އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ތ.ތިމަރަފުށީ އެއަރޕޯރޓް ގައި ބޭނުން ކުރާ ޖެނެރޭޓަރ ތަކަށް ބޭނުންވާ ޑީސަލް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން

އައިލެންޑް އޭވިއޭޝަން އިން ތ.ތިމަރަފުށީގައި ހިންގާ ވައިގެ ބަނދަރުގައި ބޭނުންކުރާ ޖަނަރޭޓަރު ތަކަށް ބޭނުންވާ ޑީސަލް ތެޔޮ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.

 

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުންނަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 20 ފެބުރުވަރީ 2017 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި އައިލެންޑް އޭވިއޭޝަންގެ މައި އޮފީސް މ.ރާވެރިގެ،(މަޖީދީ މަގު)ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލްތައް ހުށަހެޅުމަށް ބޭއްވޭ ސެޝަން 26 ފެބުރުވަރީ ވާ އާދީއްތަ ދުވަހުގެ ހެނދުނު 8:30 ގައި މިއޮފީހުގައި އޮންނާނެއެވެ.

 

އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ

 

           18 ޖުމާދުލްޢޫލާ 1438

          15 ފެބުރުވަރީ 2017

15 ފެބުރުވަރީ 2017
ހޯދާ