަކެއްގެ ގޮތުގައި ހަދައި އެކަންކަން ޑިވިޜަންއާއި ޙަވާލުވެހުރި ޤާޟީ އަދި ޑިވިޜަންގެ ޤާޟީން ކަނޑައަޅުއްވާ އުޞޫލަކުން ހާމަކޮށްދިނުން.
  • ޑިވިޜަންގެ އިދާރީ އެންމެހާ ލިޔެކިޔުންތައް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި އެކި ތަންތަނަށް ކޯޓުން ފޮނުވަންޖެހޭ ލިޔެކިޔުމާއި ކޯޓުގެ އަމުރުތައް ޑިވިޜަންއާއި ޙަވާލުވެހުރި ޤާޟީ އަދި ޑިވިޜަންގެ ޤާޟީން ކަނޑައަޅުއްވާ އުޞޫލަކުން ރައްދުކުރުން.
  • ޑިވިޜަންގެ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީންތައް ދެނެގަނެ މުވައްޒަފުންގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ހުނަރު އިތުރުކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުން.
  • ޑިވިޜަންގެ ސްޓްރެޖީޓިކް ޕްލޭން އެކުލަވާލުމުގެ އިންތިޒާމްތައް ޑިވިޜަންއާއި ޙަވާލުވެހުރި ޤާޟީ އަދި ޑިވިޜަންގެ ޤާޟީން ކަނޑައަޅުއްވާ އުޞޫލަކުން ހަމަޖެއްސުމާއި އެފަދަ ޕްލޭންތައް ތަންފީޛުކުރުން.
  • ޑިވިޜަންގެ މަސައްކަތުގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ބޭނުން ވީ އެންމެ ބޮޑަކަށް ހިފޭނެ މަގު ފަހިކޮށްދީ އެފަދަ ވަޞީލަތްތައް ފޯރުކޮށްދިނުމާއެކު މުވައްޒަފުންނަކީ ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރި ބަޔަކަށް ހެދުމަށް ބޭނުންވާ އެންމެހާ ކަންތައްތައް ދެނެގަނެ އެކަންކަން ޑިވިޜަންއާއި ޙަވާލުވެހުރި ޤާޟީ އަދި ޑިވިޜަންގެ ޤާޟީން ކަނޑައަޅުއްވާ އުޞޫލަކުން ކުރުން.
  • ވަޒީފާގެ ކުރިއެރުން އަދި މުސާރައިގެ ކުރިއެރުން: ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ ކޮންމެ ދެ އަހަރަކުން އެއް އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.    

 

  • މަޤާމް: އެސިސްޓެންޓް ލީގަލް އޮފިސަރ  
  • ރޭންކް: LS2
  • ބޭނުންވާ އަދަދު: 02
  • މަސައްކަތް ކުރަންޖެހޭތަން: ސިވިލް ކޯޓު- ހުޅުމާލެ ޑިވިޜަން / ހުޅުމާލެ، (ފުރަތަމަ 01 އަހަރު ދުވަސް ސިވިލް ކޯޓުގައި މަސައްކަތް ކުރުމަށް)
  • މުސާރަ: -/9,412 (ނުވަހާސް ހަތަރު ސަތޭކަ ބާރަ) ރުފިޔާ
  • ސަރވިސް އެލަވަންސް: -/3,000 (ތިންހާސް) ރުފިޔާ
  • ލިވިންގ އެލަވަންސް: -/2,700 (ދެހާސް ހަތް ސަތޭކަ) ރުފިޔާ
  • ޖުޑީޝަލް އެލަވަންސް އައި އިތުރަޑީގެ ފައިސާ: މުސާރައިގެ %55 އަދި ހުއްދަ ލިބިގެންވާ އިތުރުގަޑީގައި ކުރެވޭ މަސައްކަތް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.
  • ފެންވަރު ނުވަތަ ޝަރުތު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު، ޝަރީޢާ އެންޑް ލޯ ނުވަތަ ލޯއިން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވުން.
  • ވަޒީފާގައި ކުރަންޖެހޭ  މަސައްކަތް: ޝަރީޢަތާއި ގުޅުންހުރި މަސައްކަތްތައް.
  • ·         ވަޒީފާގެ ކުރިއެރުން އަދި މުސާރައިގެ ކުރިއެރުން: ކޮންމެ ދެ އަހަރަކުން އެއް އަހަރު ވަޒީފާއަށް ރަގަޅުނަމަ މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

 

  • މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
  • ރޭންކް: GS3  
  • ބޭނުންވާ އަދަދު: 01
  • މަސައްކަތް ކުރަންޖެހޭތަން: ސިވިލް ކޯޓު- ހުޅުމާލެ ޑިވިޜަން / ހުޅުމާލެ، (ފުރަތަމަ 01 އަހަރު ދުވަސް ސިވިލް ކޯޓުގައި މަސައްކަތް ކުރުމަށް)
  • މުސާރަ: 4,465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް(  ރުފިޔާ
  • ސަރވިސް އެލަވަންސް: 1,500.00 (އެއްހާސް ފަސްސަތޭކަ( ރުފިޔާ
  • ލިވިންގ އެލަވަންސް: 2,700.00 (ދެހާސް ހަތްސަތޭކަ( ރުފިޔާ
  • ޖުޑީޝަލް އެލަވަންސް އަދި އިތުރު ގަޑީގެ ފައިސާ: މުސާރައިގެ %40 އަދި ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ފެންވަރު ނުވަތަ ޝަރުތު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިޙާނަކުން މަދުވެގެން 02 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއިއެކު، GS2  ރޭންކުގައި މަދުވެގެން 02 އަހަރުދުވަހުގެ  ތަޖުރިބާ ލިބިފައިވުން.
  • ވަޒީފާގައި ކުރަންޖެހޭ  މަސައްކަތް: ސިވިލް ކޯޓު- ހުޅުމާލެ ޑިވިޜަންއަށް ހުށައެޅެ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.

 

  • މަޤާމް: ކޯޓު އެޑްމިނިސްޓްރޭޓަރ
  • ރޭންކް: EX 1
  • ބޭނުންވާ ޢަދަދު: 01
  • މަސައްކަތް ކުރަންޖެހޭތަން: ސިވިލް ކޯޓު / މާލެ،
  • މުސާރަ:8,835.00  (އަށްހާސް އަށްސަތޭކަ ތިރީސް ފަސް     ) ރުފިޔާ
  • ސަރވިސް އެލަވަންސް: 2,000.00 (ދެހާސް) ރުފިޔާ
  • ލިވިންގ އެލަވަންސް: 2,700.00 (ދެހާސް ހަތްސަތޭކަ( ރުފިޔާ
  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %40 އަދި ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ·         ފެންވަރު ނުވަތަ ޝަރުޠު
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއިއެކު، MS4 ރޭންކުގައި މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  • ·         މަޤާމުގެ މަސްއޫލިއްޔަތުތައް: އިދާރީ ހިންގުމާއިބެހޭ އެންމެހާ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  • ވަޒީފާގެ ކުރިއެރުން އަދި މުސާރައިގެ ކުރިއެރުން: ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ ކޮންމެ ދެ އަހަރަކުން އެއް އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

 

  • މަޤާމް: އެސިސްޓެންޓް ލީގަލް އޮފިސަރ  
  • ރޭންކް: LS2
  • ބޭނުންވާ އަދަދު: 02
  • މަސައްކަތް ކުރަންޖެހޭތަން: ސިވިލްކޯޓު / މާލެ
  • މުސާރަ: -/9,412 (ނުވަހާސް ހަތަރު ސަތޭކަ ބާރަ) ރުފިޔާ
  • ސަރވިސް އެލަވަންސް: -/3,000 (ތިންހާސް) ރުފިޔާ
  • ލިވިންގ އެލަވަންސް: -/2,700 (ދެހާސް ހަތް ސަތޭކަ) ރުފިޔާ
  • ޖުޑީޝަލް އެލަވަންސް އައި އިތުރަޑީގެ ފައިސާ: މުސާރައިގެ %55 އަދި ހުއްދަ ލިބިގެންވާ އިތުރުގަޑީގައި ކުރެވޭ މަސައްކަތް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެއެވެ.
  • ފެންވަރު ނުވަތަ ޝަރުތު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު، ޝަރީޢާ އެންޑް ލޯ ނުވަތަ ލޯއިން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވުން.
  • ވަޒީފާގައި ކުރަންޖެހޭ  މަސައްކަތް: ޝަރީޢަތާއި ގުޅުންހުރި މަސައްކަތްތައް.
  • ·         ވަޒީފާގެ ކުރިއެރުން އަދި މުސާރައިގެ ކުރިއެރުން: ކޮންމެ ދެ އަހަރަކުން އެއް އަހަރު ވަޒީފާއަށް ރަގަޅުނަމަ މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

 

