މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެއަރ ޓްރެފިކް ސަަރވިސަސްގައި ހުސްވެފައިވާ މަޤާމްތައް

މަޤާމް :އެއަރ ޓްރެފިކް ކޮންޓްރޯލް އޮފިސަރ ގްރޭޑް 3
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭ ތަން: އެއަރ ޓްރެފިކް ސަރވިސަސް / ވެލާނާ އިންޓަނޭޝަނަލް އެއަރޕޯރޓް، ހުޅުލެ

ޝަރުތު :

  • އެއަރޓްރެފިކް ސަރވިސަސްގެ މަސައްކަތްކޮށް 10 އަހަރުގެ ތަޖްރިބާ ލިބިފައިވުން.

  • އަދި މީގެތެރެއިން 3 އަހަރު ތިރީގައިވާ ރޭޓިންގ ތަކާއިއެކު މަސައްކަތް ކޮށްފައިވުން.

  • އެރޮޑްރޯމް ކޮންޓްރޯލް ރޭޓިންގ

  • އެޕްރޯޗް ކޮންޓްރޯލް (ނޮން-ރޭޑަރ) ރޭޓިންގ

  • އެޕްރޯޗް ކޮންޓްރޯލް (ސަރވެއަލަންސް) ރޭޓިންގ

  • ފަރިތަކަމާއެކު އިނގިރޭސި ބަހުން ވާހަކަ ދަންކަން އަދި ލިޔަންކިޔަން އެގުން.

  • ކޮމްޕިއުޓަރ އިން މަސައްކަތް ކުރަން ދަންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދުން (މާލޭ ފްލައިޓް އިންފޮމޭޝަން ރީޖަންއިން) ދަތުރުކުރާ މަތިންދާ ބޯޓުތަކަށް އެއްބޯޓު އަނެއްބޯޓާ ޖެހުނަނުދީ ސަލާމަތުން ރައްކާތެރިކަމާއެކު އަވަސްގޮތެއްގައި، ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން ރެގިޔުލޭޝަން އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައި.ކޭ.އޯ) ގެ ސްޓޭންޑަރޑްތަކާއި، ރެކޮމެންޑެޑް ބެސްޓް ޕްރެކްޓިސްތަކާއި، އެއަރޓްރެފިކް ސަވިސަސް މެނުއަލް، ޔުނިޓް އޮޕަރޭޓިންގް އިންސްޓްރަކްޝަންސް އާއި އަދި އެހެނިހެން ކުންފުނީގެ ޕޮލިސީ އާއި ޕްރޮސީޖަރތަކާއި އެއްގޮތްވާގޮތުގެމަތީން، އެއަރ ޓްރެފިކް ކޮންޓްރޯލްގެ ޚިދުމަތް ފޯރުކޮށްދިނުން.

  • އިމަރޖެންސީ ހާލަތްތަކުގައި މަޤާމްގެގޮތުން ފޯރުކޮށްދޭންޖެހޭ އެންމެހައި އެހީތެރިކަމެއް ފޯރޮކޮށްދިނުން.

  • ތަމްރީނު ދެވިފައިވާ އޮޕަރޭޝަނަލް ޕޮޒިޝަންތަކުގައި ޤާބިލުކަމާއިއެކު މަސައްކަތްކުރުން.

  • އެއަރ ޓްރެފިކް ކޮންޓްރޯލް އޮފިސަރ ގްރޭޑް 2، އެއަރ ޓްރެފިކް ކޮންޓްރޯލް އޮފިސަރ ގްރޭޑް 1، އަދި އެއަރ ޓްރެފިކް ކޮންޓްރޯލް އޮފިސަރ ޓްރޭނީގެ މަޤާމް ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި އިރުޝާދު ދިނުން.

  • މަތީ ރޭންކްގެ އެއަރ ޓްރެފިކް ކޮންޓްރޯލަރުންގެ އިރުޝާދުގެ ދަށުން އެއަރ އެއަރޓްރެފިކް ސަރވިސަސްގެ އެހެން މަސައްކަތްތައް ކުރުން.

މަޤާމް :ހަޔަރ އެއަރ ޓްރެފިކް ކޮންޓްރޯލަރ
ބޭނުންވާ އަދަދު :1

ސައްކަތް ކުރަންޖެހޭ ތަން:  އެއަރ ޓްރެފިކް ސަރވިސަސް / ވެލާނާ އިންޓަނޭޝަނަލް އެއަރޕޯރޓް، ހުޅުލެ

ޝަރުތު :

  • އެއަރޓްރެފިކް ސަރވިސަސްގެ މަސައްކަތްކޮށް 15 އަހަރުގެ ތަޖްރިބާ ލިބިފައިވުން.

  • އަދި މީގެތެރެއިން 3 އަހަރު ތިރީގައިވާ ރޭޓިންގ ތަކާއިއެކު މަސައްކަތް ކޮށްފައިވުން.

