ފެމިލީ ކޯޓް
ދިވެހިރާއްޖެ
ކައިވެންޏަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްގައި ކިޔަވައި ދިނުމުގެ ފުރުސަތު

                އިއުލާން

 

ކައިވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގައި ކިޔަވައި ދިނުމުގެ ފުރުސަތު:

 

މި ކޯޓުން ހިންގާ ކައިވެންޏަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގައި ތިރީގައި މިވާ ދާއިރާތަކުން މައުލޫމާތު ދެއްވާނެ ލެކްޗަރާއިން ބޭނުންވެއެވެ.

 

މައުލޫމާތު ދެއްވުމަށް ހަމަޖެހިފައިވާ ދާއިރާތައް:

1- އިސްލާމްދީނުގެ ހިދާޔަތުގެ އަލީގައި އާއިލާއެއް ބިނާކުރުން: އިސްލާމްދީނުގައި ދެމަފިރިންނަށް ދެވިފައިވާ މަގާމާއި އެމީހުންގެ ދައުރު ހާމަކޮށްދީ ދީނުގައި އަންގަވާފައިވާ ގޮތުގެ މަތިން އާއިލީ ދިރިއުޅުން ބިނާކުރާނެގޮތް.

2- އިޖްތިމާޢީބައި: އަލަތު ކައިވެންޏެއްކުރަން ބޭނުންވާނެ އިޖްތިމާޢީ ކަންތައްތަކާއި، އިޖްތިމާޢީ ގޮތުން ދިމާވާ ކަންކަން ހައްލުކުރާނެ ގޮތް.

3- ސިއްހީބައި: ސިއްހީގޮތުން ދެމަފިރިންނަށް އެނގެންޖެހޭ ކަންކަމާއި ދިމާވާ މައްސަލަތައް ހައްލުކުރާނެގޮތް.

 

  ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ބޭފުޅުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ވަނަވަރާއި ތައުލީމާއި ތަޖުރިބާ ބަޔާންކޮށްދޭ ލިޔުންތަކާއެކު 2017 ފެބުރުއަރީ 26 ވަނަ ދުވަހުގެ 14:30ގެ ކުރިން އެ ބޭފުޅަކު ޝައުގުވެރިވާ ދާއިރާ ބަޔާންކޮށް ސިޓީ އަކުން ހުށަހެޅުއްވުން އެދެމެވެ.

ޝަރުތު: މައުލޫމާތު ދެއްވާ ދާއިރާއަކުން ތައުލީމު ހާސިލްކޮށްފައިވުން.

އުޖޫރަ: މައުލޫމާތު ދެއްވުމަށް ވަޑައިގަންނަވާ ކޮންމެ ގަޑިއަކަށް -/250 ރުފިޔާގެ ރޭޓުން ފައިސާ ލިބިވަޑައި ގަންނަވާނެއެވެ.

 

                    15 ޖުމާދަލްއޫލާ 1438

                    12 ފެބުރުވަރީ 2017

  

 

 

12 ފެބުރުވަރީ 2017
ހޯދާ