  • މަޤާމް: ކޯޓު މާސްޓަރ
  • ރޭންކް: GS 4
  • ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2
  • ބޭނުންވާ ޢަދަދު: 01
  • މަސައްކަތް ކުރަންޖެހޭތަން: ސިވިލް ކޯޓު / މާލެ،
  • މުސާރަ: 5,020.00 (ފަސްހާސް ވިހި) ރުފިޔާ
  • ސަރވިސް އެލަވަންސް: 1,500.00 (އެއްހާސް ފަސް ސަތޭކަ) ރުފިޔާ
  • ރިސްކް އެލަވަންސް: 3,000.00 (ތިންހާސް) ރުފިޔާ
  • ޖުޑީޝަލް އެލަވަންސް އަދި އިތުރު ގަޑީގެ ފައިސާ: މުސާރައިގެ %40 އަދި ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ·         ފެންވަރު ނުވަތަ ޝަރުތު:
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަތީސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުމާއެކު ޖީ.އެސް-3 ރޭންކްގައި މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް-3 ގެ ރޭންކުގެ ތަޢުލީމީ ޝަރުޠު ހަމަވުމާއެކު، ސަރުކާރުގެ ލޯއެންފޯސްމަންޓް ދާއިރާއެއްގައި ޖީ.އެސް-3 ރޭންކުގައި ނުވަތަ އެއަށްވުރެމަތީ ރޭންކެއްގައި މަދުވެގެން 02 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަޤާމަށް ބޭނުންވާ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
  • ·         މަޤާމުގެ އެހެނިހެން ޝަރުޠު:
  • ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.
  • ފިރިހެނެއްނަމަ އިސްކޮޅުގައި 5ފޫޓް 3އިންޗި ހުރުން، އަދި އަންހެނެއްނަމަ އިސްކޮޅުގައި 5 ފޫޓް ހުރުން
  • ދުޅަހެޔޮ ސިއްޙަތެއްގައި ހުރި މީހެއްކަން ކޯޓުންދޭ ފިޓްނަސް ޓެސްޓެއްގައި ސާބިތުކޮށްދިނުން.
  • އިސްލާމްދިނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތު ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއެކު އަދި އެހެނިހެން ކުށެއްގައި ޙުކުމެއް ކޮށްފައިވާނަމަ އެޙުކުމް ތަންފީޛު ކުރިތާ 7 އަހަރު ވެފައިވުން.
  • އުމުރުން 18 އަހަރު ފުރި 45 އަހަރު ނުފުރޭ މީހެއްކަމުގައިވުން.
  • ·         މަޤާމުގެ މަސްއޫލިއްޔަތުތައް؛

ü      ޝަރީޢަތުގެ މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން.

ü      ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކުރެވޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން.

ü      ކޯޓުގެ ތެރޭގައި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން.

ü      ކޯޓު ތެރޭގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން.

  • ވަޒީފާގެ ކުރިއެރުން އަދި މުސާރައިގެ ކުރިއެރުން: ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ ކޮންމެ ދެ އަހަރަކުން އެއް އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

ނޯޓް: މިމަޤާމަށް މީހަކު ހޮވުމުގައި ޑްރައިވިންގ ލައިސެންސް  ކެޓެގަރީ ބީ-1 ގައި ހިމެނޭ ތަކެތި ދުއްވުމުގެ ހުއްދަ އޮތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

  • މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
  • ރޭންކް: GS3  
  • ބޭނުންވާ އަދަދު: 01
  • މަސައްކަތް ކުރަންޖެހޭތަން: އިދާރީ ސެކްޝަން، ސިވިލްކޯޓު / މާލެ
  • މުސާރަ: 4,465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް(  ރުފިޔާ
  • ސަރވިސް އެލަވަންސް: 1,500.00 (އެއްހާސް ފަސްސަތޭކަ( ރުފިޔާ
  • ލިވިންގ އެލަވަންސް: 2,700.00 (ދެހާސް ހަތްސަތޭކަ( ރުފިޔާ
  • ޖުޑީޝަލް އެލަވަންސް އަދި އިތުރު ގަޑީގެ ފައިސާ: މުސާރައިގެ %40 އަދި ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ފެންވަރު ނުވަތަ ޝަރުތު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިޙާނަކުން މަދުވެގެން 02 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއިއެކު، GS2  ރޭންކުގައި މަދުވެގެން 02 އަހަރުދުވަހުގެ  ތަޖުރިބާ ލިބިފައިވުން.
  • ވަޒީފާގައި ކުރަންޖެހޭ  މަސައްކަތް:
  • މުސާރަ ހެދުމާއި އިތުރު ގަޑީގެ ކަންތައް ބެލެހެއްޓުން
  • އެޓެނެޑެންސް ބެލެހެއްޓުން
  • މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ މަޢުލޫމާތު ދުވަހުން ދުވަހަށް މެމްސްއިން އެންޓަރކުރަމުން ގެންދިއުމާއި، ކޮންމެ މަހެއް ނިމުމުން މުވައްޒަފުންގެ ޙާޟިރީ ރިޕޯޓް ތައްޔާރުކޮށް ކޮޕީ ނަގައި، އިދާރީ ސެކްޝަންގެ އިސްކޮށްހުންނަވާ ފަރާތަކާއި ޙަވާލުކުރުން.
  • ވަޒީފާ އަށް އެދި ކުރިމަތިލާ ފަރާތްތަކުގެ މަޢުލޫމާތު ބެލެހެއްޓުން.
  • ކޯޓުން ހުސްވާ މަޤާމުތަކަށް މީހުން ހޯދުމަށް އިޢުލާން ކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
  • ހުސްވާ މަޤާމްތަކަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއިން ހޮވޭ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްކޮށް، ވަޒީފާ ހަމަޖެއްސުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ޗިޓް ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުން.
  • އިދާރީ ސެކްޝަނުން ހިންގާ ޓްރެއިނިންގތައް ރާވާ އަދި އެކަމަށް ބޭނުންވާ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުން.
  • ސެކްޝަނަށް ލިބޭ ސިޓީތަކަށް ސެކްޝަންގެ ވެރިއެއް އަންގަވާ ގޮތެއްގެ މަތިން ޖަވާބު ތައްޔާރުކުރުން.
  • ·         ވަޒީފާގެ ކުރިއެރުން އަދި މުސާރައިގެ ކުރިއެރުން: ކޮންމެ ދެ އަހަރަކުން އެއް އަހަރު ވަޒީފާއަށް ރަގަޅުނަމަ މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

 

  • މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ
  • ރޭންކް: GS3  
  • ބޭނުންވާ އަދަދު: 01
  • މަސައްކަތް ކުރަންޖެހޭތަން: ރަށުކޯޓުތަކާއިބެހޭ ސެކްޝަން، ސިވިލްކޯޓު / މާލެ
  • މުސާރަ: 4,465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް(  ރުފިޔާ
  • ސަރވިސް އެލަވަންސް: 1,500.00 (އެއްހާސް ފަސްސަތޭކަ( ރުފިޔާ
  • ލިވިންގ އެލަވަންސް: 2,700.00 (ދެހާސް ހަތްސަތޭކަ( ރުފިޔާ
  • ޖުޑީޝަލް އެލަވަންސް އަދި އިތުރު ގަޑީގެ ފައިސާ: މުސާރައިގެ %40 އަދި ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ފެންވަރު ނުވަތަ ޝަރުތު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިޙާނަކުން މަދުވެގެން 02 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއިއެކު، GS2  ރޭންކުގައި މަދުވެގެން 02 އަހަރުދުވަހުގެ  ތަޖުރިބާ ލިބިފައިވުން.
  • ވަޒީފާގައި ކުރަންޖެހޭ  މަސައްކަތް:
    • މެޖިސްޓްރޭޓް ކޯޓުން ދަރަނި ރެކޯޑު ސާފުކުރުމަށް ފޮނުވާ ފަރާތްތަކުގެ ދަރަނި ރެކޯޑު ސާފުކުރުމަށް ކަމާބެހޭ އިދާރާތަކަށް ފޮނުވުން.
    • މެޖިސްޓްރޭޓް ކޯޓުތަކުން އިޢުލާނު ކުރުމަށް އަންނަ މެސެޖްތަކަށް (ވާރިޘުން، ދަރަނި/ވަޞިއްޔަތް، ތަންތަނާއި ތަކެތީގެ މިލްކުވެރިކަން، މައްސަލަތަކާއި ގުޅިގެން މެޖިސްޓްރޭޓް ކޯޓުތަކަށް ޙާޟިރުކުރަންޖެހޭ ފަރާތްތައް ހާޟިރުކުރުމަށް) އިޢުލާނުކުރުން.
    • މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން މާލެ އާއި މާލެ ކައިރި ރިސޯޓްތަކުގައި ތިއްބަވާ ފަރާތްތަކުގެ ބަޔާން ނެގުމަށާއި އެފަރާތްތަކަށް އަންގަންޖެހޭ އެކިއެކި އެންގުންތައް އެންގުމަށްޓަކައި ކޯޓަށް ޙާޟިރުކުރުމަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ތައްޔާރުކޮށް ކަމާއިބެހޭ ސެކްޝަނަށް ފޮނުވުން.
    • ބަޔާންނެގޭ ފަރާތްތަކުގެ ބަޔާން ޓައިޕްކުރުމާއި ބަޔާނުގައި ސޮއިކުރުވުން.
    • މެޖިސްޓްރޭޓް ކޯޓުތަކުން އަންގާ އެކިއެކި އެންގުންތައް އެފަރާތްތަކަށް އެންގުމަށް އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަންކުރުން.
    • މެސެޖްތަކަށް އިދާރީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުއަޅައި ނިމުމުން އެކަން މެޖިސްޓްރޭޓް ކޯޓުތަކަށް އެންގުން. (ޖަވާބު ލިޔެ ފެކްސް / އީމެއިލް ކުރުން)
    • ·         ވަޒީފާގެ ކުރިއެރުން އަދި މުސާރައިގެ ކުރިއެރުން: ކޮންމެ ދެ އަހަރަކުން އެއް އަހަރު ވަޒީފާއަށް ރަގަޅުނަމަ މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