  • އޭރިއާ ކޮންޓްރޯލް (ނޮން-ރޭޑަރ) ރޭޓިންގ

  • އޭރިއާ ކޮންޓްރޯލް (ސަރވެއަލަންސް) ރޭޓިންގ

  • އެޕްރޯޗް ކޮންޓްރޯލް (ނޮން-ރޭޑަރ) ރޭޓިންގ

  • އެޕްރޯޗް ކޮންޓްރޯލް (ސަރވެއަލަންސް) ރޭޓިންގ

  • އޮންދަޖޮބް އިންސްޓްރަކްޓަރ ޓްރެއިނިންގ

  • ފަރިތަކަމާއެކު އިނގިރޭސި ބަހުން ވާހަކަ ދަންކަން އަދި ލިޔަންކިޔަން އެގުން.

 

ވަޒީފާ ގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދުން (މާލޭ ފްލައިޓް އިންފޮމޭޝަން ރީޖަންއިން) ދަތުރުކުރާ މަތިންދާ ބޯޓުތަކަށް އެއްބޯޓު އަނެއްބޯޓާ ޖެހުނަނުދީ ސަލާމަތުން ރައްކާތެރިކަމާއެކު އަވަސްގޮތެއްގައި، ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން ރެގިޔުލޭޝަން އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައި.ކޭ.އޯ) ގެ ސްޓޭންޑަރޑްތަކާއި، ރެކޮމެންޑެޑް ބެސްޓް ޕްރެކްޓިސްތަކާއި، އެއަރޓްރެފިކް ސަވިސަސް މެނުއަލް، ޔުނިޓް އޮޕަރޭޓިންގް އިންސްޓްރަކްޝަންސް އާއި އަދި އެހެނިހެން ކުންފުނީގެ ޕޮލިސީ އާއި ޕްރޮސީޖަރތަކާއި އެއްގޮތްވާގޮތުގެމަތީން، އެއަރ ޓްރެފިކް ކޮންޓްރޯލްގެ ޚިދުމަތް ފޯރުކޮށްދިނުން.

  • ތަމްރީނު ދެވިފައިވާ އޮޕަރޭޝަނަލް ޕޮޒިޝަންތަކުގައި ޤާބިލުކަމާއިއެކު މަސައްކަތްކުރުން.

  • ވޮޗް މެނޭޖަރ ނުވަތަ ޝިފްޓް އިންޗާރޖް ނެތް ހާލަތް ތަކުގައި ޝިފްޓް އިންޗާރޖްގެ ޒިންމާ އަދާކުރުން.

  • މަތީ ރޭންކްގެ އެއަރ ޓްރެފިކް ކޮންޓްރޯލަރުންގެ އިރުޝާދުގެ ދަށުން އެއަރ އެއަރޓްރެފިކް ސަރވިސަސްގެ އެހެން މަސައްކަތްތައް ކުރުން.

  • ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އެއަރ ޓްރެފިކް މެނޭޖްމަންޓްގެ އެންމެ އިސް ފަރާތް ނުވަތަ އެއަރ ޓްރެފިކް ސަރވިސަސް ގެ އެންމެ އިސްކޮށް ހުންނެވި ފަރާތަކުން އެދިއްޖެ ހިނދެއްގައި  މާލެ އަދި ޑޮމެސްޓިކް އެއަރޕޯޓްތަކުގެ އެއަރ ޓްރެފިކް މެނޭޖްމަންޓް ޔުނިޓުގައި މަސައްކަތްކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް :  

- ވަޒީފާއަށް އެދޭ ފޯމް (www.macl.aero  އިން ޑައުންލޯޑް ކުރެއްވުމަށްފަހު ފުރިހަމަކުރައްވާ)

- ސީވީ އާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ  

- ސްކޫލް ލީވިންގ ސެޓްފިކެޓް ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ  

- ކުރިން އަދާކޮށްފައިވާ ވަޒީފާތަކާއި ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ

 

ވަޒީފާއަށް އެދޭ  ފޯމާއި، ލިޔެކިޔުންތައް އެޑްރެސް ކުރައްވާނީ :     

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސް އޮޕަރޭޝަންސް، އަލްފާޟިލް ޙުސައިން ނައީމް،

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯރޕަރޭޓް އޮފީސް ، ހުޅުލެ ، ދިވެހިރާއްޖެ

 

އިތުރު މަޢުލޫމާތު : ފޯނު –  3325511

 

ނޯޓް: މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.  އެއް މަޤާމަށްވުރެ ގިނަ މަޤާމަށް އެދި ސިޓީ ހުށައަޅާނަމަ، ކޮންމެ މަޤާމަކަށްވެސް ސިޓީ އާއި ލިޔެކިޔުންތަކުގެ ވަކި ސެޓެއް ހުށައަޅުއްވާށެއެވެ.

 

 

14 ފެބުރުވަރީ 2017
ހޯދާ