 

  • މަޤާމް: ރިސެޕްޝަނިސްޓް
  • ރޭންކް: GS3        
  • ބޭނުންވާ އަދަދު: 01
  • މަސައްކަތް ކުރަންޖެހޭތަން: ސިވިލްކޯޓު / މާލެ
  • މުސާރަ: 4,465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް(  ރުފިޔާ
  • ސަރވިސް އެލަވަންސް: 1,500.00 (އެއްހާސް ފަސްސަތޭކަ( ރުފިޔާ
  • ލިވިންގ އެލަވަންސް: 2,700.00 (ދެހާސް ހަތްސަތޭކަ( ރުފިޔާ
  • ޖުޑީޝަލް އެލަވަންސް އަދި އިތުރު ގަޑީގެ ފައިސާ: މުސާރައިގެ %40 އަދި ހުއްދަ ލިބިގެން އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ފެންވަރު ނުވަތަ ޝަރުތު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިޙާނަކުން މަދުވެގެން 02 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއިއެކު، GS2  ރޭންކުގައި މަދުވެގެން 02 އަހަރުދުވަހުގެ  ތަޖުރިބާ ލިބިފައިވުން.
  • ·         މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:
  • ސިވިލް ކޯޓަށް މަޢުލޫމާތު ހޯދުމަށް އަންނަ ފަރާތްތަކަށް މަޢޫލޫމާތު ފޯރުކޮށްދިނުން.
  • ކޯޓަށް ހުށަހެޅޭ ލިޔުންތައް ބަލައިގަތުމާއި އެންޓްރީ ކުރުން.
  • ކޯޓަށް ފޮނުވާ އެކިއެކި ލިޔުންތައް ކަމާބެހޭ ސެކްޝަންތަކަށް ފޮނުވުން.
  • ސިވިލް ކޯޓުގެ ކައުންޓަރގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާގެ ކުރިއެރުން އަދި މުސާރައިގެ ކުރިއެރުން: ކޮންމެ ދެ އަހަރަކުން އެއް އަހަރު ވަޒީފާއަށް ރަގަޅުނަމަ މުސާރައިގެ ކުރިއެރުން ލިބޭނެއެވެ

ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ތަކެތި

  • ސިވިލް ކޯޓުން ދޫކުރާ ވަޒީފާއަށް އެދޭފޯމު.
  • ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއް ނަމަ ޓްރާންސްކްރިޕްޓްއާއި އެކު (އެކްރެޑިޓްކޮށްފައިވާ އަދި އަސްލާއި އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ).
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.
  • އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.
  • ވަޒީފާ އަދާކުރައްވާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިޔުން. (ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ، ރޭންކް އަދި ވަޒީފާގެ މަސްޢޫލިއްޔަތު އެނގޭނެގޮތަށް)
  • ބޮންޑެއް އޮތް ފަރާތެއްކަމުގައި ވާނަމަ ވަޒީފާ އަދާކުރައްވާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.


 

ސުންގަޑި: މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެއްޗާއެކު 2017 ފެބްރުއަރީ 28 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން ސިވިލް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެ މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށެވެ.
  • އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށައަޅާފައިވާ ހުރިހާ ލިޔުމެއްގެ އަޞްލު ގެންނަންވާނެއެވެ.
  • ވަޒީފާއަށް އެދޭފޯމު ސިވިލްކޯޓުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މިފޯމް ސިވިލް ކޯޓުގެ ވެބްސައިޓް، www.civilcourt.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

17 ޖުމާދަލްއޫލާ 1438     

14 ފެބުރުވަރީ 2017
ހޯދާ